ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވެއްޖެއެވެ.

މޫމިނާއަކީ ދިވެހި ބަހާއި އަދަބިއްޔާތަށާއި ދިވެހި ދައުލަތަށް އަދި މާލޭގެ ގަލޮޅު އަވަށަށް ވަރަށް ގިނަ ހިދުމަތްތައް ކޮށްދެއްވި ހިދުމަތްތެރިއެކެވެ. އުމުރުން 80 އަހަރުގެ މޫމިނާ އަވަހާރަވީ ކުއްލި ގޮތަކަށެވެ. މޫމިނާގެ ހާލު މިއަދު ގޯސް ނޫން ކަމަށް އާއިލާގެ މެމްބަރަކު "ވަގުތަށް" ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ވެސް މޫމިނާ އުޅުއްވީ ހެޔޮހާލުކޮޅުގައި ކަމަށާއި އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ.

"އާންމުކޮށް ހެނދުނު ސައިބޮއެގެން އޮށޯވެވަޑައިގަތުމަކީ ކުރައްވާ ކަމެއް. އާދައިގެ މަތިން މިއަދު ވެސް އެގޮތަށް ސައި ބޮއެގެން އޮށޯވެވަޑައިގަތީ. ހޭފުޅު ލެއްވުން ލަސްވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ އަވަހާރަ ވެފައި. ޑޮކްޓަރުން ވެސް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިއިރު ވެސް އަވަހާރަވެފައިވާ ކަމަށް،" އާއިލާގެ މެމްބަރަކު ވިދާޅުވިއެވެ.

މައުމޫނާއި މޫމިނާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ.

މޫމިނާ ވަނީ ދިވެހި ބަަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި ގަލޮޅު އަވަށުވެރިޔާގެ އެހީތެރިޔާގެ މަގާމު ފުރުއްވާފައެވެ.

އައިޖީއެމްއެޗުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އަސީލް ޖަލީލާއި ވެލެންސިއާގެ ކުރީގެ ހިންގުންތެރިޔާ އަަދީލް ޖަލީލަކީ މޫމިނާގެ ދެ ބޭފުޅުންނެވެ. އަދި މޫމިނާއަކީ، ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމަފުޅެވެ.

މޫމިނާ އަވަހާރަވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ އާއިލާ އަށް ތައުޒިޔާ ފޮނުވައިފައެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ މޫމިނާ އަވަހާރަވި ހަބަރު ޕްރޮގްރެސިވް ކޯލިޝަންގެ އެންމެހާ މެމްބަރުން އެހީ ފުން ހިތާމަ އާއި އަސަރާ އެކުގައި ކަމަށެވެ. އަދި މިވަގުތު ރައީސް ޔާމީން އާއިލާއާ ވަކިން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމަކީ ހިތާމަ އާއި އަސަރު އިތުރަށް ބޮޑުވެގެންދާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙަސަނާ

  މާތްﷲމަރުހޫމަގެ ފާފަފުއްސަވާ އާއިލާއައް ކެތްތެރިކަން މިންވަރުކުރައްވާށި އާމީން..

  130
 2. ފަލަކް

  މާތްﷲމަރުހޫމަގެ ފާފަފުއްސަވާ އާއިލާއައް ކެތްތެރިކަން މިންވަރުކުރައްވާށި އާމީން

  68
 3. ޓައްޕު

  މާތްﷲމަރުހޫމަގެ ފާފަފުއްސަވާ އާއިލާއައް ކެތްތެރިކަން މިންވަރުކުރައްވާށި އާމީން..

  46
  1
 4. ސީނު

  ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު އަދި...
  މައުމޫނާއި މޫމިނާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ....
  ވާނުވާ އަކީ ކޮބާ؟
  އިންނާލިﷲވައިންނާއިލައިހި ރާޖިިޢޫން..މާތްﷲ މަރުހޫމާގެ ފާފަފުއްސަވާ އާއިލާއައް ކެތްތެރިކަން މިންވަރުކުރައްވާށި އާމީން..

  20
  1
  • ާާާޢަލީ

   ވާނުވާޔަކީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެތިންމީހުންގެ ދެން ހަގަށްތިބި މީހުނަކީ އެއްބަފާ ވަކި މަންމަޔޭ!! ސާފުތަ؟؟؟

   4
   4
 5. ވަގުތީ

  މަރްޙޫމްގެ ފުރާނަފުޅަށް ފާފަފުއްސަވާ ރަޙްމަތް ލައްވާށި.އާމީން

  23
 6. ނޫޙު

  މަރްޙޫމްގެ ފުރާނަފުޅަށް ފާފަފުއްސަވާ ރަޙްމަތް ލައްވާށި.އާމީން

  11