ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ އެ އިސްލާހު ފާސްވުމަށްފަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ ލޯކަލް ކައުންސިލް އެކުލެވޭ ގޮތް ކަމަށް އަދި އެ ކައުންސިލްތައް އިންތިހާބު ކުރަންޖެހޭ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން ބާއްވަންޖެހޭ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިހާބު ކުރެވޭ މެންބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން ގާނޫނު އަސާސީއަށް ގެންނަ މި އިސްލާހަށް އަމަލު ކުރަން ފެށުމުގެ ކުރިން އިންތިހާބު ކޮށްފައިވާ އަދި މި އިސްލާހަށް އަމަލުކުރަން ފަށާއިރު މަގާމުގައި ދެމި ތިބި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަގާމުގައި ދެމި ތިބޭނެ ކަމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

ގާނޫނު އަސާސީއަށް ކައުންސިލް އިންތިހާބާއި ގުޅިގެން އިސްލާހެއް ހުށަހަޅާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލަކީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމާއި ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލި ބިލެކެވެ.

“ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

އެ ބިލުގައި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބުނެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައި ކަމަށް އޭޖީ އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޤާނޫނު އަސާސީ

    ޤާނޫނު އަސާސީ އިސްލާހުކުރާނެކަމެއްނެތް ތިޔަ ބުނާ ޤާނޫނު އަސާސީއަކީ މީގެ ދުވަސްތަކެއްކުރިން ކަލޭމެންގެ މަޖިލިސް މެމްބަރު މާރިޔާ ދީދީއާއި މިހާޜުގެ މަޖިލީހުގެ ނައިބުރައީސް އީވާ ފައިންއަރާ އޭގެ ހުރުމަތްކަނޑާލާވައެއްޗެއް ދެން ޤާނޫނުއަސާސީއަކަށް ހަދަންވީ ކަލޭމެންގެ މަކަރުވެރި އެޖެންޑާ 19 އޭރުން ހުރިހާކަމެއް އޮންނާނީ ހަމަ ވެފައި މަޖިލީހުގަ ކަލޭމެންގެ ބާރު އޮތީ ޖުޑިސަރީގެ ބާރާ ކޯޓުތަކުގެ ބާރު ތިއޮތީ ކެނެރީގޭ ކުންފުނީގެ ބާރުގެ ދަށުގަ ރައީސް މަޤާމުން ވަކިކުރަން ބޭނުންނަމަ އެކަންވެސް ކުރާނީ ތިޔަ ތަނުން ޝަރުޢީ ނިޒާމަކީ މިހާރު ކެނެރީގޭ ކުންފުނީގެ ޑިޕާޓުމަންޓެއް އެ ޑިޕާޓުމަންޓު ހިންގާނީ ކުންގުނީގެ އެމްޑީ ނަޝީދު މިހާރު ރައްޔިތުން ބޭނުމެއްނުވާނެ

  2. ނައީމް

    ބައްލަވާ ދައުރު ނިމުމަށްފަހު މިހާރު ކުރިމަތި ލައްވާފަވާ ބޭފުޅުން އިންތިހާބަކާ ނުލާ ގާނޫނަކުން ބެހެއްޓުން ރަނގަޅެއްނުވާނެ އެބޭފުޅުން ދެން އިތުރަށް ބަހައްޓައިފިނަމަ ކައުންސިލުން ބޭރުން ކުރިމަތި ލާފަތިބޭ އެރަށެެއްގެ އެހެން ކެނޑިޑޭޓުންނަށް ކުރެވޭ އެންޓި ކަމަކަށް ވާނެ ވަރަށް ބޭއިންސާފު ގޮތަކަށް ވާނެ ސަބަބަކީ އެމީހުން ދެން ގެންދާނީ ނުފޫޒުގަދަމީހުނަށް ފަހިވާގޮތަށް ކަންކަން ކުރަމުން މިކަން މިކުޑަ ދުވަސްކޮޅުގަވެސް އެދަނީ ފެންނަމުން ދައުރު ހަމަވީވާ ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭބާރުގެދަށުން ހިންގުން ތެރިއަކު މި މުއްދަތުގަ އައްޔަންކުރުން އެންމެ ރަނގަޅުވާނީ ....

  3. ގިނިކަނދު

    ހުރިހާކަމެއްގަވެސް ކަންބޮޑުވާނެ ކެނެރީގޭ ޕްރައިވެޓް ލިމިޓެޑުން ނޫން ތާކުން ކަމެއް ނުކުރެވޭނެ ކެނެރީގޭ ޕްރައިވެޓް ލިމިޓެޑާ އެކުންފުނީގެ ސެކްޝަންތަކުން މުޅި ރާއްޖެ ހިންގާނީ 3 ބާޜު މުށުތެރެއަށްލައިގެން ބަގުޑިބައްދައިގެން ހުރިހާ ބާރެއް މުށުތެރެއަށްލުމަށްހިންގާ ޖަރީމާތައް ރެއާ ދުވާލު ހިންގަނީ މި ދަނޑިވަޅުގަނ ސަރުކާރުގެ ރަސްމީ މަސައްކަތް ހުއްޓާލާފައިވާއިރުވެސް ކެނެރީގޭ ޕްރައިވެޓް ލިމިޓެޑުން ނާޗަރަންގީ ކުޅެނީ މާރަނގަޅުވާނެ މުސާރަ ނުލިބޭ ގޮތަށް އެކުންފުނީގެ މެމްބަރުން ނޯޕޭ ލީވްގަ ތިބިއްޔާ މަހަކު 82 ހާސް ޖީބައްލައިގެން ތާކުންތާކު ނުޖެހޭކަންކަން ކުރުން މުހިންމެއްނޫން ދެން އެކުރަން އުލޭ ކަމަކީ ޤާނޫނު އަސާސީ ހިލާލަން ކޯޓުތަކުގެ ބާރު ކަނޑުވާލަން އިންތިޚާބު ލަްކުރަން ޤާނޫނެއްހަދާކަށް ނުޖެހޭ މީގެ ކުރިންވެސް ހާއްސަ ހާލަތްތަކުގަ ޢަމަލްކުރާނެ ގޮތެއް ކަނޑައަޅަނީ ދުސްތޫރީގޮތުން ޝަރުޢީ މަރުހަލާއިން ކޮންމެހެން މިހާރު އެފަދަ ޤާނޫނެއް ހަމަ އެކަނި މި އިންތިޚާބަށް ހަދާކަށް ނުޖެހޭ މީހަކު ބަނޑުގަ ރިއްސާލާއިރަށް ޤނޫނެއް މީހަކު ބޮޑުކަމު ނުދެވުނަސް ޤާނޫނެއްހަދައި އެކަން ނިމުނީމަ ޤާނޫނު އުވޭން މީ ކުޅޭކުޅޭ ކުޅިވަރެއްނޫން ޤާނޫނު އަސާސީގައާއި ޤާނޫނުތަކުން ހާއްސަ ހާލަތްތަކުގަ ޢަމަލްކުރާނެ ގޮތް އެއޮތީފެންނާން އަދި މިހާތަނަށް ދުސްތޫރީގޮތުން ކަން ކޮށްފައިވާކޮތަކީވެސް ހަމަ ޤާނޫނު ކޯންޗެއް ހަދަންކަމަށްތަ ކެނެރީގޭ ޕްރައިވެޓް ލިމިޓެޑުން އެ ތެޅިބާލަނީ؟؟ ތަންެއް ދޮރެއް ނުދަންނަ ޑުރަގު ޑީލަރުންނާ ގޭންގްސްޓާރުން މަޖިލީހަށް ވައްދައިގެން މިހިލަންއުޅޭ ހިުންތަށް ﷲ މޮޅަށް ދެނެވޮޑިގަންނަވާނެ

  4. ނަސީދު

    2023 އިންތިހާބުވެސް ދަމާލަން ފެނޭ މިކޮޥިޑް އަކާހުރެ ވެރިކަން ހިންގޭނެގޮތެއް ނުވިތާ