މި އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ (ސެޓްފިކެޓް) އަންނަ އާދީއްތަ ދުވަހު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ދޫކުރާން ފަށާނެކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 އެޕްރީލް 29 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 މޭ 13 ވާ އާދީއްތަ ދުވަހުގެ ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 ން 13:45އަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ނަގަން ދުރުވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެ ކަމަށާއި، ބަދަލުގައި މީހަކު ފޮނުވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑުވެސް ގެންނަންވާނެކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ.

މީގެ އިތުރުން ސެންޓަރުތަކުގެ ނަތީޖާތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަތީޖާތަކާ ޙަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުން ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު