މި އަހަރުގެ ފަހުކޮޅުގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން އިންތިހާބަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން އިން ފަށައިފިއެވެ.

އެގޮތުން އިލެކްޝަން ކޮމިޝަންގެ ވަފްދެއް އިއްޔަ ވަނީ އައްޑޫ ސިޓީއަށާއި ހައްދުންމަތީގެ ރަށްރަށް ޒިޔާރަތްކޮށްފައެވެ.

ބޮޑު އާބާދީއެއް އޮންނަ މި ދެ އަތޮޅަށް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ ޒިޔާރަތުގައި އެ ދެއަތޮޅުގައި ހިމެނޭ ރަށްރަކުގެ ކައުންސިލާއި ފުލުހުންނަށް ރިޔާސީ އިންތިހާބާ ބެހޭ އެންމެ ފަހުގެ މައުުލޫމާތުތަށް ހިއްސާ ކުރުމަށް ވަނީ ނިންމާފައެވެ،

މި ޒިޔާރަތާ ބެހޭ ގޮތުން "ވަގުތަށް" މައުލޫމާތު ދެމުން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާނީ އިންތިހާބުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި މިހާރު ކުރެވެމުން މިގެންދާ މަސައްކަތަކީ ރާއްޖޭގެ ރަށްރަށަށް ގޮސް އިންތިހާބާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަށް ކުރިއަށް ގެންދިޔުން ކަމުގައި އަކްރަމް ވިދާޅުވުއެވެ.

"އަޅުގަނޑުމެންގެ ވަފުދެެއް އިއްޔަ މިވަނީ އައްޑޫ ސިޓީ އަދި ހައްދުންމަށްޗަށް ޒިޔާރަތްކޮށްފަ. އަޅުގަނޑުމެން މި ދެ އަތޮޅަށް ކުރަމުންދާ ޒިޔާރަތުގައި އެ އަތޮޅުތަކުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި މިވަނީ ބައްދަލު ކުރެވި އިންތިހާބާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެވިފަ. އަޅުގަނށޑުމެންގެ އަމާޒަކީ އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނަށާއި ކައުންސިލްތަކުގެ އިތުރުން ފުލުންނަށް އިންތިހާބާ ބެހޭ މައުލޫމާތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން" އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު