މިވަގުތު ތިން ގަޑިއިރަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރި ނަމަވެސް ކުރެވޭ އެންމެ ކަމެއްގެ ސަބަބުން އެ ވަގުތު 24 ގަޑިއިރަށް ބަދަލުވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގެ ޓީމުގައި ހަރަކާތްތެރިވާ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކާފިއު ނިމޭ އިރަށް މަގުތަކަށް މީހުން އެއްވާ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އަދި އެކަމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވާ ޑރ. މުރާދު ވިދާޅުވީ އާއްމުންނަށް ހެދޭ އެންމެ ގޯހަކުން ވެސް މުޅި މަންޒަރު ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ގޮތަށް މިހާރު ކާފިއު ހިންގާ ވަގުތުތަކަކީ ބަލިން ރައްކާތެރިވުމަށް ލިބޭ ފަރުސަތެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. އަދި 24 ގަޑިއިރުގެ ކާފިއުއެއް ނުހިންގާ އޮންނަނީ ނަސީބު ރަނގަޅުކަމުން ކަމަށާއި ނަމަވެސް ހެދޭ އެންމެ ގޯހެއްގެ ސަބަބުން އެކަން އެގޮތަށް ވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫމާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މަގުތަކަށް ނިކުތުމާއި އުޅަނދުތައް ދުއްވުން މަނާ ކުރުމަށް އަންގާ ކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރިސޯޓުތަކުން ރަށްތަކަށް އަދި ރަށްތަކުން ރިސޯތުތަކަށް ދިއުން މަނާކޮށްފައިވެއެވެ. މީގެއިތުރުން މާލެ ސަރަހައްދުގެ ހުރިހާ ކެފޭ ރެސްޓޯރެންޓުތަކެއް ބަންދުކޮށްފައިވާއިރު ދާދިފަހުން ވަނީ 24 ގަޑިއިރު ފިހާރަތަކާއި ކެފޭތަކުގައި ދެމުން ދިޔަ ޓޭކް އަވޭ ހިދުމަތްވެސް ދިނުން މެދުކަނޑާލުމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޢޭކޭ19

  ކާފިއު ހިންގާފައި އޮންނައިރު އަމަލުކުރަންއޮތްގާނޫނު އޮތީ ކޮންތާކުބާ!

  23
  2
 2. ާއަހުމަދު

  ރައްޔިތުންނެއް ނޫން ގޯސްހަދަނީ... އިނގިރޭސިވިލާތުން އައި ލާދީނީ ކުދިންތައް ނުހިފައްޓާ ދޫކޮއްލާފަ މާފަހަކުން ތެޅިގަތްންފަ ޓެސްޓުތައް ނަގަންފެށީ

  53
  2
 3. މީޒްލީ

  ޑރ. ކުރެވޭ ކަމެކޭ ވިދާޅުވާނެ ކަމެއްނެތް، ތިޔަ ވިދާޅުވަނީ އެކައްޗެއް، ރާއްޖޭން ބޭރުގައި ތިބި ދިވެހީން ތިޔަ އޮތްގެން މިތަނަށް ގެންނަނީ، ދެން މިތާގައި ސަލާމަތުން ތިބި މީހުންވެސް ނުރައްކަލުގެ ތެރެއަށް އިތޮތްގެން ތިޔަ ވައްޓާލަނީ، ބޭރުގައި ތިބި މީހުންނަވުރެން އެތެރޭގައި ތިބި މީހުން ގިނައީ، ތިކަން ތިގޮތަށް ނުކުރުމަށް އާދޭސްކޮއްފައި ދަންނަވަން، މިތާކުނެތް ތިބަލި ފެތުރިއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް!
  ހިތާމަޔާއި އެކު ވެދުން!

  57
  2
 4. ރަގަޅުގޮތް

  ޑޮކްޓަރ ތިވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކާފިއު ހިންގިދާނެއެވެ އަދި ހިންގަންޖެހިދާނެއެވެ. އެކަމަކު އެކަން ކުރެވޭނީ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް އަކަށް ކާފިއު އެއް އެއްމެ މިނެއްޓަކަށް ވެސް ނުހިންގޭނެއެވެ. ރައްޔިތުންގެ ސިވިލް ލިބަރޓީސް ހަނިކުރުމަކީ ޑީޖީ އަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނެއް ނޫން އާއްމު ސިއްހަތާ ބެހޭ ޤާނޫނުގައި ބުނާ ގޮތަށް ބައްޔެއް ހުރިކަމަށް ޝައްކުވެގެން ވަކި ރައްޔިތެއް ކަރަންޓީކޮށް، ޓެސްޓްކޮށް، އެގްޒޭމިން ކުރެވިދާނެއެވެ. އަދި އޭނާ އެކަމަށް ދެކޮޅު ހަދާނަމަ ކޯޓު އަމުރެއް ހޯދައިގެން ވެސް އެކަން ކުރެވިދާނެއެވެ.
  މީހުން މަގުތަކަށް ނުކުމެ ނޫޅުމަށް އަމުރު ކުރުމަށް ޑީޖީ ހަވާލާދީފައިވަނީ ބުނެވުނު ޤާނޫނުގެ 34 ވަނަ މާއްދާގެ ރ އަދި ޅ އަށެވެ. ރ. ގައި ބުނަނީ" ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިއުމަށާއި އެއްވެ ނޫޅުމަށް އެންގުން". އަދި ޅ. ގައި ބުނަނީ " އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރު ކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން." މިހެންނެވެ.
  މިދެ މާއްދާ މާނަކުރަން ވަނީ ޤާނޫނު އަސާސީގެ ދަށުން އަދި ޤާނޫނުތައް މާނަ ކުރާ ޤާނޫނުގެ ދަށުން ނެވެ. ރ. އިން ލިބޭ ބާރަކީ ކޮބާތޯ ބަލާއިރު އެމާއްދާގައި ބުނާ "ނުދިއުން" މި ބަހަށް ބަލަންޖެހެއެވެ. މީހުން މަގުމައްޗަކަށް ނުދާނެއެވެ. މީހުން މަގުމައްޗަށް ނުކުންނާނީއެވެ. އެމާއްދާއިން ޑީޖީ އަށް ދޭ ބާރަކީ މީހުން ވަކި ސަރަހައްދަކަށް ނުވަތަ ވަކި ތަނަކަށް ނުވަތަ ވަކި ހިސާބަކަށް ދިއުން ވަކި ވަގުތު ތަކެއްގައި މަނާ ކުރުމުގެ ބާރެވެ. އެއީ ރައްޔިތުން ގޭގައި ބަންދު ކުރުމަށް ދޭ ބާރެއް ނޫނެވެ. ރައްޔިތުން ގޭގައި ބަންދު ކުރުމުގެ ބާރު ލިބެނީ ބަލިމަޑުކަމެއް އުޅެގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަސާސީ ހައްޤުތައް ހަނި ކުރާއިރު ރައީސަށް ލިބޭ ބާރުގެ ދަށުންނެވެ. "ބަލިމަޑުކަން" މި ބަސް ވަނީ ކުއްލި ނުރައްކާ އިއުލާން ކުރެވޭ ހާލަތެއްކަމަށް ޤާނޫނު އަސާސީގައި ސީދާ ބަޔާންކޮށްފައެވެ. އެފަދަ ހާލަތުގައި ވެސް ރައީސް އެބާރު އެބިއުސްކޮށްފާނެތީ އެކަން ވެސް ރައްޔިތުން މަޖިލީހަށް ހުށަހަޅާ 14 ދުވަހުގެ ތެރޭގައި ފާސްކުރަންޖެހެއެވެ. ވީމާ، ބަލިމަޑުކަމެއް ފެތުރޭ ހާލަތުގައި ވެސް ރައްޔިތުންގެ އަސާސީ ހައްޤުތައް ހަނިކުރެވޭނީ ރައްޔިތުންގެ ވަކީލުންގެ ބަހެއް އޮވެގެނެވެ. މިއަދުގެ ހާލަތުން ރައްޔިތުން ބިރުން ތިއްބާ ޤާނޫނު އަސާސީގައި ދީފައިވާ އަސާސީ ހައްޤަކަށް އުނިކަން ގެންނަ އިރު އަޅާ ނުލާ ކިޔަމަން ކަމުގައި ތިއްބަސް ޤާނޫނު އަސާސީގެ ބޭރުން އެކަން ކުރުމަކީ މުސްތަޤްބަލުގައި ރައްޔިތުންގެ ސިވިލް ލިބަރޓީސް އެބިއުސް ކުރަން އާއްމު ސިއްހަތާ ބެހޭ ޤާނޫނު ބޭނުން ކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. މިބިރުވެރިކަމުގެ ހާލަތުގައި ވެސް ޤާނޫނު އަސާސީ ނެގެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ކަމުން ޑޮކްޓަރު އަރިހުގައި ވަރަށް އިހްތިރާމާއެކު ދަންނަވަނީ ޤާނޫނު އަސާސީގެ ދަށުން ކާފިއު ހިންގުމަށް ރައީސް އަށް ދެންނެވުމަށެވެ. ޑީޖީ އަކަށް އެކަމެއް ނުކުރެވޭނެއެވެ.

  8
  1
 5. ކިޔުން ތެރިއެއް

  ރާއްޖެއިން ބޭރުންގެންނަ މީހުން، މާލެ، ހުޅުމާލެ، ވިލިގިލި ނުވަތަ އެއިން މީހެއްގެ ރަށަށްތޯ ނުވަތަ ކަރަންޓީން ފެސިލިޓީއަށްތޯ
  ޒިންމާނަގާނީ ކާކު؟ (މިތަނުގައި ވައިރަސް ރާސްލާފާ ފެތުރިއްޖެއްޔާ)

 6. ޢަލީމުހަންމަދު

  ޙަރުކަ ކަށި ފިޔަވަޅު މޫނަ ކަށް ކަންދުރާޔަކަށް ނުބަލައި ހަމަހަމަ ގޮތުގައި ނޭޅޭނަމަ ގައުމުގެ ރައްޔިތުންއަބަދުވެސް ތިބެންޖެހޭނީ ބިރުވެރިކަމުގައި.

 7. މަރުމޯލު

  24ގަޑި އިރު ވެސް 25ގަޑި އިރުވެސް ކާފިއު ހިންގާނެ. ތިކީ ނޭގޭކަމެއްނޫން.

 8. ހާސަރު

  ޑޮކްޓަރ އެވިދާޅުވިއެއްޗަކުން އަޅުގަނޑު ވަރައް ކަންބޮޑުވެއްޖެ ކުރެވޭ ކަމަކުން ސައުވިސްގަޑިއިރު ކާރފިޔު ހިންގަންޖެހިދާނެކަމައް ވިދާޅުވީމާ އަޅުގަނޑައް ހީވަނީ ވަރައްގިނައިން މިބަލިޖެހިފަތިބިމީހުން މިޤައުމުގަތިބިހެން އަޅުގަނޑުގެ އެދުމަކީ އެވަރައް ބަލިމީހުން ތިބިކަމައްވަންޏާ ސިއްރުނުކޮއް ހާމަކޮއްދެއްވުން

 9. ވަޒީރެއާލާ

  މުރާދު ތިޔަހެން ވިދާޅުވާންވެސް ޖެހޭނެ. އެއީ ޑޮކްޓަރުންނާ ސަރުކާރާ ގުޅިގެން މިރާއްޖެއަށް މިބަލި ގެނެސް މިފަތުރަނީ. މީ މިރާއްޖޭން އުފަންވި ބައްޔެއްނޫން. ބޭރުން ބަޔަކު ގެނައި ބައްޔެއް. ސަރުކާރުގެ ހުއްދައެއްނެތި އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެ. މިހާރުވެސް ބަލިޖެހިފައިވާ ގައުމުތަކުގައި ތިބި މީހުން ގެންނަނީ ސަރުކާރުން. ބޭނުމަކީ މިރާއްޖޭގައި މިބަލި ފެތުރުން. ރައްކާތެރިވާން އަންގަންޖެހެނީ ރައްކާތެރި ވުމުގެ ސަބަބު ތަކުގައި ހިފާގެން. އެއާ ޚިލާފަށް މިއަންގަނީ. ކަނޑައެޅިގެން އެބައިނގޭ މިބަލި ފެތުރިފައިވާ ގައުމުތަކުން އަންނަ މީހުންގެ ކިބައިގާ މިބަލި ހުރެދާނެކަން. އެއީޝައްކެއްވެސް އޮތްކަމެއްނޫން. އެކަމަކު އެދޮރު ބަންދުނޮކޮށް އެހެންމީހުންތޯ ބަންދުކުރަންވީ؟ ރަށްވަށައިގެން އަލިފާން ރޯކޮށްފާ މިބުނަނީ ރައްޔިތުންނޭ އަލިފާނުން ސަލާމަތްވާށޭ. ދެން ކިހިނެއް ސަލާމަތްވާނީ. މީ ތިޔަ ކާފިއުގެ މިސާލަކީ. 24 ގަޑިއެއްނޫން 25ގަޑި އިރު ވެސް ކާފިޔު ހިންގިދާނެ. އެއީ ރައްޔިތުންކުރާ ކުޑަކުޑަ ކަމަކުންނޫން. ސަރުކާރުން ކުރާކަމަކުން.

  11
 10. އިމްރާނު

  ޔޫކޭން އައި ލާދީނީ މީހުންތައް ދޫކޮއްލީ ފަތުރަން...!

  11
  1
 11. ކޮރަލް

  އަންނި ޓެސްޓް ކުރަން މަޖްލީހަށް ދިއުމަކީ ހެދި ވ ބޮޑު ގޯހެކެވެ.

 12. ބަންދު

  ތިޔަ އަމުރެއް ނެރެފިއްޔާ އެލެކްސް ބުނާނީ ކީކޭބާ؟ އެލެކްސްގެ ރައުޔެއް ލިބެންދެން މަޑުކޮށްލައްވާ!

 13. މުހައްމަދު ޝާހް ރ.ވާދޫ

  ކޮބާ މިއޮތީ ސުރުހީ އަޅާފަ. އަޖުމަ ބަލަން ހިންގި ކާފިއު 24 ގަޑިއިރަށް ހިންގަން ތައްޔާރުވަނީ.

 14. ނަމަ

  03 ގަޑިއިރުގެ ކާފިއުއެއްގެ ބޭނުމަކީ ކޮބާބާ؟

 15. އެންދެރި

  މެލޭޝިޔާ އާއި ޓްރިވެންޑްރަމްގައި ހުރި ދިވެހީން މާލެ ގެންނަނި އެވެ. ކުރެވޭ ކަމަކުން 24 ގަޑި އިރަށް ކާފިއު ހިންގަން ޖެހިދާނެ އެވެ.

 16. ޙާާޙޫޫޜާ

  ތީ ހަމަ ސަރުކާރުން ހައްދާ ގޮތް ޖޫރިމަނާއޭ ކިޔާފަ ޖޫރިމަނާއެއްނުކުރޭ
  މީހުންނިކުމެ އުޅުން މަނައޭ ކިޔާފަ ނިކުމެަުޅޭ މީހުން ފޮނުވާލަ ބަލަ ސިފައިން މިހާރައްވުރެ ގިނައިން ނެރެގެން މިކަންތައް ހަމަޖައްސާ

  1
  1
 17. އެމަންޖެ

  ސަރުކާރުގެ ދޯދިޔާކަން ތިޔަކަމުންވެސް ފެނިގެންދާނީ.