ހުޅުމާލޭގެ ދެސަރަހައްދެއްގައި އޮތް ދެ އުޅަނދެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ފުރަތަމަ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހުޅުމާލެ ފޭސް-2 އަކުން ކަމަށެވެ. އެސަރަހައްދުގައި އެއްލާލާފައި އޮތް ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބާޖުގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ދެވަނަ ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެމްޕީއެލް ސަރަހައްދުގައި ރޯވީ ކްރޭނެއްގައި ކަމަށާއި އެ ކްރޭންގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާބޮކި

    އަނެއްކާ އަލިފާން ސީޒަން ފެށެނީބާ؟

  2. މޫސަ

    ޥވެރިކަން ވެއްޓޭނީ

  3. އިބްރާހިމް

    ސަރުކާރުން ރައްޔަތުންނައް ހާމަކޮއްދޭ އެއްޗެހިން ހަޖަމްނުވާބަޔަކު އުޅޭކަން އެބަފެނޭދޯ؟

  4. މަރީ

    މަރީމަރީމަރީމަރީމަރީމަރީމަރީމަރީމަރީމަރީމަރީ

  5. އަލިފާން

    ވަގުތު މީހުންނަށް މާބޮޑަށް އިންގެނީ.ބާޖް ހެންޑްލަރ އެއްގަ ރޯވީ.

  6. އަލިފާން

    ވަގުތު މީހުންނަށް މާބޮޑަށް އިންގެނީ.ބާޖް ހެންޑްލަރ އެއްގަ ރޯވީ..

  7. އަލީ

    ބޮޑު ހުޅު އަންނަނީ. ނަޝީދު ފަނާކުރަނިވި ފިކުރު ރުޖޫއަ ކުރަން.

  8. Anonymous

    ރާޢްޖެއަށް މިސަރުކާރުން ގެނެސްދީފައިވާ ތަރައްޤީ ފޮތަކުން އެންމެނަށް ފެންނަގޮތް ހެދިއިރު، އިދިކޮޅުގަ ވެރިކަންކޮށްފަ ތިބިމީހުން ދައްކާނެ އެއްޗެއްނެތުމުން އަލިފާން ކުޅިވަރު ފެށުނީތާދޯ