ވަގުތީ ގޮތުން ނަމަވެސް، ދަނޑުވެރިކަން ކުރުމަށް ފަޅުރަށްތައް ދޫކުރަން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ހިސާބުތަކުގައި ހުރީ ބިން ފުރިފައި ކަމަށާއި ދަނޑުވެރިކަން ކުރަން ދޫކުރާނެ ބިން ބައެއް ހިސާބުތަކުގައި ނެތް ކަމަށެވެ.

އެފަދަ ތަންތަނުގައި ދަނޑުވެރިކަން ކުރުމަށްޓަކާއި އެއް އަހަރު ދުވަހުގެ މުއްދަތައް ނަމަވެސް ދޫނުކޮށް ހުރި ފަޅުރަށްތައް ދޫކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ކުރުމަށް ޝައުގުވެރިވާ ނުވަތަ އެކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަގުތީ ގޮތުން ނަމަވެސް، މި ދެންނެވީ ކުރު މުއްދަތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ނަމަވެސް، އެކަން ކުރެވޭނެ ޖާގަ ފަހިކޮށް މިކަހަލަ ހުށަހެޅުންތަކެއް ހުށަހެޅުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ކަންނޭނގެ އަޅުގަނޑަށް ހީވަނީ." އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގައި މެމްބަރު ވަހީދު ވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކައުންސިލްތަކުގެ ދައުރު ފުޅާކަމަށް ފާހަގަކުރައްވާފައެވެ. ރަށްރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކައުންސިލްތަކުގެ ބައިވެރިވުން މުހިއްމު ކަމަށާއި ކައުންސިލްތަކުގެ ބައިވެރިވުން އެކަމުގައި އޮތް ގޮތެއް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެން ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައި މިއޮތީ. އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ބިންތައް ދޫކުރުމަށް، މިސާލަކަށް މިހާލަތާއި ގުޅިގެން އަޅުގަނޑުމެން ބޭއްވި ޖަލްސާގަ ވެސް ވަރަށް ގިނަ ބޭފުޅުން ފާަހަގަކުރެއްވި، ދަނޑުވެރިކަމާއި މަސްވެރިކަމާއި އެއްޗެހި ކުރިއަރުވާ ވާހަކަ. އެކަން ކުރުމަށްޓަކާއި ބިންދޫކުރުމުގައި ހުރި ދަތިތަކާއި، މިކަހަލަ މައްސަލަތަކެއް އަދިވެސް ދިމާވާކަމަށް." އޭނާ ވިދާޅުވިއެވެ.

މިއަދުގެ ކޮމޮޓީގައި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ، އެ ކޮމިޓީ އާއި ހަވާލުކޮށްފައި ވަނީ ތިން ކަމެއް ކަމަށެވެ. އޭގެ ތެރޭގައ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ރާވާ ކަންކަމަކީ ލާމަރުކަޒީ އުސޫލުން ހިނގާކަންކަން ކަން ކަށަވަރުކުރުމަށް ސަރުކާރުން ހިންގާ ކަންކަމުގައި އެ ނިޒާމަށް ކަންކަން ހިންގުމަށް ލަފާ އެރުވުމާއި، މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުޔެއް ދިނުމުގެ އިތުރުން މާރުކޭޓުގެ ހާލަތު ރަނގަޅުކޮށް، ޒަމާނީ ދަތުރުވެރިންގެ މާރުކޭޓެއް އެޅުމާއި މެދު މާލެސިޓީ ކައުންސިލާއި އެކު މަޝްވަރާކުރުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރަން ސަރުކާރުން އެކުލަވާލި ސްޓިމިއުލަސް ޕެކޭޖް އާއި މެދު މަޖިލީހުން ދެކޭގޮތް ބަޔާންކުރުމަށް ހުށަހެޅީ، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އަދި މަޖިލީހުން ވަނީ އެކަމުގައި މަޖިލީހުން ނިންމާ ނިންމުންތަކާއި މެންބަރުން ކޮމެޓީތަކުގައި ކުރާ މަސައްކަތްތަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަށް އެކަމުގައި ލަފާ އެރުވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސަންތި މަރިޔަނބު

  ވަގުތީ ގޮތުންނަމަވެސް ތިޔަ ނާޤާބިލް މެމްބަރުންނަށް މުސާރަ ނުލިބޭ ޗުއްތީ ދީފަ 01 އަހަރު ދުވަހުގެ މުއްދަތަށް ގެޔަސް ފޮނުވާލަން އެބަޖެހޭ ނިކަމެތިން އަޓުން ޓެކްސް ނަގައިގެން ދައުލަތުގެ ބަޖެޓުން އަތްނުފޯރާވަރުގެ ބޮޑު ހޭދައެއް މިވަގުތު ކުރަންޖެހޭ ބައެއްނޫން ތީކީ ޒިންމާދާރު މަސައްކަތެއްނޫން ކުރަނީކީ ރައްޔިތުންގެ ޙައްޤުގައޭކިޔާފަ ޤައުމު ބަނޑުދަށުލެވޭނެ ގޮތެއް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ބަލަނީ މިފަދަ ބައެއްގެ ބޭނުމެއް މިވަގުތަކުނެތް

  13
 2. އަލީ ސޮރު

  ބިން ދޫކުރަންވީ ވަގުތީ ގޮތަކުން ނޫން އަބަދުވެސް ރާއްޖެއަށް

 3. އަޅި ސޮރު

  ބިން ދޫކުރަންވީ ވަގުތީގޮތަކުންނެއް ނޫން. ދާއިމަށް މިނިވަންކަމަކީ މީހުންނަށް ސަލާންނުޖަހާ، އާދޭސްނުކޮށް ލިބޭ އެތިކޮޅަކުން ކައިގެން އެލެވޭގޮތް ވުން. މިއީ އެންމެ ކުޑަވަރު، އެހެންނޫންނަމަ މިނިވަން ޤައުމެކޭ ބުންނަސް މިއޮންނަނީ ބަޔަކު ނުރުހޭއިރަށް ފިޔާ ނުލިބިފަ، ހަނޑޫ ނުލިބިފަ، ހަވާދު ނުލިބިފަ. ރާއްޖޭ މި ސާމާނު އުފެއްދޭނެ ކުރީގެ އުޅުނު ކާބާފާއިން މި ތަކެތި ރާއްޖޭގަ ހައްދާގެން ދިރިއުޅުނީ. ނުވިތާކަށް ބޭރަށް ވިޔަފާރިވެސް ކުރި.

 4. އަހުމަދު

  8 މަސް ދުވަސް ފާއިތުވީއިރު ރައްޔިތުންގެ މަޖިލިސް އޮތީ ނިދާފައިތޯ ދަތުރުވެރިންގެ މާރުކޭޓް ގެ ގޮޅިތައް ނުދީ ސިޓީ ކައުންސިލުން ހިފަހައްޓައިގެން އުޅުނު އިރު އަދި ގުރުއަތުލީ އިރުވެސް ކަން ކުރީ ބައިބަޔަށް މީހުން ގެން ގޮސް ގެން ގުރު ލީ ދެފުއް ފެންނަ ގޮތަކަށް ނޫން އެމީހެއްގެ ނަންބަރު އެމީހަކު ފޮއްޓަށް ލާގޮތަށް ހެދިނަމަ އެކަން ވެސް އޮޅުވާލީ ދެން ތިޔަ ބުނަނީ ދަނޑު ވެރި ކަމޭ އިތުރު މާރުކޭޓް އަޅަން ވިއްޔޭ
  ވައްޑޭމެން މިހާ ދުވަސް ވީއިރު ނިދާފައިތަ ތިބީ މާރުކޭޓް ގޮޅިތަށް ގެއްލުމުން އެމީހުންނަށް ހާދަ ބޮޑު ގެއްލުމެކޭ ހަމަ ބުނެވޭނީ ސޮލޯ ސަރުކާރެކޭ... ކައުންސިލް ތަކަށް ބާރު ދިނުމުން ފައިސާ ދިނުމުން ފެނޭނު ވާގޮތް
  ކުރިން ރައީސް އޮފީހުގައި ތިބީ 8 ސިޔާސީ ވެރިން މިއަދު 40 މަތި ބަރު ނުވެ ސަލާމަތް ވެއްޖެތޯ
  ލަންޑަން އެންބަސީގައި މާކުން ފަލާހުގެ ދަރިފުޅު އަނދުން ހުސެންގެ ދަރިފުޅު އަބްދުﷲ ޝާހިދުގެ ދަރިފުޅު 6 ޕައުންޑު ދީފައި ކޮބައި ތެދުވެރިކަން ނަޒާހަތްތެރިކަން އަމިއްލަ ދަރިންނަށް ވުޒާރާގެ ބަޒީރަކަށް ހުރެ ވަޒީފާ މެދެނީ ކިހާ ދެރަކަމެއް މިކަންކަން ކަލޭމެން ބަލާ ބަލަ

 5. ކޮމެންޓު

  ވަގުތީ ގޮތުން ދަނޑުވެރިކަން ކުރަންދިނީމަ ދުވަސްކޮޅަކުން ފެންނާނީ ދާއިމީކޮށް ޓުއަރިޒަމްގެ މަސައްކަތް ކުރާތަން

 6. ސާލިމް

  ވަގުތީ ގޮތުން ބޭނުމެއްނުން.ވަގުތީ ގޮތުން މަޖިލިސް މެމްބަރުން ދަތުރުދާން ދޫކުރޭ.އަހަރުމެންވީ ބޮޑެތި އިންވެސްޓް މަންޓް ކޮށް ފައިބާށޭ ބުނާއިރަށް ފައިބާން.އެކަމެއްނުވާނެ.ދިގު މުއްދަތަކަށް ބޭނުމީ.

 7. އައިން

  ތުޅާދޫ ފަޅުތެރޭގައި އޮންނަ ބޮޑުފިނޮޅަކީ ކުރީގައި ތުޅާދޫ ފަސްގަނޑުގެ އެއްބައި. އެއީ ވަރަށްކުރީގައި ރާއްޖެއަށް ބޮޑުރާޅު އެރާ ވަރަށް ގަދަވި ދުވަސްވަރެއްގައި ތުޅާދޫގެ އިރުދެކުނު ކަންމަތިން ގިރާލައިގެން ރަށާ ވަކިވި ފަސްގަނޑެއް. ނިމިދިޔަސަރުކާރުގެ މުލިއާގޭ ޗީފްއޮފްސްޓާފް މުޞްތަފާގެނުފޫޒުގައި މިހާރު އެރަށުގައިވަނި ރިސޯޓެއްތަރައްްޤީ ކުރުމުގެ މަސައްކަތް ފަށާފަ. ވީމާ މިއަދުގެ ސަރުކާރުގައި ދަންނަވައިގެން މިހާރުންމިހާރަށް ތުޅާދޫ ރައްޔިތުންނަށް ބޮޑުފިނޮޅުގައި ދަނޑުހެއްދޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ފެށުމަށް ތުޅާދޫ ކައުންސިލަރުންނަށް ދަންނަވަން.

 8. ބޭޗާރާ

  އެއްވެސް ފަޅުރަށެއް އެއްވެސް މުއްސަންޖަކަށް ދަނޑުހައްދަން ދީގެން ނުވާނެ. ފަޅުރަށްރަށުގައި ދަނޑު ހަދާފައި، ދަނޑު ހައްދާ ރައްޔިތުންނަށް ދޭންވީ. ރައްޔިތުން ހައްދާ ތަކެތި ގަނެފައި މާކެޓް ކުރާނެ ބަޔަކު ތިބެންވީ. ތިހެން ހެދީމާ ބަންގާޅުން މީހުން ގެނެސްގެން ދަނޑު ހައްދާފައި ދަނޑުން ލިބުނު އެއްޗެއްވެސް ރަށުން ލިބުނު އެއްޗެއްވެސް ރައްޔިތަކު ލޮލަކުން ނުދެކޭނެ. ޓޫރިޒަމް ތަރައްޤީކުރަން ރަށްރަށް ދިނީމާ ކަންކުރި ގޮތް މިއޮތީ ފެންނަން. މުސާރަކޮޅު ހޯދަންވެސް މިޖެހެނީ މުޒާހަރާކުރަން. މިރާއްޖެއަށް އެންމެ ކަމުދާ މޮޑެލަކީ ޕާކިސްތާނުގެ ސިއަލްކޮޓްގެ މޮޑެލް. ދުނިޔޭގައި އުފައްދާ ފުޓްބޯޅައިގެން 60 އިންސައްތަ އެއުފައްދަނީ ބޮޑެތި ބިޔަ ކުންފުނިތަކެއްނެތި. އެނޫން ގޮތަކަށް ބައްޓަންކޮށްގެން ރައްޔިތަކަށް ލިބޭނެ މަންފާއެއް ނޯންނާނެ.

 9. ޙަސަނާ

  މިސޮރު މީ ކޯއްޗެއްއިގިގެން އުޅޭ ސޮރެއްބާ ވަގުތީ ގޮތުންނޯ ކިހާހެއްވާ ތަނެއްދޮރެއްނުދަންނަ ރޯނު އެދުރެއްމީ