އިއްޔެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް މެދުވެރިވި މައި ކޭބަލް މައްސަލަ މިހާރު ހައްލުކޮށްފައިވާކަަމަށް އެ ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން މާލެއަށް ކަރަންޓް ދެމުން އަންނަ މައި ނެޓްވޯކުގެ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ރެއާ ހަމައަށް ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވިއެެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މިހާރު އެ މައްސަލަ ހައްލުކޮށް، ކަރަންޓް ކަނޑައިގެން ދިޔަ ސަރަހައްދުތަކަށް މައްސަލައެއް ނުޖެހި ކަރަންޓް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އިއްޔެ ކަރަންޓް ކެނޑިފައި ވަނީ ބޮޑުތަކުރުފާނު މަގު މައްޗަންގޯޅި އާއި މާފަންނު ހިމެނޭ ސަރަހައްދުންނެވެ.

އެ ހިސާބުން ކަރަންޓް ކެނޑެން މެދުވެރިވީ ބޮޑުތަކުރުފާނު މަގު ކޮނުމުގެ ތެރޭގައި އެ ކުންފުނީގެ 11 ހާސް ވޯލްޓްގެ މައި ނެޓްވޯކުގެ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.