ރާއްޖޭގައި ކޮވިޑް-19 އާ ގުލިގެން އާއްމު ރައްޔިތުން ގޭގައި ތިބުމަށް ވީހާވެސް ބޮޑަށް ބާރު އެޅުމުގެ ގޮތުން މޯލްޑިވްސް ގޭހަށް އެސްއެމްއެސް ކޮށްލައިގެން ގޭހުގެ ހިދުމަތް ހޯދައިނެ ގޮތް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ގޭހުން މި ހިދުމަތް ފެށީ މިއަދުއެވެ. މޯލްޑިވްސް ގޭސް އިން ބުނީ ކޮންމެ ކަސްޓަމަރަކަށް ދީފައިވާ ކޯޑާއި ކަސްޓަމަރުންގެ އައިޑީކާޑު ނަންބަރު އައިޓަމް ކޯޑު ޖެހުމަށްފަހު "7201616" ނަންބަރަށް އެސްއެމްއެސް ކުރުމުން މޯލްޑިވްސް ގޭހުގެ ހިދުމަތްތަކަށް އޯޑަރު ކުރެވޭނެ ކަމަށެވެ. މީގެއިތުރުން އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕު" މިފަދައިން ޖެހުމަށްފަހު އެސްއެމްއެސް ކުރުމަށް މޯލްޑިވްސް ގޭހުން މައުލޫމާތުދެއެވެ.

މީގެއިތުރުން އެސްޓީއޯ އިން ވަނީ ގޭގައި ތިބެ ގޭހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓު maldivegas.com/order އަށް ޒިޔާރަތް ކުރުމުން އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ގޭހުން ވަނީ އެ ކުންފުނިން އެންގުޅޭ ވެހިކަލްތަކާއި ގޭސްފުޅިތައް ވެސް ޑިސް އިންފެކްޓު ކޮށްފައެވެ. ކޮވިޑް-19 އާ ގުޅިގެން ގިނަ ކުންފުނިތަކުން އަންނަނީ އެ ކުންފުނިން ކުރިން ދެމުން ދިޔަ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާއްމު ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުންނެވެ.