ރާއްޖެ އިން ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެނިފައިވާތީ ފަސްކުރަން ޖެހުނު ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހު ބާއްވާ ގޮތަށް ސަރުކާރުން އެކުލަވާލާ މަޖިލީހަށް ފޮނުވި ބިލު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ ލޯކަލް ކައުންސިލް އިންތިޚާބުު އަންނަ އިއްޔެ [އޭޕްރީލް ހަތަރެއް] ބޭއްވުމަށެވެ. އޭގެ ފަހުން، އަދި ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރަން އީސީން ނިންމިއެވެ.

މީގެއިތުރުން އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށް ހައިކޯޓާއި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް އީސީން ހުށަހެޅިއެވެ. އެކަމަކު، މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލިހުން ތައްޔާރަށް އޮތުމާ ގުޅިގެން ސުޕްރީމް ކޯޓަށް އީސީން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލަކީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމާއި ގުޅޭ ގޮތުން ސަރުކާރުން އެކުލަވާލި ބިލެކެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020″ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްވެގެން ދާނެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝީޒާ

    ކައުންސިލް އިންތިހާބް ފަސްކުރާނަމަ ވޯޓް ހައްޤްވާ މީހުން އިތުރު ވާާނެ. ވޯޓްލާދުވަހާއި ހަމަޔައް18 އަހަރު ފުރޭ އެންމެންނައް ވޯޓް ލެވެންޖެހޭނެ.އެހެންނޫނީ ކޮންމެވެސް އެއްބައެއްގެ ހައްގު ގެއްލިގެންދާނެ

  2. ނަގުލު ފިއްތި

    ކައުންސިލް އިންތިހާބް ފަސްކުރާނަމަ ވޯޓް ހައްޤްވާ މީހުން އިތުރު ވާާނެ. ވޯޓްލާދުވަހާއި ހަމަޔައް18 އަހަރު ފުރޭ އެންމެންނައް ވޯޓް ލެވެންޖެހޭނެ.އެހެންނޫނީ ކޮންމެވެސް އެއްބައެއްގެ ހައްގު ގެއްލިގެންދާނެ އަދި ޕާޓީ ތަކުން ބޭއްވި ޕްރައިމެރީ އަލުން ބާވަންޖެހޭނެ.

  3. ގުލްފިށާމް

    އަލުން ޕްރަމެރީ ބޭއްވިޔަސް އައްޑޫ ސިޓީ މޫލެކެޑެ އޮޑައްސަލުން ނުކެރޭނެ އެހެންމީހަކައް ވިންކުރާކައް.އެހެން މީހަކައް ވިން ކުރެވިއްޖެއިޔާ މަގޭނަން ބަދަލު ކުރާނީ ފރހނ އައިސާ ޔައް

  4. ބުއްޅަބެ

    ތިންފޫޓުން ޓިންފޫޓުން މީހުން ބައިތިއްބައިގެންވެސް ވޯޓުލާނަން، .ބުރިޖެއްނޭޅޭނެ.