ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ކާފިއު އިއުލާންކޮށްފައި ވަނިކޮށް މަގުމަތީގައި އުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިއަދު ވެސް 17:00 އާއި 20:00 އާއި ދެމެދު މާލޭ ސިޓީގެ މަގުމައްޗަށް 139 މީހަކު ނިކުތްކަން ފާހަގަ ކުރެވުނު ކަމަށެވެ. އެއީ 122 ދިވެހިންނާއި 17 ބިދޭސީންނެވެ. އޭގެ ތެރެއިން ޖޫރިމަނާ ކުރީ އެންމެ މީހެކެވެ. އޭނާ ޖޫރިމަނާ ކުރީ ތަކުރާރުކޮށް މަގުމަތީގައި އުޅުމުންނެވެ.

ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުތަކުގައި މަގުމަތީގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ދީފައި ވެއެވެ.

ޖޫރިމަނާ ކުރަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް މަގުމައްޗަށް ނިކުމެ އުޅޭ މީހުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިނިންމުމަށް އަމަލު ކުރަމުން ގެންދާއިރު ބުރާސްފަތި ދުވަހު މަގުމައްޗަށް ނިކުތް މީހުންގެ އަދަދު މަދުވި ނަމަވެސް އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު މަގުމައްޗަށް ނިކުއްނަކަން ފާހަގަކުރެވެއެވެ.

މަނާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނަ މީހުން އެކުގައި މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ކާފިއު ވަގުތު ނިމުމާއި އެކު މަގުތަކަށް މީހުން ގިނަވަމުން އަންނާތީ ޑޮކްޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ ގައުމުތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. މަނާކޮށްފައިވާ ގަޑިތަކުގައި ގެއިން ބޭރަށް ނިކުންނަ މީހުންނާއި ދެކޮޅަށް ބައެއް ގައުމުތަކުގައި ޖިނާޢީ ދައުވާވެސް ގެންދަނީ އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޞސބސ

  ފުރަތަމަ 1000/- ގޭގަ ތިބެބަލަ މި ދައްކަން ބެނުންނުވަންޔަ

  34
  1
 2. ޢާދަނު

  ރަނގަޅު

  35
  2
 3. ކެންދޫ

  ފުލުހުން ދެންމެ ވިދާޅުވީ މިއަދު ވެސް 17:00 އާއި 20:00 އާއި ދެމެދު މާލޭ ސިޓީގެ މަގުމައްޗަށް 139 މީހަކު ނިކުތްކަން ފާހަގަ ކުރެވުނު ކަމަށެވެ. އެއީ 122 ދިވެހިންނާއި 17 ބިދޭސީންނެވެ. 139 ??‍♂️??‍♂️

 4. ޢާދޭސް

  ޢަޅުގަނޑު ހަމަ އަޖާބުވޭއެބަ މަގުމަތީގައި އުޅޭބިދޭސީންނަށް އަދަބެއް ނާންނާތީ ، ކޮންމެދުވަހަ ކު ފަނަރައަށްވުރެ ގިނަ ބިދޭސިން އެބަފެނޭ ްްްްްްްްްްްްްްްްް ޤަވައިދަށް ބޯ ނުލަނބާ އުޅޭތަން ، ކާ ކު ކޮން ނުފޫޒެއް އޮވެގެންބާ ދޫ ކޮށްލަނީ ، ސީދާ ޑީޕޯޓްކ ކުރަންޖެހޭނީ

  8
  4
 5. ކުރުކުރު

  މީހުންނަށް ބަލީގެ ހުރި ނުރައްކާ ކިޔާ ނުދެވޭތީ ވާގޮތް! މަބުރޫކު އަރާ ސޮނިވެއްޓިޔަސް ވާކަމެއްނެތް! ޖުރިމަނާ ކުރަންޖެހޭނެ! އެގެއްލެނީ ކިތަށް އިރުގެ ކެއުންބާ!

  2
  6
  • އަޖައިބު

   ބަަލީގެ ނުރައްކާ ކިޔާދިން ކަަމަށްވަނީ ކިހާ ވަރެއް ވީމަ ބާ؟ ދިވެހިންނަށް ހެޔޮ ނޯންނާނެ އެއްގޮތެއްވެސް!

 6. އައްދު_09

  މިކަންވެސް ސިޔާސީ ނުކޮށް ރަގަޅަށް ބަލައިގަނެފިއްޔަ ރަގަޅުވާނެ، މިވެސް ވަކި ބަޔަކަށް ފެންނާނީ ސަރުކާރަށް ލާރި ހޯދަން ހިންގާ ޕްރޮޕެގަންޑާއެއް ގެ ގޮތުގަ

  10
  1
 7. ކޮތަރު

  ފުރަތަމަ ފަހަރު ދޭ ނަސޭހަކަތަކީވެސް -/250ރުފިޔާ. ގެ ޖޫރިމަނާ އަކަށް ހަދާބަލަ. އަދި ތަކުރާރުކުރާ މީހުން -/1000ރުފިޔާ. އިން ޖޫރިމަނާ ކުރުމާއިއެކު 7 ދުވަހަށް ޖަލުގައި ބަންދުކޮށްބަލަ. މާމޮޅު ބަޔަކަށް ވެގެން އަމުރުތަކަށް ގޮންޖަހަމުން މިދުވަނީ ކޮވިޑް19 ގެ ބިރުވެރިކަން ހަމަ ނޭނގިގެންބާ؟

  8
  5
 8. ކައުންސެލަރު

  1000 ރުފިޔާއެއްނޫން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަންވީ.

  8
  5
 9. ސަޓޯ

  ހާދަ މަދޭ... އިދިކޮޅު ޕާރޓީ އެއްޗެހި ކިޔާފާނެތީ ބިރުގަތީ..

  2
  7
  • ނަން

   އިދިކޮޅު ޕާޓީން އެއްޗިސް ކިޔާފާނެތީކީ ނޫން..
   އެގޮތަށް ގިނައިން ނިކުންނާނީ ޕާޓީ ކުދިންކޮޅު. އެމީހުން އަތުން މަދުންނަގަންކަމަށް 1000/- އެ ނަގަނީ. އެވެސް ތަކުރާރުކޮށް ނަސޭހަތް ދީގެންނޯ! ކާކަށްތަ އިގެނީ ތަކުރާރުކޮށް ކިތަށްފަހަރު ނަސޭހަތް ދީގެންކަމެއް ތިޖޫރިމަނާ ކުރީކީ

 10. ގިނިކަނދު

  ދިވެހިން މާސްކު އަޅާކަށް ޑޮކްޓަރުން ލަފާ ނުދޭ ރާއްޖޭގަ ބަލި ފެތުރޭކަމަކަށް މިހާތަނަށް ނުދައްކާކަމަށް ބުނަނީ ރާއްޖޭގެ ހާލަތު ﷲ ގެ ރަހުމަތްފުޅުން މާ ގޯހެއްނޫން ﷲ ގެ ރަޙުމަތްފުޅުން ރާއްޖެއިން ބަލި ފެނުނީ ބޭރުގެ ފަތުރުވެރިންނާ ބަލިފެތުރޭ އިނގިރޭސިވިލާތުން ރާއްޖެ އައި 04 ދިވެހިންގެ ކިބައިން ﷲ ގެ ވާގިފުޅާއެކު މިއިން މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލިޖެހުނުކަމެއް މިހާތަނަށް އެނގޭކަށްނެތް ﷲ އަށް ޝުކުރު ދަންނަވަން ﷲ ގެ ހެޔޮ ރަހުމަތް ދިވެހި މުސްލިމުންނާއެންމެހާ މުސްލިމު އަޚުންނާ އުޚުތުންނަށް ދެއްވުން އެދި ދުއާކުރަން ސުވާލަކީ ހާލަތާ ނުބައްދަލު ފިޔަވަޅު އަޅަނީ ކީއްވެބާ؟؟

  10
  4
 11. ޙުސެން

  އަޖައިބެއް ކަހަލަ ކާފިއު އެއް....މި ހީވަނީ ވައިރަސް ފެތުރެނީ ހަވީރު 5:00 ކުން ރޭގަނޑު 8:00 ހެން...އޭގެ ފަހުން ހެޔޮ އެންމެން ބޮޑިވެގެން އުޅުނަސް...

  1
  1
 12. ހ

  އެންމެން ޖަލަށް ލާ... އެހެން ގައުމްތަކުގަ ޖަލަށްލާ...

 13. ޒަންޖަބީލު

  ޖަލަށް ލައިގެންވެސް ނުވާނެ ޖޫރިމަނާ ކޮށްގެންވެސް ނުވާނެ އެހެންމީހުންނަށްވެސް ކަންތަށްތަށް ކޮށް ދޭބީ ދައިން ކަންތަށްތަށް ކޮށް ދޭންޖެހޭނެ މި ބުނީ މާޒީގެވާހަކަ މިސާލު ހޯރައިއްބެ.......މިއީ ސިޔާސީވުމެއްނޫން ކަންކުރާގޮތް.