ކޯސްޓްގާރޑް ލޯންޗެއް - ފޮޓޯ: އެމްއެންޑީއެފް

ކ.ތުޅާގިރި ރިސޯޓު ކައިރިން "ކުރުމަސް" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ކޯސްޓުގާޑަށް ލިބިފައިވަނީ މިއަދު 14:15 ހާއިރު ކަމަށާއި މި ހާދިސާ ހިނގިއިރު ދޯނީގައި ތިން މީހުން ތިބި ކަމަށެވެ.

މި ދޯނި މިހާރު ތުޅާގިރި ރިސޯޓު ކައިރީ ހިއްކަމުންދާ ސަރަހައްދަށް ބީއްސާލާފައިވާ ކަމުގެ މައުލޫމާތު ކޯސްޓުގާޑަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ދޯނީގެ ބަނޑުފިލާ ވަނީ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ދިޔަވެފައި ކަމަށާއި ކޯސްޓްގާޑުގެ ޑައިވަރުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު