ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެޤައުމަށް ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާތައް ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މޮމެން އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައިގެންނެވެ.

އެ މަޝްވަރާތަކުގައި މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވާފައެވެ.

އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ޙާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެޤައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރ އެދިވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަން ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

"ރާއްޖޭގެ ފޮރިން މިނިސްޓަރ އަޅުގަނޑަށް ގުޅުއްވި، އަދި އޭނާ ވަނީ ރާއްޖޭގައި އެތައް ހާސް ބަންގްލަދޭޝް ރައްޔިތުން އުޅެމުންދާކަމަށް ވިދާޅުވެފައި، އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ބޭނުންވާކަމަށް އޭނާ ވިދާޅުވި". މިނިސްޓަރ ޝާހިދުއާ މަޝްވަރާ ކުރައްވާ ދެއްކެވި ވާހަކަތައް އެ ގައުމުގެ ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން މޮމެން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަޓޯ

    އާނ ރަގަޅު ޗާންސްގެ ބޭނުން ހިފައިގެން ބޭރުކޮއްލާ... 500 މީހުން ބޭރު ކުރެވުނަސް އެއީ ބޮޑު އަދަދެއް!!

    28
    1
    • ޝާހް ރ.ވާދޫ

      ނުވާނެ އެއްކަމެއްވެސް.. ކަންކަން ވާކަން ދައްކަން މީޑިޔާއަށް ހަބަރުއަރުވަން ދައްކާ ބެކާރުވާހަކަ..

  2. މާމި

    ރާއްޖެ އަށް އެތެރެވެފަ ތިބި ކޮންމެ ބަގުލަދޭޝް މީހެއްގެ ވެސް ޑިޕޮޒިޓު ފައިސާ އިމިގުރޭޝަނުގަ ހުންނަންޖެހޭނެ އެއީގަވާއިދެއްވިއަސް ނުގަވާއިދެއްކިއާނެ ކަމެއް ނެއް.. ކޮންމެ ބަންގާޅީއެއްގެ އަތުން ކުރިންނެގި8000ރުފިޔާ މިހާރު10000ހާސްރުފިޔާ ޑިޕޮޒިޓު ،،،،،،

  3. އެންދެރި

    ބަންގްލަދޭޝް ކޮންމެ މީހަކު ރާއްޖެ އަށް ވޯކް ޕާމިޓް ގަ އަންނަނީ 8 ހާސް ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓާ ފައެވެ. އެފައިސާ ކޮބާ ތޯ އެވެ؟

  4. ޝާހް ރ.ވާދޫ

    އަޅެ އަރަތެއްނުމީ؟؟!!! ނުފޮނުވިގެން މިއުޅެނީ ކީއްވެހޭ؟؟؟ އެކަން ނުކޮށް ހަމަ އިރުއިރުކޮޅާ އެމީހުން ފޮނުވާލަން މަޝްވަރާ ކުރާ ވާހަކަ!! ބަލަ މީހަކު އެތެރެވަނީ ގަވައިދުން އެމީހެއްގެ ޑިޕޮސިޓު ފައިސާ ސަރުކާރަށް ދައްކާފައެއްނޫންތަ؟؟؟ ގަވައިދާ ހިލާފަށް އުޅޭމީހުން ސަރުކާރަށް ނޭންގެންޏާ އަހަރެމެން ރައްޔިތުން އެމީހުން ހޯދައިގެން ކަލޭމެނާ ހަވާލުކޮށްފާނަން!! އެމީހުންގެ ޑިޕޮސިޓް ފައިސާވެސް ސަރުކާރުގަ ހުންނާނެ!! އަނެއްކާ ހަފުތާއެއްފަހުން ހަމަ މިވާހަކަ ދައްކާކާނެ މާކަންކަން ވާބައެއްކަން ދައްކަން!! ކަލޭމެނަށް ނުވަންޏާ ވާބަޔަކާ ސަރުކާރު ހަވާލުކޮށްފަ ގޮސް ގޭގަތިބެބަލަ!!

    10
  5. ޓ

    ބޭރު ކުޜާށޭ ބުނާއިރު ކޮންބަޔަކުތަ އެމީހުން ރާއްޖެ ގެނަޢީ..
    ކޮންތާކުންތަ ލޭބަރ ފޯސް ހޯދަނީ
    ޢިންޑިޔާގެ މިލިޓަރީ މީހުންތަ ގެންނަނީ.

  6. ފެކްޓް

    ތިގޮތް ކުރިންވެސް އޮތް! މިހާރު އެމީހުނާހުރެ ވިޔަފާރި ވެރިންނަށް ވާނީ ގެއްލުމެއްނު! މިއީ ވެގެންއުޅޭ ގޮތަ ކީ. ހާދަ އެދުންވެރި ބައެ ކޭ! އަދިވެސް ތި ކަން ވީމަ ނޫނީ ޤަބޫލު ކުރަން ދަތި. ނެގޭ 100 ވަރަކަށް މީހުން ފޮނުވާފަ ހުއްޓާލާނީ ނޫން ކަމެްްއް.

  7. ެަދްނާން

    ހަމަ ޔަގީނުންވެސް މިހާލަތުގައި ގައުމުގެ މަސައްކަތްތަށް މަޑުޖެހިފައި މިހުރީ ކޮޅެއްނެތް ގޮތަށް އެހެންވުމާއެކު ތިޔަ މީސްމީހުން ބޭރުކުރުމުން ދައުލަތުން އުފުލަމުންދާ ބުރަޔަށް ތަސައްލީއެއް ލިބިގެންދާނެކަން ޔަގީން

  8. ވގ ޔ

    ތީ ނިމިދިޔަ ސަރުކާރުން ތިކަމުގަ އިހުމާލުވުމުގެ ނަތީޖާ

    2
    4
  9. ާާާޢަލީ

    ތި ކަން ވ.ވެސް މުހިއްމު..ނުޖެހޭނެތާ ވަޒީފާ ނެތި އައިސް މިތަނަށް ވެއްޓޭ ކަށް އަމިއްލަ ގައުމެއް ނޫންވިއްޔަ...ބަލަދުއަރާފަ ތިބޭ ބައެއްހެން ހިވަނީ..އައިސް މިތަނަށް..ދިވެހިންނަށް ވުރެ ގިނަޔޭ ބޯހަލާކު މަގުމަތީ ހިނގާލެވޭވަރު ނުވޭ؟؟ މަޖީދީމަގު ހުދުމާ ކާރީ ހުންނަގަހުގަ އަޅާ މިހުން ކަމަށް މަހީކުރީ އެގަސްދަށަށް އަބަދުވެސް ފަތްތަ ކެއްހެން ފައިބެފަ ތިބޭނީ...ނޭފަތް ކޮއްޓާލަ ކޮއްޓާލަ..އައްޗިޑިހުވާ މުޑުދާރުވެސް ބައެ ކޭ

  10. މޮހޮސިން

    ބަންގްލާދޭސް މީހެއްކަމެއް އެގޭނެ ގޮތެއްނެތް! ޕާސްޕޯޓެއްނެތް! ޜޮހިންޔާނޫންބާ!

    2
    1