މި ހިނގާ އެޕްރިލް މަހުގެ ފަހުކޮޅު ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެން މުސްލިމުންނާއި ބައްދަލު ކުރާ އިރު، ދިވެހިންނަކީ ޒަމާނުއްސުރެ ރަމަޟާން މަހު ތަފާތު އެކި ބާވަތުގެ ފޮނިކާނާ ތައްޔާރުކުރުމަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓާ ބައެކެވެ.

ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތިން ފޮނި ކާއެއްޗެއް ނުފެނުމަކީ ސުފުރާމަތި ފަޅުވާ ކަމަކަށް ނޫނީ ދިވެހިންނަކަށް ނުވެއެވެ. ފޮނިކާ ތަކެތީގެ ރަހަ ރަނގަޅު ކުރުމަށް ތަފާތު އެކި ބާވަތް ބާވަތުގެ ތަކެތި މީހުން އަޅަމުން އަންނައިރު "ފިނިފެން"ނުވަތަ ރޯސް ވޯޓާއަކީ ދިވެހިންގެ ތެރޭގައި ފޮނިކާ ތަކެތި ހެދުމަށް ބޭނުން ކުރާ މުހިއްމު އެއްޗަކަށްވެއެވެ.

މިފަހަރު ސޯސަން ފިހާރައިން މިވަނީ ސަޢުދީ އަރަބިއްޔާގެ މައްކާގެ މޮޅު އުފެއްދުމެއް ކަމަށްވާ "ސުއްރަތީ" ބްރޭންޑްގެ ފިނިފެން ރާއްޖޭގެ ބާޒާރަށް ނެރެފަައެވެ. މި ބްރޭންޑުގެ ފިނިފެން ބާޒާރަށް ނެރުނީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ބައެއްގެ އިތުބާރާއި ލޯބި ހޯދާފައިވާ، ބަރޯސާ ވެވޭނެ ފަދަ ފުރިހަމަ ބްރޭންޑެކެވެ.

މި ފިނިފެން އުފައްދާފައި ވަނީ ގަދީމީ އުސޫލުން ފިނިފެންމަލުގެ ފިޔަތައް ވަކިކޮށް، ކުދިކުރުމަށް ފަހު އެ ފިޔަތަށް ފެނަށް އަޅާ ވަކިގޮތަކަށް އެ ފިޔަތަށް އާވިން ވަކި ފިނިހޫނުމިނެއްގައި ޚާއްސަގޮތަކަށް ކައްކައިގެން، އެއިން އެސެންޝިއަލް އޮއިލް ނެގުމަށް ފަހު، ބާކީވާ ދިޔާތަކެތި ނަގާ، އެއަށް ސްޓެރިލައިޒްކޮށްފައިވާ ފެން އެއްކޮށްގެންނެވެ.

ސުއްރަތީ ބްރޭންޑްގެ ފިނިފެނަކީ ފޮނިކާތަކެތި ހެދުމަށް ބޭނުން ކުރަން އެންމެ ރަނގަޅު އެއް ބްރޭންޑަށްވާ އެއް ސަބަބަކީ، މި ބާވަތުގެ ފިނިފެން އުފައްދަނީ ގުދުރަތީ ރަހަ ނުގެއްލޭ ގޮތަށް، ތާޒާކަންމަތީ ގިނަ ދުވަހުކަމަށް ވުމެވެ. އަދި މި ބާވަތުގެ ފިނިފެން ބަންދުކޮށްފައި ހުންނަނީ ބިއްލޫރި ފުޅީގައި ކަމަށްވުމާއި އެކު، އޭގެ ރަހަ އާއި ކުލަ އާއި ވަހަށް ބަދަލު އައުމުން ދުރުކޮށްދެއެވެ. އާއްމުގޮތެއްގައި ފިނިފެން ބަންދުކޮށްފައި ހުންނަނީ ރަބަރު ފުޅީގައި ކަމަށް ވުމައި އެކު އޭގެ ވަހާއި ރަހަ އަށް، އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ކެއުމުގެ އިތުރުން، އިސްތަށިގަނދުގެ ޕީއެޗް މިންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓުމަށާއި އިސްތަށިގަނޑުގެ ހަލާކުވެފައިވާ ބައި ރަނގަޅުކޮށް ވަރުގަދަ ކުރުމަށާއި، ހަންގަނޑު އެނދުމުން ދުރުކޮށްދިނުމާއި، ބޮލުގައި ހަންފޮޅުމުން ދުރުކޮށްދިނުމުގެ އިތުރުން ޓޯނާ އެއް ގޮތަށްވެސް މި ބާވަތުގެ ފިނިފެން ބޭނުން ކުރެވިދާނެއެވެ. އެހެންކަމުން މިއީ ދިވެހި ބޭސްވެރިކަމާއި ސެލޫން އަށް ވެސް ވަރަށް ކަމުދާނެ އުފެއްދުމަކަށް ވާނެއެވެ. މިހާރު މި ބްރޭންޑްގެ ފިނިފެން (ރޯސް ވޯޓާ) ސޯސަން ފިހާރައާއި މާލޭގެ އަދި ރާއްޖޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެވެ.