ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތް ހާލަތު ސީރިއަސް ކަމަށާއި ދިވެހިންގެ ބޯމަތީގައި އޮތް "ކަޅު، އަނދިރި ވިލާގަނޑު" ކުޑަ ނުވާ ކަމަށާއި އެ ވިލާގަނޑު ތޫފާނަކަށް ބަދަލުވާނެ އިރެއް ނޭނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާ އިރު، މި ބަލީގައި މިހާތަނަށް 69,758 މީހުން ވަނީ މަރުވެފައެވެ. ރާއްޖެ އިން މި ބަލި ފެނިފައި ވަނީ އެންމެ 19 މީހުންގެ ގައިންނެވެ. އޭގެތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޑަބްލިއުއެޗްއޯއިން 5000 ޓެސްޓް ކިޓް ރާއްޖެ އަށް ހަވާލު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ މި ދަނޑިވަޅަކީ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ކުޑަ ވެއްޖެ ކަމަށް ބަލާ ކަންކަން ލުއިކޮށް ނަގަންވީ ވަގުތު ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިޖުތިމާއީ ގައިދުރުވުން ފަރިތަކޮށް ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދަށް ބޯލަނބަން މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިވަގުތު ރާއްޖޭގެ މަތީގައި އޮތީ ވިލާގަނޑެއް ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ ވިލާގަނޑުން ސަލާމަތްވި ކަމަށް މިވަގުތު ދެކިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޯމަތީގަ އޮތް އަނދިރި، ކަޅު ވިލާގަނޑު ކުޑަވެގެނެއް ނުދޭ. ވިލާގަނޑު އެއްވެސް ފަރާތަކަށް ސޮއްސާލައިގެނެއް ނުދޭ. އޭގެ ނާމާން ކަމާއި ބިރުވެރިކަން އަޅުގަނޑުމެން ބޯމަތީގައި އޮތް ވަރަށް އެބައޮތް. އެ ވިލާގަނޑު ކޮޅިގަނޑަކަށް ނޫނީ ތޫފާނަކަށް ބަދަލުވާނީ ކޮން އިރަކުކަން ނޭނގޭ ހާލަތުގައި އަޅުގަނޑުމެން މިތިބީ. ދުނިޔޭގެ ހުރިހާ ގިނަ ގައުމުތަކަށް އެ ތޫފާނު އައިސް، ގައުމުތަކުގެ މުޅި ނިޒާމުތައް ފުނޑުފުނޑުވެގެން އެ ދަނީ،" އަމީން ވިދާޅުވިއެވެ.

ހުޅުމާލެ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަމީން ވިދާޅުވީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މީހުން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރުމާ ގުޅިގެން، ރޭގަނޑު އަށަކުން ފެށިގެން ގިނަ އަދަދެއްގެ މީހުން މަގުމަތީގައި އުޅޭ ކަމަށްވާ ނަމަ، މީހުން މަގުމައްޗަށް ނެރުން ހުއްޓުވުމުގެ ހަގީގީ މަގްސަދު ފުރިހަމަ ނުވާ ކަމަށެވެ.

"ފެންނަ މަންޒަރުތަކަކީ އެއީ އެހާ ރަނގަޅު މަންޒަރެއް ނޫން. އަޅުގަނޑުމެން ހަގީގީ މާނައިގައި ގޭގައި މިތިބޭ ތިބުން، އަށެއް ޖަހާއިރު ފެންނަ މަންޒަރުން ކަށަވަރުކޮށެއް ނުދޭ، ޚާއްސަކޮށް މާލޭގައި އަޅުގަނޑުމެންގެ އިރުޝާދުތަކާ އެއްގޮތަށް، ހުރިހާ ކަމެއް ދެއޭ ބުނެވޭ މިންވަރަކަށް ނޫން އަޅުގަނޑުމެންނަށް މަންޒަރު ފެންނަނީ، އެހެންވީމަ އަޅުގަނޑު އިލްތިމާސް ކުރަން އަދިވެސް، މުޅި މާލެ ބަންދުކޮށްގެން ނެތް ވިޔަސް ހުރިހާ ވަގުތެއްގައިވެސް މިކަމުގައި ސަމާލުކަންދިނުން." އަމީން ވިދާޅުވިއެވެ.

ބޭންކް ފަދަ ތަންތަނަށް ޚިދުމަތް ހޯދަން ދިއުމާއި، ފިހާރަ އާއި މިސްކިތްތަކަށް ދާއިރު ވެސް ވަކި ދުރުމިނެއްގައި ތިބުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކާފިއު ވަގުތު ނުކުމެ އުޅޭ މީހުން 1،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފިޔަވަޅު

    އެހެންނު ވާނީ
    ޔޫކޭ ގަ ތިބި ބޮޑެތި މީހުންގެ ދަރިން ގެނެސް މާލެ އަޅާލީމަ.

    44
    5
  2. Anonymous

    ފިޤުހު ޢިލްމު އުނގެނުމުގެ ކޮބާ؟

    13
    1
  3. މުހައްމާ

    ޙުސް ދޮގު ތި ހަދަނީ. މަށެއް ގަބޫލު ނުކުރާނަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
    ޢަމީން މެން ދައްކާ ވާހަކަ

    18
    10
  4. ކ

    ? ?

    12
    2
  5. ހަމައަސްލު

    ބަލަ މާލޭ ބޭފުޅުން ގެނެސް ގެ ތަ ކަށް ވައްދާ ބަ ލަ!!!! އެމީހުންނަށް ކާންދީ ބޯންދިނުމަށް...އަހަރުމެން ރާއްޖެެތެރޭ މިހުން ގޭގަ ތިބެގެން ވޭތަ........ .....ކުރިއަށް އޮތީ ރަމްޟާން މަސް ހިތާމައިގެ ކޮޅެއްވެސް ނެއި

    16
    3
  6. އުސައިދު

    އެފަދަ ހާލަތަކަށްް ހިނގައްޖެނަމަ އޭގެ ޒިންމާ ނަގަންޖެހޭނީ މިސަރުކާރުން. ކީއްވެ ބޮޑެތި ބޮޑެތިންނާއި އެބޭފުޅުންގެ އާއިލާ އިނގިރޭސިވިލާތުން އައިގޮތަށް ގެއަށް ފޮނުވާލީ.

    21
    3
  7. ސޮނިފުހޭބަރާބަރު ދިވެހި މީހާހުންނަނީ

    ދިވެހިންނަށް މާތްﷲ ދަރުމަވަންތަވެ ވޮޑިގަންނަވާތީ އެކަލާނގެއަށް ހެދުނާ ހަވީރު ގޭގައި ތިބެގެން ތަސްބީޙަ ދަންނަވާ ޝުކުރުވެރިވާށެވެ ދިވެހިންގެ ތެރެއިން 4 މީހުން ނެވެ އިންޝާﷲ އެމީހުންވެސް ރަގަޅުވާނެއެވެ އެމެރިކާ އިޓަލީ ފަދަ ބިޔަ ގައުމުތައް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތައް މި ވައިސްގެ ކޮންޓްރޯލުގެ ދަށުގައިވާއިރު ދިވެހިންގެ މައްޗައް މާތްﷲގެ ރަހުމަތް އޮހެމުންދަނީ އެވެ ޝުކުރުވެރިވެ ﷲއަށް ބަރޯސާވާ ބަޔަކަށް ވާށެވެ އަމިއްލަ ނަފްސައް ބޮޑާވެ ކިބުރުވެރިވެ މަގުތަކުގައި ނުދުވެ މައިތިރިވާށެވެ ޑޮކުންގެ އިރުޝާދައް ތަބާވާށެވެ . ތަނެއްގައި ނުބައި ބަލިމަޑުކަމެއް ފެތުރޭނަމަ ކަރަންޓީނުގެ އުސޫލާއެކު ލޮކްޑައުންވުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް ވަނީ މީގެ 1400 އެތައް އަހަރެއްގެ ކުރިން އަމުރު ކުރައްވާ އިރުޝާދު ދެއްވާފައި ކަން ހަނދާން ކުރާށެވެ އެކަލޭފާނުބަސްފުޅު އުވާލުމަކީ އަމިއްލަޔަށް މުސީބާތުގެ ތެރެއަށް ވަނުންކަން ދަންނާށެވެ ގޭތެރޭގައި ތިބެގެން ﷲއަށް ޝުކުރުވެރިވާށެވެ ރަހްމަތާ ފާފަ ފުއްސެވުމަށް ދަންނަވާށެވެ

    31
    • ?

      صلى الله عليه وسلم

  8. ޏަމް

    ނާ މާން ކަޅުވިލާގަނޑެއްގެ ދަށުކޮށްލީ ސޯލިހާއި ސޯލިހުގެ ބޮޑުވަޒީރު ދެން ވިލާއޭ ބުރު މާއޭ ސޮންޏޭ ނުކިޔާ ﷲ އަށް ދުއާ ކުރުން މަތީ ދެ މިތިއްބަވާ.

    10
    4
  9. ޢަލިބެ

    މިގޮތަށް ބިރުގެންނެވުމުގެ ބަދަލުގައި ރާއްޖޭގެ ރައްޔިތުންނަށް ކަމާބެހޭފަރާތްތަކުން ދޭއިރުޝާދަށް ބޯލެނބުމަށް ނަސޭހަތްތެރިވުން މާރަނގަޅުވީސް. ސަރުކާރުން ކަނޑައަޅާފައިވާ ގަޑިތަކުގެ އިތުރުން ބޭނުމެއްނެތި ބޭރުގައި އުޅޭފަރާތްތަކަށް ނަސޭހަތްދީ ގޭގައިއުޅުމަށް ބާރުއެޅުމަށް ކުރެވޭ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ގޮތްތަކެއްގައި ކުރުމަކީވެސް މުހިންމުކަމެއް.

    11
  10. އެމަންޖެ

    އިސްތިއުފާ.

    6
    8
  11. Anonymous

    ވިލާގަނޑު ނައަންނަންނެހޭ ސަބަބެއްނެތް، މިދަނޑިވަޅުގަވެސް ނުސީދާކ ކޮށް އިސްލާމްދީނާއި ކުޅެން ފަށައިފި.

    6
    1
  12. އިމާދު

    ލޮބެވެތި ރައްޔިތުނޭ ގިނަގިނައިން ﷲ ދުޢާ ދަންނަވަންވީ

    12
  13. ފެއިލް ސަރުކާރު

    މި ސަރުކާރު ވަނީ ބޮޑު ތަނުން ފެއިލްވެފައި. މީ ސަރުކާރުން ރާއްޖެ ގެނައި ވައިރަހެއް. ރައްޔިތުން އާދޭސް ކޮށްފަ ބުނި އެދުވަހު ބޯޑަރު ބަންދުކުރާށޭ. ބަަލަންތިބީ ޖީބައް ލިބޭ ޑޮލަރު މަދުވާތީ ރައްޔިތުމީހާގެ ޞިއްހަތޭ އިސްވާނީ ކިޔަކިޔަ. ވަގުތު ފާއިތުވީމާ ބޯޑަރު ބަންދުކޮށްފަ މިހާރު ދެން ،،، ކިޔާނެކަމެއްނެތް. ކޮބާ ވޯލްޑު ބޭންކުއިން ދިން 17.3 މިލަން ޑޮލަރު ނަހަފާ ދިރުވާލީތަ

    4
    3
  14. Jaleel

    ރާއްޖޭން ބޭރުގައިތިބި ދިވެހިން ގެނޭ. ސީދާ، ތޫފާންއައް ތިވަދެވެނީ.

    3
    1
  15. އައިސާފާނު

    އަމީނޫ މަގޭ ލޯބި ބޯބުރާންތި އެކުވެރިޔާ މަށަށް ތި މަގާމު ދިފާނަމަވެސް އިސްތިއުފާ ދޭކަށް ނުވޭތަ ލޯބީ

    3
    2
  16. ޜުޅި

    ބޮޑު ކަމެކޭ
    އަހަރެމެންގެ ފިރިން ރަށައް ނާއްނަތާ މިހާރު 3 މަސް ވެއްޖެ...
    ޢެމީހުން އެތިބީ ނާދެވިފަ .. ފަަހަރަކު ދުވަހެއް ދެމުން އެދަނީ...އެ މީހުން ރިސޯޓައް އެހެން ރައްރަށުގަ ތިބޭ ފަތުރުވެރިން މިހާރު އެ އައްނަނީ...
    ޢެތަންތަނުގެ މެނޭޖުމަންޓުން އެ ގެއްނަނީ...
    ޢެކަމާހުރެ އެތާ މުވައްޒަފުން އެތިބެނީ ނާދެވިފަ...
    ޥަގުތު މީހުނައް އާދޭސް ކޮއްފަ ބުނަން މި ސުވާލު މިރޭ އޮއްނަ ނިއުސްކޮންފްރެނސްގަ އަހާބަލަ ...

  17. މަރީ

    މިވަގުތު ދިވެއްސަކަސް އެބަޔަކު ތިބި ޤައުމެއްގަ ތިބުން އެންމެ ބުއްދިވެރީ. އަންނަންޏާ އަންނަން އެބަތިބި އެތަށްބައިވަރު ބައެއް އަދި އަންނަހާ އެންމެން މި އަންނަނީ ބައްޔާއެކު. ހެޔޮނުވާނެ މި ކުޑަކުޑަ ރާއްޖެ ފުންމިންނޭނގޭ ވަޅުގަނޑަކަށް ވައްޓާނުލައްވާ. ބަލި ފެތުރިގަނެއްޖާ އެންމެންނަށް ފަރުވާ ދޭނޭ ވަސީލަތް ތަކެއް ހުރިތަނެއް ނޫން މީކީ

  18. ކަޅުވިލާ ގަނޑު

    ފުރަތަމަ ރައްޔަތުންގެ ވޯޓުން ވައްކަން ކުރުން އެހެން ނޫންތޯ ދެން 5 އަހަރުން މުޅި ދިވެހިރާއްޖެ ތަރަށްގީ ކޮދިން އެފަދަ ދެވަނަ އެއްނުވާ ރައީސްޔާމީން ގެމައްޗަށް ބާތިލް ހުކުމެއްކޮށް ރޯބުހުތާން ދޮގުހަނދާ މަގުމަތީގައި ތެޅުނު ގުންޑާއެއް ލައްވައި ކުރަންނުޖެހޭ ޝަރިޔަތެއްކޮށް ނުހައްޤުން ރައީސް ޔާމީން ޖަލަށްލުން ދެންވީގޮތަކީ ވަމުން ފެންނަމުންދާ މަންޒަރަކީ އެޖެންޑާ-19 އެއް ވެއްޓެމުން ދަނިކޮށް ނުރަށްކާތެރި ބިރުވެރި ގޮތް ނޭނގޭ ކޮވިޑް -19އެއް ފާޅުވުން އެހެން ނޫން ތޯ

    4
    2
  19. ކިައި

    އައިޖީއެމްއެޗް ގެ ސިސްޓަމް ޑައުންވެގެން ލެބް ޓެސްޓް ރިޒާލްޓް ބަލައިދާންޖެހެނީ އައިޖީއެމްއެޗް އަށް... ވަރަށް ހިތާމަ ވެރި.... ހޮސްޕިޓަލް އަށް ގިނަފަހަރު ދާން ނުޖެހޭނީ އައިޖީއެމްއެޗް ގެ އޮންލައިން ސާރވިސާސް ރަގަޅު ނަމަ އެއްނު؟ ގޭގަ ތިބެގެން ޓެސްޓް ރިޒާރލްޓްތައް ބަލޭނޭގޮތް އޮތުން ވަރަށް މުހިންމު....

  20. މަޖީދު

    ކިތަންމެހާ ގޮވެއްޔެއް އަމީނަށް ގޮވިޔަސް ގަހީގަތަކީ މި ވެރިކަމުގެ މިނިސްޓަރުންގެ ތެރޭން ހިންގުންތެރި 1 މިނިސްޓަރުކަން. ރީންދޫ ކުދިންވެސް ގަބޫލް ކުރާނެ. ޕާޓީ މީހަކަށް ނުވާތީވެ އިންނަ ނުތަނަވަސް ކަން. މިނިސްޓަރު ތި ކުރަށް ވާ ބުރަ މަސައްކަތްތަކުގައި ﷲ ބަރަކާތް ލައްވާށި. އާމީން.

  21. ބްރޯ

    ރާއްޖެއިން ބަލިޖެހުނީ 2 މިހުނަށް ދެންތިބީ ބޭރުންބަލިޖެހިގެންއައިމީހުން ކުރިޔަށް އޮތް 2 އަހަރުގެތެރޭވެސް ކަރަންޓީނު އުސޫލު ދޫކޮށްގެން ނުވާނެ.ކަރަންޓީނު އުސޫލަކީ ބަލީގެ އެންމެ މޮޅުފަރުވާ.

  22. ޢަހުމަދު1

    މޫނު ނިވާކުރުން މަޖްބޫރު ކުރާކަށް ނުވޭތަ. މިއީ ކުރެވެން އޮތް ކަމެއް.

  23. ބޫބ

    ނުފޫޒެއްނޯއްނާނެއޭބުނާބުނުމެއް

  24. ކާކު

    އަމީއަކީއެތޗެއްލިބެންއޮތީކޮންގޮތަކުންތޯބަލަބަލާހުންނަމީހެއްއަވަހައްކާލަން

  25. ދަވާލި19

    ބޭނުންކުރާ ބަސްތައް ވަރައް މޮޅު ދެރައީ މޮޅައް ކަންތައް އިންތިޒާމު ނުކުރެވޭކަން ވާނީވެސް އެހެންތާ ގާބިލުކަމެއް ނެތިއްޔާ ދޯ