ކޮވިޑް-19 ރައްކަތެރިވުމުގެ ގޮތުން މާލޭގައި މިއަދު ކާފިއު އިއުލާން ކޮށްފައި އޮތް ވަގުތުގައި ބޭރަށް ނުކުތް 141 މީހަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިީފައިވާކަމަށާއި، ދެވަނަ ފަހަރަށް 09 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު މަގުމައްޗަށް ނިކުމެ އުޅެނިކޮށް ނަސޭހަތް ދީފައި ވަނީ 119 ދިވެހިންނާއި 22 ބިދޭސީންނަށެވެ.

ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިއްޔެ އޮތީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ދޭ ނަސޭހަތާއި އިންޒާރު ގުނާނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ފުލުހުން ރެކޯޑް ކޮށްފައިވާ މަޢުލޫމާތަށް ބެލުމަށް ފަހުކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00އިން ރޭގަނޑު 20:00އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ދެއްވާފައެވެ. އެގޮތުން ކޮންމެ މީހަކު 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް އެބައޮތެވެ.

އިއްޔެ މަނާ ވަގުތުގައި ބޭރަށް ނުކުތް 183 މީހަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 151 ދިވެހިންނާއި 32 ބިދޭސީންނެވެ. އަދި ދެވަނަ ފަހަރަށް 11 މީހަކަށް ނަސޭހަތް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ގައިދީ ނަމްބަރު 420

  މަނާ ގަޑީ ގައި ބޭރަށް ނިކުންނަ މީހުންނަށް މި ބަލި ޖެހިއްޖެނަމަ އެމީހަކު އަމިއްލަ އަށް ޒިންމާ ނަގާ ގޮތަށް ސޮއި ކުރުމަށް ފަހު ފުރަތަމަ 14 ދުވަހު ގޭ ބަންދު ކުރޭ؟؟؟؟

  31
  5
 2. ސްޓިކް ހައުސް ޒަކިއްޓޭ

  ސްޓިކާ ޖަހަން އެކަނި ގަޓު ހުންނަނީ. ފޭސް ކުރަން ޖެހުނީމަ ހަތްޕުނޑަށް ވަނީ. ސައިކަލަކީ ދިރޭ ސަވާރީއެއް ނަމަ ދިވެހި ފުލުހުން ބިރުން ސްޓިކާނުޖަހާނެ. ފޭސް ކުރަންޖެހޭތީ ގަޓު ނެތީ. އެހެންނަމަ މިހާލަތުގައި 3 ގަޑި އިރަށް ބޭރަށް ނުކުންނަ މީހުން ޖޫރިމަނާ ކުރެވޭނެތާ. ކަންނެތީ. ޓިޕްސް ދިނީމަ ދޫކޮށްލަނީ އިންޑިޔާ ހެން

  39
  10
 3. ބަބުރު?

  އެމީހުންގެ ދެފައި އައްސާފަ ބަހައްޓަންވީ ކިހާދެރަކަމެއް މީ ޕިސްޕިސްޕިސް

  35
  3
 4. މާޑު

  ފުލުހުން ގެއަށްލާފަ ސިފައިން ނެރޭ ތިކަން ހައްލުވީ

  52
  4
 5. ހ

  ޕިސް، ޕިސް.... ކިހާ ދެރަކަމެއް....

  28
 6. ޥ ދެރަ

  މި މީހުންވެސް މައިތިރިވާނީ ދަނޑިބުރިން ތޯއްޗެ.
  ސީޕީ ނުނުކުންނަވާތީ ކަންނޭނގެ

  30
 7. ފުނާ

  ތިގޮތް އަދި ކަމަކުނުދޭ! ( ފުލުހުން ވިދާޅުވީ ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ދޭ ނަސޭހަތާއި އިންޒާރު). ކޮންމެ މީހަކު ތި ނަސޭހަތުގެ އަދަދު ހަމަކުރަން ނިކުންނަކަމުގައިވާނަމަ މާލޭގެ މަގުތައް އޮންނާނީ އާންމުހާލަތުގައި. މަވެސް ތިނެތި ހަމަކޮށް އިންޒާރުވެސް ހަމަކުރަން ނިކުންނާނީ، ދެންހުރިމީހާވެސް އެހެން. ދެން އެންމެނަށް މި ނަސޭހަތާއި އިންޒާރުދީ ނިމޭއިރު ކޮވިޑް ކަންނޭގެ ޖޫރިމަނާވެގެން ގެޔަށް ވަންނާނީ

  12
 8. ދިވެހިސޮރު

  ބޭކާރު ކަމެއް ރޭގަނޑު 10 ހުރިހާ ފިހާރަަތައް ބަަންދުކޮށޤބަލަ ދެން 10ން 6ށް ކާފިއު ކޮށްބަލަ

  10
 9. ރައްޔިތު އަހުމަދު

  ޢަމަލު ނުކުރެވޭ ޤަވާއިދާއި އުސޫލުތަށް ހެދުމަށްވުރެ ވިޔާނުދާ ކަމެއް ނެތް. ތީ އޯގާތެރިކަމެއް ނޫން. ތި ދަސްކޮއްދެވެނީ ރީތިގޮތެއްނޫން. މާދަމާ ޖޫރިމަނާ ކުރަން ފަށައިފިނަމަ، މިދިޔަ 3 ދުވަހު ދޫކޮއްލި މީހުންއަތުން ފައިސާ ނަގަން ޖެހޭ. އެހެން ނޫނީ އެއްކުށެއްގައި އެކި މީހުންނަށް ތަފާތު ކުރެވުނީ.

  12
  • އަހްމަދު

   ދިވެހިން ކިޔާއުޅޭ ހިކިއަމުރު.

 10. ާއދ.

  ގިނައިން ނުކުމެ އުޅެނީ ޕާޓީގެ އެކުޓުވިސްޓުންނާ ނާގާބިލް ލާދީނީ ވަގުސަރުކާރުގެ އިސްވެރިންގެ ދަރިން ދެން ކިހިނެއް ފުލުހުން އެމީހުން ޖޫރިމަނާވެސް ކުރާނީ މީ މިކަން ވާގޮތަކީ

  12
 11. ޑަބިޔާ

  ތިޔަކަމުގެ މަގުސަދު އޮޅިއްޖެ

  15
 12. ބިންގޯ

  ނަސޭހަތަކުން ޖޫރިމަނާ އަކުން ވެސް ތިޔަކަމެއް ނުވާނެ. ފަރުދީ ޒިންމާ އަކީ ކޯޗެއްކަން ދަސްނުވަންޏަކާ.