ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަބަލުން މަރިޔަމް ސައީދު އަވަހާރަވެއްޖެއެވެ.

މަރިޔަމް ސައީދަކީ ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީންގެ ދަރިކަނބަލެކެވެ. އަދި އެކަމަނާއަކީ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ.

އެކަމަނާ އަވަހާރަވީ އަވައްޓެރި ސްރީލަންކާގައެވެ. އެކަމަނާ އަވަހާރަވިއިރު، އުމުރުފުޅަކީ 86 އަހަރެވެ. އެކަމަނާ އަވަހާރަވެފައި ވަނީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެގެންކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލީ ނާސިރާއި މުހައްމަދު ނާސިރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މަރިޔަމް ސައީދު އަވަހާރަވުމުން ގެއްލިގެން ދިޔައީވަރައް އަގުހުރިދަރިއެއް ޅެންވެރިއެއް މާތްﷲ އެމަރުހޫގެ ފުރާނަފުލައްދާއިމީ ނިއުމަތް ލައްވާށީ އާމީން

  2. ކޮބާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މިހުންނަނީ ގުދުރަތީ މަރަކީ އިނގޭތޭ. ތަމެން ދެން އަލިފާން ގަނޑަކަށް ފުންމާލާ މަރުވާން ހުއްޓަސް މަރުވާނެއޭ ބުނާ ބީދައިގެން ފުއްޓަރު ފަރާތު ރާޅު ތަކުގެ ތެރެއަށް ގަދަ ދައްކަން ގޮސް ފީނުމުން ވާ މަރު އެއީ އަމިއްލަ އަށް މަރަށް ދައުވަތު ދީގެން މަރުވުން ކަން ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ.

    • ޞނ

      ތިހެން ނުވާނެ ކިޔާކަށް ??

    • ށސސސ

      ޙަމަސާބަސް ކޮންމެ ކަމެ ސސ ވަނި

    • ލާލަ

      ތަމެން ތަމެންނޭ ކިޔައިގެން ތާކުން ތާކު ނުޖެހޭ ވާހަކަ ނުދައްކާ. މަރަކީ ސިޔާސީ ކަމެއްނޫނޭ. ބިރުގަނެބަލަ. މާތް ﷲ ކަމަކަށް އިރާދަކުރައްވައިފިއްޔާ އެކަމެއް ވާނެ. މަރުވެސް އެއީ މާތްﷲގެ އިރާދަފުޅުންވާކަމެއް. މިކަންވެސް ސިޔާސީ ކުރަން ހެޔޮނުވާނެ.

  3. ހިތާމައޭ

    ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެތޭ ހުރި ހިތާމަ އެއްގެ ބޮޑު ކަމާއޭ ދޯ. އައި އޭމް ސޯ ސޮރީ ޓު ހިއަރ ދިސް ޝޮކިންގް ނިއުޒް ދޯ. ސޯ ސޮރީ.