ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިހަފްތާގައި ވެސް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވާފައި ވަނިކޮށް، ސްޓެލްކޯ މުވައްޒަފުން ވަޒީފާ އަށް ނިކުންނަން އެންގުމުން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

ސްޓެލްކޯގެ މުވައްޒަފަކު ބުނީ މުވައްޒަފުން ވަޒީފާ އަށް ނެރެފައި ވަނީ ސާކިއުލާއެއް ނެރުމެއް ނެތި، މިފަދަ ހާލަތްތަކުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

"ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކޮށްފައި މިއޮތީ ރިސްކް ބޮޑުކަމުން. މިހާރު ސްޓެލްކޯގެ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާއިރު ލިބޭ އުޖޫރަ ބޭރަށް ނިކުމެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މިލިބެނީ. ހައި ރިސްކްގައި މަސައްކަތް ކުރުމުން ވެސް ލިބޭ އިތުރު އުޖޫރައެއް ނެތް." މުވައްޒަފަކު ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ ޓެކްނިކަލް މުވައްޒަފުން ވެސް މިދުވަސްވަރު މަސައްކަތް ކުރަން ޖެހިފައި ވަނީ ހައިރިސްކްގައި ކަމަށާއި، ނަމަވެސް އިތުރު އެލަވަންސެއް ނުލިބުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މިހާރު ގެނެސްފައިވާ ބަދަލުގެ ސަބަބުން މުވައްޒަފުންނަށް އޯޓީ ކެނޑިގެން މިދިޔައީ. ހައި ރިސްކްގައި މަސައްކަތް ކުރި ނަމަވެސް އިތުރު އެލަވަންސެއް ނެތް." އޭނާ ބުންޏެވެ.

ސްޓެލްކޯ ފަދަ ދިގު ތާރީޚެއް އޮތް ކުންފުންޏަކުން މިހާލަތުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތައް އަޅަމުން ނުގެންދިއުމަކީ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމެއް ކަމަށް ވެސް "ވަގުތު" އަށް މައުލޫމާތު ދިން މުވައްޒަފުން ބުންޏެވެ.

މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މުވައްޒަފުން ވަޒީފާ އަށް ނެރުމާއި ގުޅޭ ގޮތުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޒީފާ ނިކުންނަން އެއްވެސް މުވައްޒަފަކަށް އަންގާފައި ނުވާނެ ކަމަށާއި، އަންގާފައި ވާނީ އޮންކޯލްގައި ތިބުމަށް ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޓެލްކޯ އިން ވަނި ކަރަންޓް ބިލް އޮންލައިންކޮށް ދެއްކުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ނައީމް

    ހިއްގުންތެރި ރޭވުންތެރި ކަމެއްނެތް ހިތުހުރިގޮތަކަށް މި ކަންކަންކުރަނީ މިތަންވެސް ބޮއްސުން ލައިފި އުރަތްޕެއް ކީއްކުރަން ކުރަތްޕެއްވެސްނެތް ކީއްކުރާނީ

    17
    2
  2. ރޮބޮޓް

    އަސާސީ ޚިދުމަތް ދޭތަންތަން އޮޕަރޭޓް ކުރުން ހުއްޓައެއްނުލެވޭނެ ނޫންތޯ؟

    28
    1
    • ކޮބޮޓް

      ހުއްޓާލަން ބުނެފިތަ! ގަމާރަައް ފެނުނީ އެހެންލީފަ އިންތަން އެކަނި ދޯ! މުސާރަގެ ވާހަކައެއް ނުފެނޭ ދޯ! ގޭގަ އޮތަސް ބޯކޮން ލާރި ލިބޭވިއްޔަ.

      3
      5
      • އައްދު

        ކޮވިޑްގެ ސަބަބުން ވަޒީފާއިން ކަނޑާލައިފާ އަދި މުސާރަ ނުލިބޭ އެތައްބަޔަކުވެސް އެބަތިބި. ލިބޭމިންވަރަށް ޝުކުރުކޮއްބަލަ މިދުވަސްކޮޅު

        • މުޖޫ

          ބަލަ ހަދާނެ އެއްޗެއް ހަދަން ތިބެން ވީ ތަ؟ ކަނޑާލި މީހުންނާއި ނޯ ޕޭ ދިން މީހުންވެސް ކަނޑަ ނޭޅި މަސައްކަތް ކުރަންވީ ލިބޭތޯ. ނުހައްގުން އެއްޗެއް އަތުލީމަ ތިކަހަލަ ބީތާއިންނާއި ހެދި ހައްގު ހޯދަން މީހުން ޖެހިލުންވަނީ. ޏުޖެހޭ ބައްލަވާ ހަމަ ނުދެނަންތޯ ކިޔާފަ ނިންމާލަން. ޢޮންނަނީ އެމީހެއްގެ ހައްގެއް ހޯދަން އެމީހެއް މަސައްކަތްކުރުން

        • އަ

          މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

  3. ބްރޯ

    ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއް އަދި24 ގަޑިއިރު ހިދުމަތް ދެވޭ ކުންފުންޏެއް 24 ގަޑީގަ މުވައްޒިފުން މަސައްކަތު ތިބެންޖެހޭ ކުންފުންޏެއް ރައީސް ސަރުކާރު ބަންދުކުރިޔަސް ކުންފުނި ހުއްޓަލެވެނީ ކުންފުނީގެ ބޯޑުން އެކަންފާސް ކުރުމުން. ކުންފުނި ހުއްޓުވާކަށް ގާނޫނީގޮތުން ސަރުކާރަކުން ނާންގާނެ . އެހެންނޫން ސަރުކާރުން ލަފާއަރުވާނެ .ސްޓެލްކޯއަކީ ބަންދުކޮށް މަސައްކަތް ހުއްޓާނުލެވޭނެ ކުންފުންޏެއް.މިވަގުތު ވަޒިފާއަށް ނިކުންނަން ބޭނުްނުވާނަމަ ވަޒީފާއިންވަކިވެގެން ގެއަށް ދިއުމުގެ ފުރުސަތު އެބައޮތް.

    25
    10
    • އހ

      މަސައްކަތު ނެރުނީމައެއް ނޫން މައްސަލައަކީ ދޭންޖެހޭ އެލެވެންސްތައް ނުދެވޭތީ، ކޮމެންޓު ކުރާތި އެޗެއް ފެންނައިރައް، ވިޔަފާރި އޭ ސަރުކާރޭ، 24 ގަޑި އިރޭ ކިޔާފަ.

      7
      4
    • އެބެއްޔާ

      ތިކަހަލަ ގަމާރުންނާއި އެއްކޮޅަށް ގޮސް ހުސްވެފަ ތިބޭ މީހުން ގިނަ ކަމުން މި ގައުމު ހަލާކުވަނީ. ޏުޖެހޭ ކެނޑިގެން ދާކަށެއް ބީތާޔާ. ސްޓެލްކޯއިން ޖެހޭނެ ކުރުވާ މަސައްކަތަށް ލާރި ދޭން

  4. ނާރެސް

    ބަލަ މިގައުމުގެ ރައްޔަތުންނަން ހިދުމަތްކުރަން ނޫންތަ؟؟ ތިހިރީ ގައުމުދެކެ ލޯބިވާވަރު ދެން ކޮން ރަހުމެން ތިޔަ ބައެއްމުއްޒަފުން ކިބައިގާހުންނާނި؟؟ބަލަ މިވެރިންގެ ކިބާގާ ރައްޔަތުންނައްހިދުމަތްދޭނެގޮ ވިސްނާ ފިކުރުކޮއްބަލ؟؟ ގައުމުގެހާލަތާމެވިސްނާބަލ؟؟

    12
    3
    • ފއ

      މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

      4
      2
  5. މަތާރަމް

    ބަލަ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ މެން ކަހަލަ ނުވިސްނޭ އަމިއްލައެދުމުން ފޯވެފައިތި މީހުންލިމާވާނެގޮތްތިވަނީ؟؟

    17
    5
  6. Anonymous

    ރޮބަޓް ގެންނަމާ އިންޖީނު ހިންގަން

    9
    1
    • ބޮޓު

      މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

      5
      2
  7. ބްރޯ

    ދިވެހިރާއްޖޭގަ އަދި ރިސްކެއްނެތް . ސަރުކާރުން މަސައްކަތް އެކުރަނީ ރިސްކެއް އަޔަ ނުދިނުމަށް އިޓަލީ ސަރުކާރުން ހެދިގޯސް ނެހެދުމަށް.ދިވެހިރައްޔިތުން މި ނުރައްކާތެރި ބަލިން ސަލާމަތްކުރުމަށް.މިއީ ތި،މާގެ ޖީބަށް އެއްޗެއްނުވަދެގެން އުޅެންވީ ވަގުތެއްނޫން. ދިވެހި ގިނަބައެއްގެ ވަޒިފާ ގެއްލި މުސާރަ ނުލިބޭތަންއައިސްފި އިރު ސްޓެލްކޯގެ މުވައްޒަފުންނަށް ވަޒިފާގަ ތިބެވުނީތީ މާތްﷲ އަށް ސުކުރު ކޮށްބަލަ . މިންވަރަށް އިމާންވުމަކީ ސަކުވާއަކާނުލާ އެވަގުތަކު ކުރެއްވި މިންވަރަށް ހަމްދު ކޮށް ސުކުރުވެރިވުން.

    • އެބެއްޔާ

      ތިކަހަލަ ގަމާރުންނާއި އެއްކޮޅަށް ގޮސް ހުސްވެފަ ތިބޭ މީހުން ގިނަ ކަމުން މި ގައުމު ހަލާކުވަނީ. ޏުޖެހޭ ކެނޑިގެން ދާކަށެއް ބީތާޔާ. ސްޓެލްކޯއިން ޖެހޭނެ ކުރުވާ މަސައްކަތަށް ލާރި ދޭން. ނިކުތީމަ ދޭންޖެހޭ މުސާރަ ހަމަޔަށް ނުދޭތީ މައްސަލައަކީ

    • ބބކ

      މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

  8. ކެޔޮގަނޑު

    ބޮޑުންނަށް އޯޓީ ވެސް ފިކްސްޑް ކޮށްފައި މަހުންމަހަށް ލިބޭ ވިއްޔަ

    4
    2
  9. މުހައްމަދު

    އަޅުގަނޑު މީ ހަމަ ތިފަދަ ކުންފުންޏެއްގައި 08 ގަޑިއިރު މަސައްކަތް ކުރަމުން ގެންދާ މުވަށްޒަފެއް. (އެމް.ޕީ.އެލް). މިތާ މިއޮއްނަނީ މި ރޯގާ އާއި ގުލިގެން 3 ސިފްޓް އިން 2 ސިފްޓް އަށް ހަދާފަ. މޯނިންގ 07.30 - 15.30ށް. އަނެއްކާ އަނެއް ސިފްޓް 15:30 ން 23:30 ށް. ނަމަވެސް ކޮންޓެއިނާ ސިފްޓިން ފަތިސް ވަންދެން ކުރިއަށްދޭ. އިތުރު އެލެވެންސް އެއް ކީކުރަން ހުކުރުދުވަހު ލިބޭ ޑަބަލް އޯޓީވެސް ކަނޑާލީ. ހައި ރިސްކް ގަ 8 ގަޑިއިރު މަސައްކަތް ކުރާ މުވަށްޒަފުންނަށް ނެތް އެއްވެސް އުފަލެއް.

    3
    2
  10. އަލި

    ސަރުކާރު ބަންދުގައި ނެރެނީ ހަމައެކަނި ސްޓެލްކޯ މުއައްޒަފުންނެއް ނޫން. ތިޔަށްވުރެ މާބުރަކޮށް ހެލްތު ދާއިރާ މީހުން އެ އުޅެނީ. ހަމަ އެކަނި މަހިބަދޫ ހޮސްޕިޓަލުގެ ނަރުހުންގެ މަސައްކަތަށް ބަލާލިޔަސް ހައިރާންވޭ. ދެއަތޮޅުގައި ހުރި ކަރަންޓީން ފެސިލިޓީގެ ކަންކަން ބަލަހައްޓަމުން އެދަނީ. އާދައިގެ ބަލިމީހެއް ގޮވައިގެން މާލެއަށް ރިފރަލްއަށް ދާ ނަރުސް މާލެ ދާތަނުން ދަރުބާރުގެއަށް ގެންގޮސްފައި ހެދުން އަޅުވާފައި ޝައްކުވާ މީހާ ގޮވައިގެން ދާން އެބަ ޖެހޭނު ކަރަންޓީނު ކުރާ ރަށަކަށް. އޭގައި ދުވާލެއް ރޭގނަޑެއް މެންދަނެއް ނޯވޭ. ސާބަސް މަހިބަދޫ ހޮސްޕިޓަުގެ ނަރުހުން.

    • ނަރުސް

      ދެން ހައްގު ލިބެންވީ އެއްޗެއް ނުލިބުނަސް ފިތިގެން ހުންނަންތަ ވީ؟ ތިދޭ ސާބަހަކުން ބަނޑެއް ނުފުރޭނެ. ހަރަދެއް ނުހިނގާނެ

    • ބބކރ

      މަސައްކަތައް ނިކުންނަ މުވައްޒަފުންގެ އަތުން ބޮޑު އެއްޗެއް ކެނޑެމުން ދާއިރުވެސް ސްޓެލްކޯގެ ޑިޕާޓްމަންޓައް ހިންގަން ތިއްބެވި އިސްވެރިންނަށް ފިކްސްޑް މުސާރައެއްގެ ގޮތުގައި ބޮޑު މުސާރައެއް ގޭގައި ތިބެގެން ވެސް ލިބެމުންދާކަން ފާހަގަކޮށް މުވައްޒަފުން ވަނީ އެކަމާއި ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

  11. ޙަމަ

    ތިކ ކަމުގައި ސްޓެލް ކޯ މުވައްޒަފުންގެ ސަ ކުވާތަ ކާއި އެއް ކޮޅު ، ގޭގައި ތިބެގެން މުސާރަ ނަގާމީހުންނާއި ހައިރިސް ކުގައި އޮން ގްރައުންޑްގައި މަސައް ކަތް ކުރާ މުވައްޒަފުން ތަފާތުވާންޖެހޭ، އަނެއް ކާ ބޮޑުންނަށްވެސް މުސާރަ ދައް ކުރަންޖެހޭއެބަ،

    4
    2
  12. ކޮންއިރަކު؟

    ކުރީ ދެ ހަފުތާގައި އޮތީ ސަރުކާރު ބަންދުކޮށްފައި. މިހަފުތާގައި ސަރުކާރު ބަންދުކުރި ކަމެއް ނުދެނަހުރިން. މި ހަފުތާގައި އޮފީސްތައް ނުހުޅުވާގޮތަށް އޮތީ. ސަރުކާރުގެ އޮފީސްތައް ނުހުޅުވުމާއި، ސަރުކާރު ބަންދުކޮށްފައި ބޭއްވުން މިއީ ދެކަމެއް.

    2
    1
  13. ސްޓެލްކޯ މީހާ

    މީ ވަގުތުގަ ލިޔުން އެންމެ ތެދު ހަބަރު. ސުކުރިއްޔާ ވަގުތު.

    5
    2
  14. މުހައްމަދު އަބޫބަކުރު (ބެނޖޯ)

    މުޢުނީ އާއި މެނޭޖްމަންޓްގަ ތިބޭ މީހުންނަކީ ފިކްސް އޯޓީ ލިބޭ ބޮޑު މުސާރަ ކައިގެން ތިބި މީހުން. ބައެއް ޑިޕަރޓްމަންޓް ތަކަށް މީހުން ނިކުންނަން އެންގި. އަންގާފައި ބުނީ އޯޓީ ލިބޭނެކަމަށް. އެކަމަކު މިހާރު އޯޓީ ދޭންޖެހޭތީ މުޢުނީ ގަސްތުގައި ސަރުކާރު ދެކެ މީހުން ރުޅިއަރުވަން ކުރާ ކަމެއްމީ. އޯޓީ ނުލިބޭނެ ކަމަށް އަންގާފައިވަނީ. މުޅި ދުވަހު ބިލިންގ ގެ ކުދިން ނެރެފައި ކޮންޓެކްޓްސް އަޕްޑޭޓް ކުރަން މީހުންނަށް ގުޅާ ލިސްޓްތައް އަޕްޑޭޓް ކުރަނީ އަދި ބިލް ވެެސް ޕްރިނޓްކޮށް ބަހަނީ. މިއީ ހަގީގަތަކީ.

  15. މުހައްމަދު އަބޫބަކުރު (ބެނޖޯ)

    މުޢުނީގެ މުސާރައަކީ 250000 ރުފިޔާ އަދި ޑީއެމްޑީ ގެ މުސާރަ އަކީ ނިމިދިޔަ 5 އަހަރު 180000 ރުފިޔާ. ދެން އެމީހުންނަށް ކޮންކަމެއް ނިކަމެތި މުވައްޒަފަކަށް ފައިސާ ނުލިބުނަސް؟

  16. އަލި ރަސްގެފާނު

    ކަމަކާޖެހިއްޖެއާ އަދި ކިހާވަރެއްވާނެ މިމީހުން

    2
    1
  17. ޑިކްޓޭޓަރ

    އެއްބަހެއްނުވާނެ.. އެހެންވެ ބަސްޓުވާނެތީ ސާކިއުލާއެއް ނުނެރި އެކަން އެކުރަނީ. ޕްރައިވެޓް އޮފީސްތަކުގަވެސް ވެރިން ކަންކަން ކުރުވަނީ ހަމަތިހެން މުވައްޒަފުން ނެރުވައިގެން

  18. ގޮބު

    ތީވަރށް ކަރަޕު ތަނެއް މިހާރުވެސް ބޭންޑުގެ އިތުރުގޮތްގޮތް ހަދައިގެން ލާރިނަގާ!

  19. ގަދަބެ

    މާ ކަންތަށްބޮޑުކުރަންޏާ ޔާމީނު ހެދިހެން ކަނޑާލަފާނަން! ރ.ޔާމީނު ހުރިނަމަ ތިހެން ނޫޅެވޭނެ ގަދަ ވެފައެއް!

  20. Anonymous

    ޕޯސްޓް އޮފީސް މުވައްޒަފުންވެސް ދަނީ ވަޒީފާ އައް ނެރެމުން

  21. ނާޒިރު

    ބުނެލަން ބޭނުންވަނީ ނިމިދިޔަ 2ހަފްތާގަ ހުޅުމާލެ ޕަވަހައުސަށް މުއައްޒަފުން ނުކުތީ ވެރިންއަންގައިގެން ސަރުކާރުބަންދު ދުވަސްތަކުުގެ އުސޫލުން. މީ ޝިފްޓް ޑިއުޓީ ކުރާމީހުންގެ ވާހަކައެއްނޫން. މެއިންޓަނަންސް މަސައްކަތް ކުރާމީހުންގެ ވާހަކަ. މައްސަލަޔަކައްވަނީ މިހަފްތާގަ މިއަންގަނީ ކުރީދެހަފްތާގަ ކުރިމަސައްކަތައް އޯ/ޓީ ނުލިބޭނެކަމައް. މިހާރަކުނޫން ދޮ އެކަން އަންގަން ޖެހޭނީކީ. މުއައްޒްފުންނައް އެނގެނއވާނެ ކުރިންވެސް. އިންޖިންތަކުގެ މަސައްކަތަކީ ގޭގަތިބެގެން ކުރެވޭނެ ކަންތަކެއްނުން. އޯ/ޓީ ބޮޑުވާތީ މިދިޔަ 2 ހަފްތާގެ މަސައްކަތް ފެނައްދުއްވާލަން އުޅެނީ.

  22. ޢޮތި

    ޙައިރިސްކު އެލްވަންސްދީގެން ކޮވިޑް19 ނުޖެހޭތޯ

    • ބބކ

      ބަލަން ޖެހޭ އަނބި ދަރިންއެބަތިބި އެހެންވީމަ އެލެވެން ވާހަކަ ދައްކަނީ. އޯޓީ ވެސް ނުދޭ.
      ގަމާރީތަ ނޫނީ ގަބޫލްކުރަން ބޭނުންނުވަނީތަ؟