ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާޢީ ވަކީލުން 11 ހުށަހެޅުމެއް ޝަރީޢަތައް ހުށަހަޅައިފިއެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ދައުވާކޮށްފައި ވަނީ 2018 ފެބްރުއަރީ 4 އަދި 5 ވަނަ ދުވަހު ބައެއް ލިޔުންތައް ފޮނުވާ ނިމުމުން ސުޕްރީމް ކޯޓުން ޖެމްގެ ހިދުމަތް މެދުކަނޑާލާފައި ވާތީ އެވެ.

ދެފަރާތުގެ ހެކި ހުށައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުންވަނީ 3 ހެކިންގެ ހެކިބަސް ސިއްރުކޮށްދިނުމަށާއި ހެކި ރައްކާތެރިކޮށްދިނުމުގެ އިތުރުން އެ ތިން ހެކި ހާމަކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދިފައި އެވެ.

ދިފާއީ ވަކީލުގެ ފަރާތުންވެސް ވަނީ 11 ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުވާއަކީ ބާތިލް ދައުވާއެއް ހާމަކޮށްދިނުމަށް ނުކުތާތަކެއް ހިމަނާފައިވާއިރު ސިއްރުހެކިވެރިން ހާމަ ނުވާގޮތަށް އެ ބަޔާން ހާމަކޮށްދިނުމަށާއި ތަހުގީގުގެ ލިޔެކިޔުންތަކާއި އޯޑިޔޯ އަދި ވީޑިޔޯ ރިޕޯޓްތައް ހާމަކުރުމަށް މުއްދަތެއް ދިނުމަށް އެދިފައި އެވެ.

ނަމަވެސް ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ދެން އޮންނަ ޝަރިއަތެއްގައި ހެކިތަކަށް ރައްދުދީ، އެކަމަށް ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ދައުވާ އަށް އިންކާރު ނުކުރެއްވި ނަމަވެސް ދައުވާ އަށް އިއުތިރާފް ވެފައެއް ވެސް ނުވެއެވެ. އަދި ދައުލަތުން ކުރާ ދައުވާ އަށް ވަކި އެއްޗެއް އުއްތަމަ ފަނޑިޔާރު ވިދާޅުނުވާ އެންމެ ބޮޑު އެއް ސަބަބަކީ މައްސަލަ ސާފުނުވާތީ ކަމަށް އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގައި ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާގެ ދެވަނަ އިބްތިދާއީ އަޑުއެހުން އާދިއްތަ ދުވަހު ބޭއްވިއިރު އެދުވަހު ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހުށައަޅަންޖެހޭ ހުށައެޅުންތައް ދެ ދުވަހުގެ މުއްދަތެއް ދީފައި އެވެ. ނަމަވެސް އެ ދުވަސްތަކުގެތެރޭ ހުށައެޅިފާ ނެތުމުން މިއަދު ޝަރީއަތުގެ ކުރިން ހުށައެޅުންތައް ހުށައެޅުމަށްފަހު، މިމަހުގެ 30 ވަނަ ދުވަހު ރައްދު ދިނުމުގެ ގޮތުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވެ އަޑުއެހުން ވަނީ ނިންމާލާފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންސާނަކަށް ވީތީ ކުށެއް ކުރެވިދާނެ. މިފަދަކުށެއް ޢަބްދުﷲ ސަޢީދުލައްވާވެސް ކުރެވިދާނެ. މިކަން އެނގެނީ ފެބްރުއަރީ އެކެއްގެ ދެދުވަހެއްވަރު ކުރިން ރ.ޓީވީގައި އެމްޑީޕީގެ އިސްމީހަކު ބުނެފައިވޭ " މިފަހަރު ވެރިކަން ވައްޓާލާނަމޭ. ކޯޓުތަކުގައި ތިބި ހުރިހާ ފަނޑިޔާރުން ތިބޭނީ ފަށަކުން ބަނދެފަ ނިކަންބާރަށް ގޮށްޖަހާފައޭ." މިމޭރުމުން އެމްޑީޕީ މީހުން ވާހަކަދަޢްކަމުން ޤައުމުގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ އިޙްސާސްތަކާއި ކުޅެ އެބޭފުޅުންގެ އަބުރުކަތިލައި އެހަދަނީ ހަމަ ވެރިކަމާއި ހުރެކަން އެފަދަ އެބޭފުޅުންނަށް ވެސް އެނގޭނެއެވެ. ނަމަވެސް އެނގޭއިރު އޮންނަނީ ވަގުތުފައިތުވެފައެވެ.

  2. ގޮބު

    ތިދަޢުވާއެއް ނުކުރެވޭނެ! ސުޕުރިންކޯޓުގެ އަމުރާހިލާފެއްނުވެވޭނޭ! އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގައި ރައީސް ހިފާހައްޔަރުކުރުމަށް ގޮވާލަން!