އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި މި ދެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ފްލައިޓުތަކެއް ހަމަޖެހިފައިވާ ކަމަށާއި މިގޮތުން ލަންކާ އަށް ޖުމްލަ 2 ފްލައިޓެއް ބާއްވަން މިހައިތަނަށް ނިންމާފައިވާއިރު ކޮޗިން އަށް އެއް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މާދަމާ ލަންކާ އަށް ދެ ފްލައިޓު ދާއިރު ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ނަމާއި ޕާސްޕޯޓު ކޮޕީގެ އިތުރުން ފޯން ނަމްބަރު މޯލްޑިވިއަން އަށް ފޮނުވުމަށް އެފަރާތުން ވަނީ އެދިފައެވެ.

މޯލްޑިއަންގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޑޭޝް ކިއު-300 މަރުކާގެ ދެ ބޯޓު މާދަމާ ލަންކާ އަށް ފުރާނީ 15:00 އާއި 15:15ގައެވެ. އަދި ލަންކާ އިން ރާއްޖެ އަންނަން ފުރާނީ 18:40ގަ އާއި 18:55ގައެެވެ.

ނަމަވެސް އިންޑިއާގެ ކޮޗިން އަށް ދާނީ ބޭރުގެ އުދުހުންތަކަށް ބޭނުންކުރާ އެއާބަސް-321 މަރުކާގެ މަތިންދާބޯޓުގައެވެ. މީގެ 1 ފްލައިޓު ކޮޗިން އަށް ދާއިރު މި ފްލައިޓު އިންޑިއާ އަށް ދާން ފުރާނީ މި މަހުގެ 6ވަނަ ދުވަހު 16:00ގައެވެ. އަދި ކޮޗިން އިން ނައްޓާލުމަށް ހަމަޖެހިފައި ވަނީ 19:00 ޖަހާއިރުއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ލަންކާ އާއި އިންޑިއާގެ އެއާޕޯޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ދެގައުމު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެެވެ. އެހެންކަމުން ކޮންމެގެން ބޭނުންވާ އެއްޗެއް ގަންނަން ވެސް ގެއިން ބޭރަކަށް ނުނިކުމެވެއެވެ. އެކަމުގެ ސަބަބުން ގިނަ ދިވެހިންނަށް ވަނީ ވަރަށް ބޮޑެތި ދަތިތައް ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙައްވަ

    ޢަޅެ ހެޔޮނުވާނެ. ޕާކިސްތާނުގަ ތިބިއަހަރެމެންގެ ދަރިންވެސް ގެނެސްދީ

    25
    5
  2. ބޭރުގަ ތިބި ދިވެހިން

    އިންޑިޔާގެ އިތުރުސިޓީތަކުގަ ތިބި ދިވެހިންވެސް ގެނެސް ދެއްވާ އެގައުމުގެ ހާލަތު ގޯސް ނުވަނީސް، ބެންގަލޯ، މައިސޫރ، ޓުރިވެންޑްރަމް، ސަރުކާރުން ރައްޔިތުންނަށްޓަކާ މިކަން ކޮއްދެއްވާ!

    27
    8
  3. Anonymous

    އާއިލާ މީހުންދޯ

    17
    5
  4. ޙައްގުބަސް

    ވަރަށް ރަގަނޅު ނިންމުމެއް!! އަޅުގަނޑުމެން އެދެން މެލޭޝިއާއިން ރާއްޖެ ނާދެވި ތިބި ދަރިވަރުންނާއި އަދި އާއިލާތައް ރާއްޖެ ގެނައުމަށްޓަކައި މެލޭޝިޔާއަށްވެސް ފްލައިޓެއް ބާއްވަ ދިނުމަށް! ބާއްވާ ދުވަސް ކުރިން އަންގާފަ ޓިކެޓް ނަގަން ބުންޏަސް އަޅުގަނޑުމެން މިތިބީ ޓިކެޓް ނަގައިގެންވެސް އަމިއްލަ ގައުމަށް ޢާޢިލާ ކައިރިއަށް އައުމަށް ކެތްމަދުވެފަ މިދަނޑިވަޅުގައި! ފްލައިޓެއް ބާއްވަ ދެއްވާ! ކުރިއަށް މިއޮތީ ރަމަޞާން މަސް!

    34
    6
  5. އަހަރެން

    ހެޔޮނުވާނެ ނޭޕާލްގަ ތިބި ޑޮކްޓަރ ކަން ކިޔަވާކުދިންވެސް ގެނެސްދީބަލަ. ސަރުކާރުން ބުނެގެން އެކުދިން ރާއްޖެ އަންނަން އެޔަރ ޕޯޓްއައް ދިޔައީ މިހާރުއެކުދިން އެތާތިބޭތާ ކޮންދުވަހެއް... ހެޔޮނުވާނެ އެކުދިން ވެސް ގެނެސްދީ

    12
    2
  6. އުރުދުއާން

    ކީއްކުރަން ގެންނަ ބައެއް. ބަލި ފަތުރަނީ މިހާރު ތިއީ.

    9
    6
  7. ދަރިވަރު

    ދަތުރު ބާއްވަން އުޅޭކަން އަންގަނީ ފްލައިޓަށް ބާރަ ގަޑިއިރުވެސް ނުދީ. ހައިކޮ މިޝަނުން ލަންކާގަ ތިބި ދިވެހިންނަކަށް މީގެ އެއްވެސް ވާހަކައެއް ނާނގާ. ފްލައިޓަށް ރެޖިސްޓްރީ ކުރަންވެސް ފުރުސަތުނުދޭ. މީ ލަންކާގަ ތިބި ސަރުކާރު އާއިލާ މީހުން ނެރެން ބާއްވާ ފްލައިޓެއް ދެއްތޯ

    19
  8. ދިވެހިސޮރު

    ތިޔަ ހައްދަވަނީ ގޯސް ގޯސް ..ރަސޫލާ ޞައްލަﷲ ޢަލަި ވަސައްލަމްގެ މާތް އަމުރުފުޅާ ކަނޑައެޅިގެން ތިޔަ ޚިލާފުވަނީ.. ވަޞީލަތެއްނެތް ތަނަކަށް ބޭރުން ގެނެސް އެޅީމަ ކަމަކުނުދޭ.. މިތަން ގޯސްވެގެން ވަޑައިގެން ބޭބޭފުޅުން ކީއްކުރަންތޯ ގެންނަނީ. ފަޅުރަށްރަށުގަ ބައިތިބަވަން ޖެހޭނީ އިގޭތޯ..އެހެންނޫނީ ބަސްނޭހުމަކަށް ދާންޖެހިދާނެ

    64
    3
  9. މާ

    ދިވެހިން އެންމެ ގިނަތަނަކީ މޮރިޝަސްވީމަތޯ މޯލްޑިވިަން ކުރިއައް އޮތް ދެތިންދުވަސް ތެރޭ މޮރިޝަސް އައް ދަތުރެއްކުރަނީ؟ ކުރޫންވެސް މިދަތުތައްފަހު 14ދުވަހުގެ އައިސޮލޭޓައް ދާންޖެހޭ ކަމައްވޭ ...... މެލޭޝިއާ، ޕާކިސްތާން އިންޑިއާގެ އެކިސިޓީ ތަކުގަތިބި ދިވެހި ރައްޔިތުން މިހާރު ބަނޑައްޖެހެނީ.. ހެޔޮނުވާނެ އަޑުއަހާބަލަ މިހާލުގަ މީހުން ތިއްބާ މޮރިޝަސް އައްދޯ،،،،،،ސަލާމް

  10. ޏާހިދާ

    މީ ވަރަށް ބޮޑު އޮޅުވާލުމެއް. ވަކި ޚާއްސަ ބަޔަކަށް އެކަނި ޖާގަ ލިބެނީ. އެމްޑީޕީގެ ބޮޑުންނަށް އެކަނި

    17
    2
  11. ހާމިދު

    މީރަނގަޅު ނިޔަތުގައި ކުރާކަމަކަށް ވަންޏާ ފަހަރަކު ސިޓީަކުން ކުދިން ގެންނާނެ، އެހެންނޫނީ ސުވާލުއުފެދޭނެ އެފުރުޞަތު ނުދެއްވުން އެދެން.

  12. ނުރޯ ދަރި

    ތިކަމަކީ ތީ ޓީސީ ފުޓްބޯޅަ ޓީމް ރާއްޖެ އަށް ގެންނަން ކުޅޭ ގޭމް އެއް...ކޮންމެހެން ރައްޔިތުންނަށް ހެޔޮ އެދިގެން ހާލުގަ ޖެހިފައި ތިބި މީހުން ގެންނަން ކުރާ ކަމެއް ނޫން

  13. އުތީމު ތަކުރު

    ފްލައިޓެއް ބާއްވާފަ މިރާއްޖޭގަ ތިބި ބަންގްލަދޭޝް މީހުންވެސް ގެންދެބަލަ މޯލްޑިވިއަން އަށް ތެޔޮވެސް އަޅައިދީފާނަން.

  14. މީޒްލީ

    ޢާދޭސް ކޮއްފައި ބުނަން ރާއްޖޭން ބޭރުގައި ތިބި ދިވެހީން މިވަގުތަށް ރާއްޖެ ނުގެނެސް މަޑުޖައްސާލަދެއްވާ، މިތާގައި ސަލާމަތުން ތިބި މީހުންވެސް ނުރައްކަލުގެ ތެރެއަށް އިތޮތްގެން ތިޔަ ވައްޓާލަނީ، ބޭރުގައި ތިބި މީހުންނަވުރެން އެތެރޭގައި ތިބި މީހުން ގިނައީ، ތިކަން ތިގޮތަށް ނުކުރުމަށް އާދޭސްކޮއްފައި ދަންނަވަން، މިތާކުނެތް ތިބަލި ފެތުރިއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް!
    ހިތާމަޔާއި އެކު ވެދުން!

    5
    1
    • މޭޔަރު

      24ގަޑި އިރު ގޭބަންދުގައި ތިބެވޭނެ. އެއީ ސަރުކާރުގެ ބޭނުމަކީ.

    • ނަން

      ދެން ބޭސްފަރުވާއަށް ދިޔަ މީހުންނޯ؟ އެމީހުން ދިޔައީ އެތާ ދިރިއުޅޭކަށް ނޫނޭ.. މިރާއްޖެއިން ނުލިބޭ ބޭސްފަރުވާ ހޯދަން.

  15. ާއެޑަމް

    ތިމީހުން ގެނެއްސިއްޔަާ އަނެއްކާ ސަރުކާރަށް އަނެއް ބުރަ އުފުލަންޖެހޭނެ.މަދު މީހަކުނޫނީ ވަންނާނެ ތަނެއް ނުހުންނަަނެ.ރާއްޖޭން ބޭރުގަ އުޅެނީ ގެދޮރު ކުއްޔަށްދީފަ.އެތަންތާތިބިމީހުން ތިމީހުން މަގުމަތިވާނެ.ސަރުކާރުން މިކަމާ ނުވިސްނާބާ؟