އެކި ބޭނުންތަކަށް މެލޭޝިޔާއަށް ގޮސްފައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުންގެ އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި މިރޭ ބުނީ މެލޭޝިޔާއާ ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މައުލޫމާތު ހައިކޮމިޝަނަށް ފޮނުވުން އެދޭ ކަމަށެވެ. އެފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 ޔޫ. އެސް ޑޮލަރަށް ކަމަށްވެސް ހައިކޮމިިޝަނުން ބުންޏެވެ.

މެލޭޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންގެ ޓިކެޓުގެ އަގު 6،168 ރުފިޔާއަށް ވިއްކާއިރު އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުން ލަންކާ އިން އަންނަ މީހެއްގެ އަތުން ނަގާނީ 4،626 (300) ޑޮލަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ލަންކާ މެލޭޝިޔާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމް އަށް ވެސް މޯޅްޑިވިއަންގެ ބޯޓުތައް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

އަގުތަކާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން މީގެކުރިން ބުނެފައިވަނީ އެއީ މިހާލަތުގައި މީހެއްގެ އަތުން ނެގޭނެ އެންމެ އެކަށީގެންވާ އަގު ކަމަށެވެ. ސަބަބެއް ކަމަށް ވަނީ އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީއެވެ. އަދި އެއީ އެއްކޮޅު ދަތުރުކަމުން، އެ ދަތުރުތަކުންވެސް އެ އެއާލައިނަށް ފައިދާ ނުވުން ވަރަށް ގާތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލަންކާއާއި ކޮޗިންއާ މެލޭޝިޔާ އަދި ޓްރިވެންޑްރަމްއިން ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެތައް ދިވެހިންނެއް ތިބި އިރު، އެ އާއިލާތަކަށް ނާދެވިފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެގޮތުން އެ އެގައުމުން ވަނީ ވައިގެ ބަނދަރުތައް ވަނީ ބަނދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޞވގ

  ހަހާސް ރުފިޔަ އެންމެކޮޅަކައް އެވެސް އަންނަ މިހުން ދައްކަގޮތައް މިގަ ކޮބަ ރަގަނޅުވެފަ

  1
  6
  • ކަނދުރާ

   ދެން މަ ދައްކަންވީ! މަ ބުނެގެން ވިޔަ ދިޔައީ

   6
   2
 2. ދަތުރުވެރިޔާ

  ވަގުތު ނޫހުން މޯލްޑިވިއަނުން އަށްޑޫސިޓީޔައް މިހާރު ދުވާލަކު އެއްފްލިޓްއޮންނައިރު އެދަތުރުމިކުރަނީފޯއްމުލަކާއެކުކަމަށްވާތީ މިހާރުއައްޑޫޓީއަށް އިތުރުފްލައިޓެއްބާވާނީ ކޮންއިރަކުންތޯ؟

 3. ވަރަށް ސަޅި

  މީހުންގެ މަޖުބޫރީ ހާލަތުންވެސް ފައިދާއެއް ނެގޭތޯ ބަލާ... ތި ތަންތާގަ ތާށިވެފަ ތިބިމީހުންނަށް އެހީވުމުގެ ނަމުގަ ފެލާލަނީ ދޯ... ބަލަގަ ބޯކޮހަކަށްވެސް އިގޭނެ މިހާ ދުވަސްވެގެން ދިޔައިރު ތި ގައުމުތަކުގައި ގޮސް ތާށިވެފަ ތިބި މީހުންގެ އަތުން ލާރި ހުސްވެފަކަން ހުންނާނީ... ތިގޮތަށް އެހީނުވުން މާ ރަގަޅު... މި އޮތީވާ ސަރުކާރެއް ... އަދިވެސް މި މީހުންނަށް ވޯޓުދީ ... ދެން ބުނޭ ކުރީގެ ވެރިކަމުގެ ސަބަބުން މީހުން ފެލަން މަޖުބޫރުވީޔޭ....

  15
  6
 4. ބަނީ

  މިވަގުތު އެއްމެ މުހިންމީ ވާނެ ފައިދާއަށް ނުބަލާ ލޮބުވެތި ދިވެހި ރައްޔިތުންނަށް މާލެ އާދެވޭނެ ގޮތް ހަމަޖައްސަވައިދެއްވުން.... ރާއްޖެއިން ބޭރު ގައި ވި ބައެއް ރައްޔިތުން މިހާރުވެސް ތިބޭނީ އެނބުރި އަންނަންވީޚ ދުވަހު ނާދެވުނީމަ ވަރަށް ދަތިވެފަ... އެހެނކަމުން މިދަޑިވަޅުގައި ވީހާވެސް ކުޑައަގެއްގައި މިކަން ކޮށްދިނުން ވަރާށް މުހިންމު..... ސުކުރިޔާ

  9
  2
 5. ޙައްގުބަސް

  ކަލޭމެން ވަރަށް ގަދަ!! މިވަގުތު ކަލޭމެން ކިތަންމެ ބޮޑު އަގެއް ކިޔަސް ތިފްލައިޓުން ޖާގައެެއް ހޯދަން ބޭނުން ކިތަންމެ ބަޔަކު އުޅޭނެ! ޖާގަ ހޯދަން ރޮޔެ އާދޭސްކޮށް ހަދާ މީހުން ތިއްބާ ސަރުކާރުގެ މަތީމަގާމުތަކުގައި ތިބި ބައެއްގެ އާއިލާތަކަށް ޖާގަ ދީގެން ގެނަސްފައި އެބަހުރި!! އެކަމަކު ނިކަމެތި މީހުން ދާން އެދުނީމަ މިބުނަނީ ހާލުގަޖެހިފަ ތިބި އެއްގޮތެއްވެސް ނެތް މީހުނޯ ގެންނަނީ!! ދަރިން މެލޭޝިޔާއިން މާލެ ގެންނަން ބޭނުން އެތައް ބަޔަކު އެބަތިބި!! މިދަނޑިވަޅުގައި ނެގުނު ފައިދާއެއް ނަގައިގެން ގައުމީ އެއާލައިންގައި މަސައްކްތްކުރާ މުވައްޒަފުންނަށް މެއި މަހު މުސާރަ ދީ!! ބަނގުރޫޓުވަމުން ހިންގަން ނޭގިގެން ހަދާނެ ގޮތް ހުސްވެގެން ނޭވާ ހޮޅިއެއް ލެވިފައިވާ ކުންފުންޏެއްގެ ބޭނުން އެންމެ ރަގަނޅުގޮތުގައި ހިފޭނެ ގޮތަށް ކަންތައްތައް ތިކުރަނީ! ހަމަ ވަރަށްބޮޑަށް ޝުކުރިއްޔާ ޝާހިދު އަދި ސަރުކާރު އަދި މޯލްޑިވިއަން!!

  11
  2
 6. އަހްމަދު

  މިވަގުތައް މިއީހަމައެންމަ ރަނގަޅުޑިސިސަންތޯ ރައްޔިތުންތިބީ ވަރައްހާލުގަ ދިވެހިސަރުކާރުން މިކަމުގަ ދެވަނަވިސްނުމަކަށް ދިއުންކީއްތޯ؟

  6
  1
 7. ކަލޯބެ

  ނެޓް ބިލް ކުރީގެ އަގު 1367.40
  ޢަގު ހެޔޮ ކުރީމަ ޖެހޭ އަގު
  : 1290
  ސްރިލަންކަން އިން މާލެ ކޮލަމްބޯ ދަތުރު ކުރި އަފު 270 ޑޮލަރު ދެކޮޅު.
  މޯލްޑިވިއަން އިން ކޮލަމްބޯ މާލެ އެއްކޮޅު ދަތުރަކަށް 300 ޑޮލަރު.
  ކަލޯ ގަޔާ ސޯލިހް : ރައިއްޔިތުންނަށް ތިޔަ ކަންކަން ފަސޭހަ ކޮށްދެނީ ތޯ؟؟ނޫނީ ނިކަމެތިވެގެންދާ ބޮނޑީގަ އިތުރަށް ނިކަމެތި ކޮއްލަނީތޯ؟
  ނޫނީ ރަގަޅަށް ވާނުވާ ނޭގޭތީ، ޤައުމް އޮޔާ ދަނީތޯ؟ ބަލަ!! ޥެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭނެ ކަމެއްކަން މިހާރު އެބަ އެނގޭ ގަބޫލް ނުކުރިޔަސް!!!

  14
  2
 8. Anonymous

  ހާދަ އޯގާތެރިއޭ

  6
  1
 9. ބޯހަލާކު

  ލަންކާއިން މީހުން ގެންނަ ނަމުގަ ގެނައީ މާޒިޔާގެ ފުޓް ބޯޅަ ޓީމްތަ ؟!؟

  14
  2
  • ނޯ ކޮމެންޓް

   ޓީސީ ޓީމް ގެންނަން.

   6
   1
  • މޯޑު

   ނަމުގަ އިނީ ލަންކާ ހާލުގަ ޖެހިފަ ތިބި ދިވެހިންނަށް ފޮނުވައިދޭ ފްލައިޓް އެކޯ!! ހުސް ދޮގު .. އެއްވެސް ތަރުތީބެއް ނެތް ގޮތަށް ޖާގަ ދީގެން.. ހަމަ އެކަނި ގެންދިޔައީ ކުޅުންތެރިން!!

   6
   1
 10. މޯޑު

  ސަޅި މިހުރީ މޮޅެތި ދަތުރު ... ހަހާސް ؟ ކީއްވެތަ ދިހަ ހާހަށް ނޭރުވި؟

  5
  1
 11. އަޙްމަދު

  މީހާރު ހުންނާނީ މިޓިކެޓްތަށް ބޮކްކޮށް ނިމިފައު. އިންޑިޔާއިން ދިވެހިން ގެންނަން ހަމަޖެއްސި ފްލައިޓް ހަމަޖޭ ވާހަކަ އިއުލާން ކުރުމުގެ ކުރީން އެފްލައިޓް ފުލްވެއްޖެ! އެއްމެ ކުރިން ނަންފޮނުވި މީހުނަކަށް ޖާގައެއް ނުލިބުނު. މެލޭޝީޔާވެސް ވާނީ މިހެން!