ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމްގެ ވަރަށް ހާއްސަ ޖަލްސާއެއް ތ . ވޭމަންޑޫގައި ބާއްވަން ނިންމައިފިއެވެ.

" ވަގުތު " އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ މާދަމާ ރޭ މި ޖަލްސާ އޮންނާނީ ވޭމަންޑޫގެ ބަނދަރު ސަރަހައްދުގައި ރޭގަނޑު 8 ޖަހާއިރު ކަމަށެވެ.

" މި ހާއްސަ ޖަލްސާ އަކީ މުޅި ތ. އަތޮޅަށް ފޯކަސް ކޮށްގެން ބާއްވާ ހާއްސަ ޖަލްސާއެއް" މެންބަރު ޔާމީން ވިދާޅުވިއެވެ.

"އެންމެ ގާތުން" ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން ކުރައްވާ މި ދަތުރުފުޅުގައި ތ. ތިމަރަފުށި އަދި ތ.ވިލިފުޓަށް ވަނީ މިއަދު ވަޑައިގެންފައެވެ . މި ދަތުރުފުޅުގައި އެ ދެ ރަށުގެ ދިރިއުޅުއްވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި އެ ދެރަށުގެ އަންހެން ކަނބަލުންނާއި ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި އެކަމަނާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލު ބައްލަވާފައެވެ. އަދި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭގޮތުން މައުލޫމާތުތައް ހޯއްދަވައި އެ ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ.

އެކަމަނާގެ މި ދަތުރުފުޅުގެ ތެރެއިން ޕީޕީއެމްގެ ސަޕޯޓަރުންނާއިވެސް ބައްދަލުކުރެއްވުން އޮންނާނެއެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ތިމަރަފުއްޓަށް ވަނީ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސްކެވުނުތޭ. ތަމެން ދެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  2. ހެހެ

    ދާނެ މީހަކު ނުވާނެ ވަޅިން ބިރުދައްކާ މަރުގެ އިންޒާރު ދީގެން ނޫނީ