ކޮވިޑް 19 ފެތުރިއްޖެ ނަމަ، ކޮވިޑް 19 ފެތުރިގަތުމަށް އެންމެ ބޮޑު ނުރައްކަލެއް އޮންނާނީ ގަވާއިދާއި ޚިލާފަށް އުޅޭ ބޭރު މީހުންނަށްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް މިއަދު ވިދާޅުވީ ބިދޭސީންނަކީ ގިނަ ބަޔަކު އެއްތަނެއްގައި ކައިރިކައިރީގައި ތިބޭ ބަޔަކަށް ކަމަށާ އެއީ ނުރައްކާތެރިކަމެއް ކަމަށެވެ.

އެހެންކަމުން ގަވާއިދާއި ޚިލާފަށް އުޅޭ މީހުން ދެނެގަނެ، ކޮވިޑް 19 އާއި ގުޅިގެން އިތުރަށް ވިސްނާފައި ވަނީ ކިހިނެތްތޯ އާއި، ފުލުހުން މެދުވެރިކޮށް އެކަމާއި ގުޅިގެން މަސައްކަތެއް ކުރަން ވިސްނާތޯ ސާފުކުރުން މުހިންމުކަމަށެވެ.

ކޮވިޑްގެ މި ކަންކަމުގައި ވެސް، ފެތުރޭ އިރު ފެތުރިގަތުމަށް ނުވަތަ ރާއްޖެ ތެރޭގައި ވެސް ފެތުރިގަތުމަށް އެންމެ ބޮޑު ނުރައްކާތެރީ ބޭރު މީހުން އިނގޭތޯ، ބޭރު މީހުން އެނގިވަޑައިގަންނަވާނެ މިހާރުވެސް، އެ މީހުން ތަނެއްގައި ތިއްބަސް ތިބޭނީ ކޯޅިކޯޅިއަށް ވަރަށް ކައިރީގައި، މަސައްކަތެއް ނެތި މަގުމަތީގައި ވެސް ތިބޭނީ އެގޮތަށް. މި ގޮތަށް ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންތައް އެބަ އުޅޭ" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވައިދޭން ސަރުކާރުން ނިންމިކަން މާރޗް 21 ގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެއީ، ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުުރުމުގެ ބޭނުމުގައި ސަރުކާރުން އެޅި ފިޔަވަޅެކެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި، ޑޮކިއުމެންޓެއް ނެތް ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ބިދޭސީން އަނބުރާ އެ ބިދޭސީން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލަން ނިންމީ ކަމަށާ ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ ޑޮކިއުމެންޓް ހޯދުމުގެ މަސައްކަތް، އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުރާލިކޮއި

    މިވަރުވެގެން ދިޔާމަތޯ އެނގުނީ ބޭރުމިހުން އުޅޭކަންވެސް ގަސްތުގަ މިމީހުން ގެނައިސް ދޫކޮއްލާމީހުންނަށާއި މިމީހުން ވިސާނެތި މިޔޮއް ހުރިހާ ދުވަހު އުޅުނީ ކޮންތާކުތޯ ކުއްލިޔަކައްތޯ ތިޔަމީހުން އައީ އިމިގްރޭޝަންގެ އޮފިސަލުން ޓީވިގަ އެބަހުރިވިދާޅުވެފައި ވިސާ ނެތި އެވެނި މިވެނި ގައުމެއްގެ މތަން ހާސް މީހުން އެބައުޅެއޭ އެވިދާޅުވާ ބަގްލާދޭޝަކީ ވިލިމާލެތޯ ވަގައް އންނަން ފަތާފަ ތިމާމެންނައް ގާނޫނު ތަންފީޒް ނުކުރެވުނީމާ އިސްތިއުފާދެއްވި ނަމަ ލަދެއްގަ ނުބެދޭނެ ލަދެއް ނެތީމަ ނޫންތޯ ތިޔަ ވާހަކަ ތިޔަދައްކަނީ ލަދު މިގަންނަން ޖެހެނީ ނިކަމެތި ރައްޔިތުން ދިވެއްސަކައްވީތީ

    1
    1
  2. ހިޖާމާ

    ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާލޭން ބޭރުކޮށް، ކޭމްޕު ޖަހާފައި ސިފައިންގެ ބެލުމުގެ ދަށުން ފަޅުރަށެއްގައި ބައިތިއްބާފައި ބަންގާޅާ ހަވާލުކުރަންވީ . ހަވާލު ނުވެއްޖިއްޔާ އެމީހުން ދަނޑުވެރިންނަށް ހަދާ