13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމެޓީ އިން ނިންމީ ނުރައްކާތެރި އެޖެންޑާއެއް އޮތީމަ ކަމަަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އެހެން އިދިކޮޅު ލީޑަރުން ތިއްބައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ ކޮމެޓީ އިން ނިންމީ އެންމެ ފަސޭހައިން ރާއްޖެގައި މިއޮތް އިސްލާމީ އަގީދާ އާއި ކުޅެވޭނީ ނަޝީދު މެދުވެރިކޮށް ކަމަށް އދ.ގެ ކޮމެޓީ އަށް ގަބޫލު ކުރެވޭތީއެވެ.

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭވަރަށް ވާހަކަ ދައްކާ މީހަކު ނުހުނާނެ ނަޝީދު ފިޔަވައި, ނަޝީދު ވާހަކަ އަބަދުވެސް ހުންނަނީ ހުޅަނގުގެ ގައުމުތަށް ރުހޭ ގޮތަށް" ޖަމީލް އުސްމާން ވިދާޅުވިއެވެ.

އދ އިން ބުނި ކަމުގައި ވީ ނަމަވެސް ނަޝީދަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި ނަޝީދަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ރާއްޖޭގެ އެހެން އެއްވެސް މީހަކަށް އެޅިގެން ނުވާނެ ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ވަނީ ބަންދުވެފަ އެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމާފައިވާއިރު މި ނިންމުން ބަލައި ނުގަންނަ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.

އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަލީ

    ތެދު ވާހަކައެއް.

  2. މަހަށްދޭބަލަ

    ރާކަނި މަހެއް ނުކެވޭނެއޭ އެއް ކަމެއްވެސް ނުކުރެވޭނެއޭ. ލަންކާގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވަންޏާ ވާންވީއޭ ތަމެން ރަނރީނދޫ ޓްވިޓަރޭ މެން ހީކުރަނީ ތަމެންނަށް އެކަނި އޮންނަ އެއްޗެއް ކަމަށްތޭ މޮޅު ނުވާނެ ތިޔާހެން ތިޔާ ކަމެއް މޮޅު އޮންނާނެ މަމެންނަށް ވެސް. މަހަށްދޭބަލަ ދެން.

  3. ޑިމޮކްރަޓިސްޓް

    އދ. އަށްތަ އެނގެނީ މިގައުމުގެ ކަންކަން ވާންޖެހޭގޮތް؟؟؟ ރާއްޖެއިން ގޮވާބަލަ އދ. އަށް ފަލަސްތީނުގެ ބިންތަކުން އިޒުރޭލު ބާލަން އެކަމުގެ އަމުރެއް ނެރެދޭށޭ ކިޔާފަ!!! ތިދެން ކޮންބައެއް ރާއްޖޭގެ ކަންކަމާ ބޭނިގަނެގެން ތެޅެން!!!

  4. ރުޒާނާ ޗޮއްޕަޓު

    ދަތްދޮޅި ކޮޅަށް ގޮބޮޅިއެއް ވައްޓާލައިގެން ކޮން ނުހޮރުއްޕާނެއް ކުރާ މީހެއްތަ މީ؟

  5. ޙިޔާލު

    ދަތްދޮޅި ކޮޅަށް ގޮބޮޅިއެއް ވައްޓާލައިގެން ކޮން ނުހޮރުއްޕާނެއް ކުރާ މީހެއްތަ މީ؟

  6. ބޮލިހިލާ

    ކެނެރީގެ ނަޝީދަށް ދެން ރާއްޖޭގައި ބާއްވާ އެއްވެސް ރިޔާސީ އިންތިޚާބެއްގައި ބައިވެރި ނުވެވޭނެއެވެ. އޭނާ ޖެހޭނީ ދަމާކަނޑަން ދާން ދެން ދޯ. ރަންރީނދޫ ޓްވިޓަރޭ މެން ތެޅި ތެޅި ތިބެން ޖެހޭނީ ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ ތަމެންނަށް. ތަމެން ދެން ދަގަ ހުޅުދޫ ދިގު ފަރަށް ކާޅު ހެދުން ލައިގެން ބޮލިހިލަން. ދަގަ ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާދޯ.

  7. ރަށުމީހާ

    ވަގުތު ނޫހަށް ދަންނަވާލަން...އަޅުގަނޑުމެންގެ ޅަދަރިންވެސް މިނޫސް އެބަކިޔާ...ވީމާ މިކަހަލަ ދަށުދަރަޖައިގެ ބަސްމަގު ބޭނުންކޮށްފަހުންނަ ޙިޔާލުތައް ޖަހަމުން ތިޔަގެންދަވަނީ ކޮން އުސޫލަކުންތޯ...އަދި ވަކި މީހަކަށް ނިސްބަތްކޮށް ކޮންމެ ފަދަބަހުރުވައަކުން ކޮންމެފަދަ ޙިޔާލެއް ލިޔެފައޮތަސް ބަލާލުމެއްނެތި ތިޔަ ސާއިއުކުރައްވަނީ އެކަމުގެ ޒިންމާދާރު ކުރުވަން ތިއްބަވާފަރާތްތަކުގެ ބާރެއްނެތީމަތޯ

    • ޔޫސުބު

      އަހަރެމެން ޅަދަރިންވެސް ރާއްޖެޓީވީން ކިޔާ އައުގުރާނަޔާ ދައްކާ މަންޒަރުތައް ފެނޭ...ކަލެއަށް އެކަމެއް ނޭގޭތަ؟

  8. މަބުނީ

    ދީނަކީ މިޤައުމަށް އެންމެ މުހިންމު ކަމަށް ވީހިނދު، އިސްލާމް ދީން ނޫން އެހެން ދީންތައް މިޤައުމަށް ގެންނަން މަސައްކަތްކުރާ މީހުންނާ ވަކިވަންވީ. އީޔޫ އަދި އ.ދ އިންވެސް ވަކިވާންވީ އެމީހުންގެ ޓާގެޓަކީ އެއީ ކަމުގައި ވާނަމަ.

  9. ދޮންމު

    ކުރެވުނީ ތުހުމަތެއްނޫން އަމިއްލައަށް އިއުތިރާފުވީ ގާޒީ ހައްޔަރުކުރުން އެއީ ގޯހެއްކަމަށް.

  10. ޙިޔާލު

    ޔޫރަޕު ގައުމު ތަކުގެ ވެރިން ނަށް ކޮން ކަހަލަ ކަންތައް ތަކެއް ކޮށް ދިނުމަށް ބުނެގެން ބާ މިހާރު ނަސީދު އަށް ވެރިކަން ހޯދައިދޭން ޔޫ އެން އާއި އަދި އެހެން ގައުމު ތަކުން މިހާ ފޯރީ ގަ މަސައްކަތް މިކުރަނީ.

  11. ސާމް

    ނަސީދު އަށް ވާދަ ކުރެވެން ޖެހޭނެ ، ގާސިމް އަށް ވެސް ވާދަ ކުރެވެންޖެހޭ

  12. ދިލާ

    ދެން ލަލަލަ، އިސްލާމްދީނާއި ބީރައްޓެހި މީހުން ބުންޔަސް ތިޔަ ފުރުސަތު ނުލިބޭނެ،

  13. ދަބަދަވި

    ކެނެރީގެ ނަޝީދަށް މިރާއްޖޭގެ ވެރިކަން ދީފިނަމަ ފުރަތަމަ އަހަރު ދުވަސް ތެރޭގައި އޭނާ އިންޑިއާ އަށް މިރާއްޖެ ވިއްކާލާ ކަޓް ކާލައިގެން އިންޑިއާ މީހުން މެދުވެރިކޮށް ބަޑި ޖަހާ ދިވެހިން މަރަން ފަށާނެއެވެ. އެއީ މަމެންނަށް ޔަގީންވެ ކަށަވަރު ވާ ކަމެކޭ މަމެން ބުނަން ނެތީމު ދޯ. އޭނާ މިރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ އޭނާ އާއި ދެކޮޅު ޚިޔާލުގެ ހުރިހާ މީހުން އޭނާ އިންޑިއާ މީހުން ލައްވާ ބަޑިޖައްސައިގެން މަރާލާނެ ކަން އިނގޭނެ މިހާރު އޭނާގެ އަމަލު ތައް ހުރި ގޮތުން.

    • ފެނަ ބައްޑާ

      ކަލޭ ކަލެއް ކަމައް ދައުވާ ކުރަންވީ ނުން

  14. އަޙުމަދު ޙަސަން

    މި ޚަބަރުގަި މިވަނީ ޙައްޤު ތެދު. ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ވެސް އެނގެންޖެހޭ ވާހަކަތަކެއް. ދަށުދަރަޖައިގެ ޢިބާރާތްތަކާއި ދޮގު ޚަބަރުތައް ހުންނާތީ އެތައް ފަހަރަކު ޖޫރިމަނާކޮށްފައިވަނީ ރާއްޖެ ޓީވީ. ދެން ދޮގު ޚަބަރު ފަތުރަނީ ރާއްޖެ މެންވީ ކިޔާ އޮންލައިން ނޫހަކުން. ކަލޭމެން އެ މީހުންނަށް ނަސޭހަތްދިނިއްޔާ މާ ތާހިރެއްނު. ވަގުތު ނޫހަކީ ވަރަށް ޒިންމާދާރުކަމާއެކު މުޖުތަމަޢަށް ބޭނުންތެރި ޚަބަރު ފަތުރާ މަޤުބޫލު މީޑިއަމެއް.