ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ބަލާ ދިއުމަށް މޯލްޑިވިއަން އިން ނިންމާ އެކަން އިއުލާން ކުރިތާ ހަތަރު ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުލްވެފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ލަންކާއަށް ދެ ފްލައިޓެއް ބާއްވައެވެ. މޯލްޑިއަންގެ އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޑޭޝް ކިއު-300 މަރުކާގެ ދެ ބޯޓު މާދަމާ ލަންކާ އަށް ފުރާނީ 15:00 އާއި 15:15ގައެވެ. އަދި ލަންކާ އިން ރާއްޖެ އަންނަން ފުރާނީ 18:40ގަ އާއި 18:55ގައެެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުން ލަންކާއަށް ދަތުރުކުރާ ފްލައިޓުގެ ބުކިން މިހާރު ފުލްވެފައިވާ ކަމަށެވެ. އަދި އިތުރު އެހެން ފުރުސަތެއް އެ އެއާލައިނުން ހުޅުވާލާ ކަމަށްވާ ނަމަ އެކަން އިއުލާން ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ލަންކާގެ އިތުރުން މޯލްޑިވިއަން އިން ވަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަދި މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ދިވެހިން ބަލާ ދިއުމަށް ބޯޓުތަކެއް ބޭއްވުމަށް ނިންމާފައެވެ.

އިންޑިއާގެ ކޮޗިން އަށް ދާނީ ބޭރުގެ އުދުހުންތަކަށް ބޭނުންކުރާ އެއާބަސް-321 މަރުކާގެ މަތިންދާބޯޓުގައެވެ. މީގެ އެއް ފްލައިޓު ކޮޗިން އަށް ދާއިރު މި ފްލައިޓު އިންޑިއާ އަށް ދާން ފުރާނީ މި މަހުގެ 6ވަނަ ދުވަހު 16:00ގައެވެ. އަދި ކޮޗިން އިން ނައްޓާލުމަށް ހަމަޖެހިފައި ވަނީ 19:00 ޖަހާއިރުއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ލަންކާ އާއި އިންޑިއާގެ އެއާޕޯޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ދެގައުމު ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެެވެ. އެހެންކަމުން ކޮންމެގެން ބޭނުންވާ އެއްޗެއް ގަންނަން ވެސް ގެއިން ބޭރަކަށް ނުނިކުމެވެއެވެ. އެކަމުގެ ސަބަބުން ގިނަ ދިވެހިންނަށް ވަނީ ވަރަށް ބޮޑެތި ދަތިތައް ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިބްރާހީމް

    މިއީވަރަށްބޮޑު އޮޅުވާލުމެއް. މިހާ ކުޑަވަގުތު ކޮޅުއްދީ މި ކަން މި ކުރަނީ ހަމަ ވަ ކިބަޔަ ކު ގެންނަން. ދެރަ ވަރަށް ދެރަ

  2. ޢަލީޝާ

    ދޭން ބޭނުން ބަަޔަކަށް ޖާގަދިނީ ބޭއިންސާފްކޮން

  3. Anonymous

    ލޮލް ނަން ނޯޓު ކުރި އެކަކައް ވެސް ޖާގަ ނުލިބޭ. މަޖާ ވާހަކަ ނުދައްކާ

    5
    1