ޓިކެޓް ލިބޭނެ ކަމަށް ބުނެ މޯލްޑިވިއަންގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އަކުން އެއްވެސް ބޭފުޅަކަށް ނުގުޅާނެ ކަމަށެވެ. އަދި ހަމަ އެކަނި އެބޭފުޅުންނަށް ޓިކެޓް ނެގެވޭނީ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރު އަދި ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވަނީ އެކުންފުނިން އެއްވެސް ބޭފުޅަކަށް ޓިކެޓް ދިނުމަށް ނުގުޅާނެ ކަމަށް ވިދާޅުވެފައެވެ.

"މޯލްޑިވިއަން އަކުން ހަމަ އެއްވެސް ބޭފުޅަކަށް ޓިކެޓް ވިއްކާކަށް ނުއެއް ގުޅާނެ. މޯލްޑިވިއަން އަކުން އިތުރު ނަންބަރެއް ނުދޭނެ ޓިކެޓް ބައްލަވައިގަނެވޭނެ ނަންބަރެކޭ ބުނެފައެއް. ހަމަ އެކަނި އޮންލައިން މެދުވެރިކޮށް، މެލޭޝިއާ އަދި ރާއްޖެއިން ބޭރުގައި ތިބި ގެނައުމަށްޓަކައި މިކުރާ މަސައްކަތުގައި ޓިކެޓް ބައްލަވައިގަނެވޭނެ ހަމަ އެކަނި ގޮތަކީ އޮންލައިން ކޮށް" މޫސާ ވަސީމް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ވަނީ މެލޭޝިއާއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އަންނަން މިއަދު ހަވީރު ފަހަކުން ފެށިގެން ޓިކެޓް އޮންލައިންކޮށް ގަނެވޭނެ ކަމަށް ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ ނާދެވި ލަންކާގައި ތިބި ބައެއް ދިވެހިން އިއްޔެގެ ވަގުތެއްގައި މޯލްޑިއަން އިން ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި އިތުރަށް ގެންނަން ޖެހޭ ދިވެހިން ގެނައުމުގެ މަސައްކަތް މިހާރު މޯލްޑިވިއަންއިން ވަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަމަނުޖެރި

    ކާފިޔުވެސް ވާގޮތަށް، ސަރުކާރުބަލިކަށިކަމުން ފުނޑޭނީ އަހަރުމެން. އެހެންނޫނީ، ފޭކުޖައްސާ ނަންބަރުތައް ހަމަވަގުތުން ކަނޑައިލުން ، ނަންބަރު ނެގިމީހާގެ ހުރިހާ ނަންބަރެއްގެ ހިދުމަތް ކަނޑާލުން... މިހެން ހަދާލަބަލަ

  2. ނެގެޓިވިޓީ

    ތެދުވެ ރިން ނޫޅެޔޭ އިނގޭ
    އެކުވެ ރިން ނޫޅެޔޭ އިނގޭ
    ކެހިވެ ރިން ގިނަ ތަނެއް އިނގޭ
    ދުނިޔެ މީ ދަސްކު ރޭ އިނގޭ

  3. ދަންބެ

    ސަ ރުކާ ރު ތިހާބޯގަޅިތަ ހަމަ.

  4. ޢަހްމަދު މޫސާ

    ޥަކި ބަޔަކަށް ޓިކެޓް ރިޒާވް ކޮށްފަ ހުރި ހެނަ ހާދަ ހީވޭ.. ހެކަރުންނޭ، މިއޮތީވާ ވެރިކަމެއް