ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރަން ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހަށް ވަނީ ފޮނުވައިފައެވެ. އެ އިސްލާހު މަޖިލިހަށް ފޮނުއްވީ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)އެވެ.

މި ހާލަތުގައި ގާނޫނުއަސާސީގައި އަތްލާކަށް ނުވާނެ: އާޒިމް

އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ހިސާން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތަކީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ. މިހާރު މިއޮތް ހާލަތަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް، ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައިވާ ހާލަތެއް ނޫން ކަމަށް ވެސް ސިޔާސީ ބައެއް ބޭފުޅުންގެ ދިފާއުގައި ކުރިން ވަކާލާތު ކުރެއްވި ހިސާން ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދަންމާލަށް ގާނޫނުއަސާސީއަށް އިސްލާހެއް

ހިސާން ފާހަގަ ކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި އޮތް ކުއްލި ހާލަތަކީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާންކުރި ހާލަތެކެވެ.

"އެެހެންވެ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި ދެންނެވި ގާނޫނުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަ ކުރުމަށް ފަހު، މިއަދު މި އިއުލާންކޮށްފައި އޮތް މި ހާލަތަކީ ގާނޫނުއަސާސީއާ އެއްވެސް މިންވަރަކަށް ތައާރަޒް ވާނެ ކުއްލި ހާލަތެއް ކަމަށް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިހާރު ސަރުކާރުން އިއުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނީ އިމުގެ ތެރެއިން އިޖުރާއުތައް ފުރިހަމަ ކުރުމަށް ފަހު، އިއުލާންކޮށްފައި އޮތް އިއުލާން ކުރުމެއް،" ހިސާން ވިދާޅުވިއެވެ.

މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުރަހެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުރަހެއް އަންނާނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރީމަ ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާރު އޮތް ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދުގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އަދި މިކަމާ މެދުގައި މިއަދުގެ ވޯޓު ގަޑީގައި ވޯޓެއް އަހަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަޒީރާމަނިކު

    މިހާރު މިއޮތީ ގާނޫނު މޮޑެލަން ލިބިފައިވާ ހާލަތެއް. ކޮވިޑް19 ނުނިމެނީސް އެޖެންޑާ19 މޮޑެލާ.

    13
  2. ގިނިރާހި

    ކޮންމެހެންވެސި މިހާސްކަމުގެ ވަގުތުގަ ކަލޭމެން ޖެހޭނީ ޤާނޫނު އަސާސީ މޮޑެލާފަ ރޮއްޓެއްހެން ފިހެލާން އޭރުން ކަލޭމެނަށް އެ ކާލެވޭނީ މިހާޜުވެސް ކަލޭމެންގެ ދެ ކަނބަލަކު ވަނީ ޤާނޫނު އަސާސީއޭކިޔާ ފޮތަށް ފައިންއަރާ އޭގެ ހުރުމަތް ކަނޑާލާފަ ކަލޭމެންގެ ކުރިމަތީ ޤާނޫނު އަސާސީއެއް ނެތް ކަލޭމެންދެކޭ ގޮތުގަ ޤާނޫނުއަސާސީއަކީ ކަލޭމެންތިޔަ ގެންގުޅޭ މަކަރުވެރި އެޖެންޑާ 19 މިކަހަލަ ހާސްކަމުގެ ވަގުތެއްގަ ޤާނޫނު އަސާސީ ކަލޭމެން ބޭނުންހާ ގޮތަކަށް ބަދަލްކޮށް ދިވެހި ރައްޔިތުންނަށް ކިހިނެއް ހަދަންކަމަށްތަ ތިއުޅެނީ؟ މުޅި ޤައުމު ބަނޑުދަށުލެވުނީމަ އެވަރުންވެސް ހިތް ނުފުރުނީތަ؟ ތުސްތޫރީކަންކަން ހައްލުކުރެވޭނެ މަގު އެބައޮތް މީގެ ކުރިންވެސް ކަންކަން ކުއްލިހާލަތުގަ ހަމަޖައްސަނީ ޤާނޫނު އަސާސީ މޮޑެގެނެއްނޫން ޝަރުޢި ކޯޓުތަކުން އެކަންކަމަށް ފަރުވާދޭނެ މީގެކުރިންވެސް ހުރީ ފަރުވާ ދީގަ ކޮންމެހެން އަހަރުމެން ލޮލުގަ އަނދުންއަޅުވާގަ ޤާނޫނު އަސާސީ ފުނޑާލަން ނޫޅެ މި ދަތިކަމުގެ ދުވަސްވަރު މާރަނގަޅުވާނެ ކަލޭމެން ނާްގީ ނުކުޅެ ނޯޕޭ ނަގައިގެން ގޭގަ ތިބިއްޔާ މާކަންކަން ކުރެވޭ ބައެއްކަން ދެއްކުމަށް ތާކުންތާކު ނުޖެހޭ ކުޅިވަރުކުޅޭނެކަމެއްނެތް ކަލޭމެން ތިޔަ ޖަހާ ސަކަރާތް ބަލާކަށް ބޭނުމެއްނުވޭ

    13
  3. މަސީހު

    ތީއަބްލޯ ގާޒީ ވަގައްނަގަންވެސް ލަފާދިންމަންޖެ

    14
  4. ޑަކައިތި

    އެއްވެސްގޮތަކަށް ސިއްހީ ކުއްލިނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީގައި އަތްލައި އެއަށްބަދަލުގެނައުމަކީ ގާނޫނުއަސާސީއާއި ހިލާފުކަމެއް އެކަންކުރެވޭނީ އެންމެ އެއްތަންވެ ވަރުގަދަބަހުސަކަށްފަހުގައި ކުއްލިނުރައްކަލުގެ ހާލަތުފިލައިގޮސް ރައްޔިުންނަށް ހަމަޖެހުމެއް ލިބުމުން އެހެންނޫންނަމަ މިދަޑިވަޅުގައި ކުރެވޭކަންކަމީ ހުދުމުހުތާރު މިނަންލިބޭނެކަމެއް

    12
    1
  5. ފިރުޝާން

    ޢާނފަހެ އެންމެން ގޭބަންދުކޮށް ބައިތިއްބާ ބާރުގެ ބޭނުންކޮށް މި ނުރައްކާ ދަނޑިވަޅުގައި

    ތިއުޅެނީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަ ކަން ނިގުޅައިގަންނަންވެގެ ރާވާ ބޮޑު ޖަރީމާއެއްތީ..

    ދިވެހީން މިއީ ކަލޭމެން ހޮވި މެމްބަރުންގެ ހުރި އިޚްލާސްތެރިކަމަކީ..

    ގައުމަށް ދީނަށް ރައިޔަތުންނަށް ޢައްދާރުވުން..

  6. Juhaa

    މިއީ ހާދަ ފެންވަރު މަތިވެގެން އުޅޭ އަންހެނެކޭދޯ؟ އެކަމަކު އިސްލާމް ދީނުގައި އަންހެނާގެ ޢައުރައަކީ ކޮބައިކަމެއް މީނާއަކަށް ނޭނގޭ.

  7. ޣފ

    މަޖިލިސް މެންބަރުންގެ މުސާރަ 15000ރ އަށް ތިރިކ ކުރޭ..މިއީ ކަލޭމެން ތި ކިޔާ އިހުލާސްތެރި ކަން ދައް ކަންޖެހޭ ވަގުތު...ރައްޔަތުންގެ ފައިސާއިން އަރާމުގަ އުޅޭއިރު އެރައްޔަތުން އެތިބީ ބިކކ ކަވެފަ

  8. ޟާމް

    ހިސާން. ތި ޤާނޫން އަސާސީ ދިރުވާލާ

  9. ދަވާލި19

    ހޯހޯ ކަމަނާ ކޮވިޑު ވެގެން ކިއްލި ހާލަތުގަ ތިއްބަސް އަމިއްަ އެދުމާ ތެޅިގެންފިނަމަ ރައްޔިތުން ކމަނާމެން ކިއްލި ހާލަތައް ގެނެސްފާނެ