ސިޔާސީ މީހުންގެ މިނިވަންކަން ނަގާލައި ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެމުންދަނީ ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހައިކޯޓުން ހިންގާފައިވަނީ ސިޔާސީ ޝަރީއަތެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިކަންކަމަށް މަގުފަހިވަނީ ސިފައިންނާއި ފުލުހުންގެ ތެރެއިން މަދު ބަޔަކާއި ފަނޑިޔާރުންގެ ސަބަބުން ކަމަށެވެ.

"އެފަދަ ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރުމަކީ ރައްޔިތުންގެ މައްޗަށް އޮތް ފަރުދީ ޒިންމާއެއް , ރައީސް ޔާމީންގެ ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިންމުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ " ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ.

ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ވަނީ ރިޔާޒުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް ހައިކޯޓުން ހިންގި ޝަރީއަތަކީ އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. މިއީ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރުގެ ބާރާއި ނުފޫޒުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށް ޕާޓީތަކުން ބުނެއެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހައިކޯޓުން ވަނީ ހުކުމް ކޮއްފައެވެ.

ހައިކޯޓުން މި ހުކުމް ރިޔާޒުގެ މައްޗަށް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤަކަށް ފޯނު ހުޅުވައި ނުދިން މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ރިޔާޒުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު.

    ތިރިޔާޒު ޖަލަށްލާން މިހާރު ވެސްލަސްވެއްޖެ. ފުލުހުންގެ ތެރޭގައި އާދަމް ޒާހިރުގެ ފުރިހަމަ ޙިމާޔަތުގައި، މީނާ ނުރުހޭ މީހަކަށް ހަދާލާ ގޮތުގެ ވާހަކަ އާއި، ގޮވާލާ ހުތުރު އެއްޗެެތީގެ ވާހަކަ ރަގަޅުވާނީ ނުދެއްކީޔާއެވެ. 2006 ވަނަ އަހަރު ފުލުހުންގެ އޮފްސަރުން ތަކަކަށް ޕްރޮމޯޝަން ބޯރޑުން ހަމަޖެއްސި ޕްރޮމޯރސަން ތަކެއް ރައީސް އޮފީހުންވެސް ހަމަޖެހިގެން އައިފަހުން މީނާ ބަދަލުކޮށް މީނާ ރުއްސަވާ ބަޔަކަށް އެ މަގާމްތަށް (ޕްރަމޯޝަން ބޯރޑަށް ވެސް ނޭގި) ވަނީ ދީފައެވެ.