ދުނިޔޭގެ ގިނަ އިލްމުވެރިންގެ ދަރުސްތައް ގެނެސްދެމުން އަންނަ "ޕީސް ޓީވީ" ނުފެންނަނީ ސިގްނަލް މައްސަލައަކާއި ގުޅިގެން ކަމަށް މީޑީއާނެޓުން ވިދާޅުވެއްޖެއެވެ.

މީޑިއާނެޓްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، "ޕީސް ޓީވީ" ދެއްކުން މިވަގުތު މެދުކެނޑިފައިވަނީ ދިމާވީ ސިގްނަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލު ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

"އެ ޓީވީ އެއީ ސިގްނަލް އިޝޫއެއް އުޅޭތީ ނުލިބެނީ. މަސައްކަތް މިހާރު ކުރެވެމުން ދަނީ ހައްލު ކުރެވޭތޯ" މީޑީއާނެޓް ގެ އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން ގިނަ ބަޔަކު ގަބޫލު ކޮށްފައިވަނީ ރާއްޖޭގައި ހަމަ އެކަނި "ޕީސް ޓީވީ" ދައްކަވަމުން އަންނަ މީޑީއާ ނެޓުން އެ ޓީވީ ހުއްޓާލާފައިވަނީ އެހެން ގައުމުތަކުގައިވެސް މަނާ ކޮށްފައިވާތީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ދެއްކުން މަނާ ކޮށްފައިނުވާ، ދިވެހިންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ "ޕީސް ޓީވީ" ނުފެންނާތީ ގިނަ ބަޔަކު ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"ޕީސް ޓީވީ" އަކީ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވައިގެން، އިސްލާމްދީނުގެ މަތިވެރިކަން ބަޔާން ކޮށްދެއްވާ، ޙާއްސަ ޕްރޮގްރާމްތަކެއް ގެނެސްދޭ ޓީވީއެކެވެ.

ޑރ. ނައިކްގެ މައްސަލަތަކެއް އިންޑިއާއިން ތަހުގީގު ކުރަމުންދާއިރު ޕީސްޓީވީ ވަނީ އެގައުމުގައި މަނާ ކޮށްފައެވެ. އަދި ހަމަ ބަންގްލަދޭޝްއިންވެސް ވަނީ ޒާކިރު ނައިކް ޓެރެރިޒަމްއަށް ވާގިވެރިވާކަމަށް ބުނެ އެ ޗެނަލް ބްލޮކް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. Anonymous

  ހަމަ ގަސްތުގަ ކަނޑާލީ، ދޮގު ނަހަދާ،

  65
  7
  • ޙައްގުބަސް

   ހަމަ މުޅިން ދޮގު!! އެންމެން އަނގަ ފުޅާކޮށްފަ ވާހަކަ ދައްކަން ތިއްބާ ބޭނުންހާ އެއްޗެއް ހަދާ ނިންމާލައިފި!! ދިވެހިންގެ ކިޔަމަންތެރިކަމުގެ ނާޖާއިޒު ސަރުކާރުންވެސް ނަގަނީ!! ކުންފުނި ތަކުންވެސް ނަގަނީ! ދިވެހި ރައްޔިތުންނަށް ބޭނުންހާ އެއްޗެއް ހަދާއިރުވެސް ރައްޔިތުން ކިޔަމްނަތެރިކަމާއެކު! ބޭނުން އަގެއްގަ މުދާ ވިއްކަނީ!! ބޭނުން އަގެއްގަ ކުންފުނި ތަކުންވެސް ޚިދުމަތް ފޯރުކޮށްދެނީ! ދިވެހި ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހަމައެކަނި މާލެ ތަރައްގީކުރަނީ! އެފައިސާ ޖީބަށް ލަނީ!! އެފައިސާއިން ވައްކަން ކުރަނީ! އެފައިސާއިން ރިޝްވަތު ދެނީ! ރާއްޖޭގައި ވާދަވެރިކަން އިތުރުކުރަން ރައްޔިތުންނަށް އަގުހެޔޮށް ދަތުރު ފަތުރުކުރެވޭނެގޮތް ހަދަން ކުންފުނިތަކުން އެއަރލައިން އޮޕަރޭޓްކުރަން ފެށުމުން ދަތިކުރަނީ! ބޭނުން ތަނަކަށް އަގުހެޔޮކޮށް ދަތުރުވިޔަނުދޭ! މޯލްޑިވިއަންއޭ ކިޔާ ފެލާ ކުންފުނިން ފިއްތަނީ! އައްޑޫއަކަށް އެހެން ފްލައިޓަކަށް ދަތުރުވިޔަނުދޭ! އައްޑޫ ރައްޔިތުން ހުރިހާ ގޮތަކުންވެސް ފެލަނީ! މާލޭ މީހުން ގެދޮރު ބޮޑު އަގުގައި ކުއްޔަށް ދީގެން!! ޕީސް ޓީވީ ކަނޑާލީ ކީއްވެގެންތޯ އަހަން އެތަނަށް ދިވެހި ރައްޔިތުން ނިކުމެ އެއްވާ ހިސާބުން ކިޔާދޭނެ! ޑިމޮކްރަސީ ފައްކާވާނީ ގޭގައި ތިބެގެނެއްނޫން! ގާނޫނު އަސާސީން ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ އިހްތިޖާޖުކުރުމާ މުޒާހަރާ ކުރުމާ މަސައްކަތް ނުކޮށް ހުއްޓާލަން އޮތް ޙައްގުތަކުގެ ބޭނުން ރައްޔިތުން ހިފަން ފެށި ދުވަހަކުން މިކަންކަން ބަދަލުވާނެ!! ކޮންމެ ބަޔަކުވެސް ބޭނުންހާ އެއްޗެއް ހަދާފަ ރައްޔިތުން ބިކަކުރާތަން ބަލަން ރައްޔިތުން މަޑުން ތިބޭކަށް ނުޖެހޭ! ބިރުފަހައަނަޅާ ދާން އެބަޖެހޭ!! ޙައްގު ހޯދަން!

  • ަަސަމްސިއްޔާ

   ކޮންގައްޑާއެއް ވާކަށް. ކަލެއަށްމާ ބޮޑަށް އިނގެނީ

   3
   20
   • Anonymous

    ޖައްބާ ރުވާހަކަނުދައްކާ

   • ްއަނިލް

    ކަލެއަށް އިނގޭލެއްވެސް ވަކި ކުޑަ އެއްނޫން

 2. ސަރުކާނު

  އިމްރާނާ ހަމީދު އިންޑިއާއަސް ކުރި ދަތުރަށް ފަހު ސިގްނަލް ނުލިބުނީ. މިވަރު އޯކޭނު؟

  58
  8
 3. ޕީއާރު

  ސިގުނަލަށް ކޮރޯނާގެ އަސަރުކުރީތަ؟

  12
  1
 4. މާމީ

  ގެރި ބުނެގެން ކަނޑާލީ. ކޮންދޮގެއްތިހަދަނީ.....

  16
  1
 5. Anonymous

  އިންސާނުން ނޭނގުމެއްގެ ތެރޭ ތިއްބާ މާތްﷲގެ ކޯފާ އައިސް ބައްދަލު ކުރީ، އަދިވެސް ކާފަރުން އެއްބަޔަ ކު އަނެއްބަޔަ ކު ބޮލުގަ އިލްޒާމުތައް އަޅުވާ ޖަދަލު ކުރަމުން މިދަނީ، މި ކަމުންވެސް ޢިބުރަތް ޙާޞިލް ކުރަމާތޯ،

  13
  1
 6. ފިރޭ

  ށިގުނަލްވެސް ލިބޭ ކެރިޔާވެސް އެބައިން މީޑިޔާ ނެޓުން ހަދަނީ ދޮގު

  11
  1
 7. އެނގެ

  ތީ ދޮގެއް. މޯދީގެ ޕްރެޝަރު

  12
  1
 8. ޢަލީ

  އެޗެނަލުގެ ސިގުނަލް ރާއްޖެއަށް ލިބުގައި އެއްވެސް މައްސަލައެއް ނޫޅޭ
  އަހަރެން ރާއްޖެ ތެރޭ ރަށަކުން މިހާރުވެސް ބަލަމުން މިދަނީ

  11
  1
 9. މުކި

  ތިލިބޭގޮތް ހަދާނެކަމެއްނެތް

  4
  17
 10. ނާޒިމާ

  ކަސްޓަމަރުން ގެ ކިބައިން މަޢާފަށްވެސް އެދެންވާނެ މިވަރަށް މީހުން ގުޅާއިރު ކީއްވެބާ ވެގެން ވެގެން އުލޭގޮތް ބަޔާންކޮށް އެނައުސްމެންޓެއް ނުދިނީ

  15
  1
 11. ސޭހް

  ދުވަހަކު ނުފެނުނަސް ހެޔޮ ތި ޗެނަލް އިންނާތީވެސް ބޮލަން އުނދަގޫވޭ އަސްލު އެމީހަކު ބޭނުން ޗެނަލެއް ޗޯސްކުރެވޭގޮތަށް ޕެކޭޖްތައް ހަދަންޖޭނީ

  5
  18
 12. ޫތޔތ769

  ހަމަގަސްތުގަކަނޑާލީ މިސަރުކާރުގެއެންގުމެއްތަންފީޒުކޮއްލީ މީޑިޢާނެޓްބޮއިކޮޓްކޮއްލަންގޮވާލަން

  15
  1
 13. ޏަމް

  އިމް ރާންހައްޔަ ރު ކު ރޭ ރަށްޔަތުން ރަތަށް ނާ ރަނީސް.

  10
  2
 14. ޙަމަހަމަ

  ހމމ ވޭތުވެދިޔަ ދުވަސްތަކުގައި މީޑިއާނެޓަށް "ސިގްނަލް މައްސަލާގައި ނުލިބޭ" ޗެނަލްތަކުގެ ތަކުގެތެ ރެއިން - އިޤް ރައު، ސައުދީ، ޕީސް ... ޗެނަލްތަކުގަ އެއްގޮތްކަމެއް އެބަހު ރި...

  ސިގުނަލް ފޮނުވާފަ ރާތުން ނުލިބެނީތަ ނޫނީ ވަކި ފިކު ރެއްގެ ބަޔަކާއި "ސިގުނަލް" ދިމާނުވަނީތަ ؟

  11
  1
 15. ޒާން

  ރަނގަޅީ ދުވަހަކު ސިގްނަލް ނުލިބުނިއްޔާ.

  3
  23
 16. މާވަށް

  މަހުން މަހައް ލާރި ކާނ ސިގްނަލް ނުލިނުނަސް. މަހަކު ކިތައް ފަހަރު ގުޅައިގެން އާދޭސް ކުރަން ޖެެހެނީ. 3 މަސް ވަނީ. ވަނީ ކީއްތޯވެސް ބަލާލަން އަދި ނާދެވޭ.

 17. ރަދީފް

  ސިގްނަލް ލިބޭނެ،ވަކި ބައެއްގެ ޕްރެޝަރުގެ ސަބަބުން ޗެނަލް ކަނޑާލީ.މީޑިޔާ ނެޓްގެ ޗެނަލް ލިސްޓުންވެސް ޕީސް ޓީވީ ވަނީ އުނިކޮށްފަ.ދެރަކަމެއް.ފެޝަން ޓީވީގެ ސިގްނަލް ނުގެއްލޯ ދޯ.ލަދު ކޮބާ؟؟ ވ.ވެދުން

 18. މީޑިއާދައު

  ނައިފަރު އެން ސީ އެންގެ ޕެކޭޖުން ޕީސްޓީވީ ބަރާބަރަށް ލިބޭ....

 19. އެލޭކޮސް

  ޕީސްޓީވީ ކަނޑާލީ އެލޭކޮސް ބުނާގޮތުން ޕޯން ސއަިޓުތައް އޯޕަންކޮށް އޮތުމުން ލިބޭ ގެއްލުމަށް ވުރެ ޕީސްޓީވީން މިޖުތަމައު ފަސާދަ ވާކަމަށް ޔޫރަޕިއަން އިއްތިހާދުންނާ މޫދީ އޭނަޔަށް އެޑުވައިޒު ކުރާތީވެ!!!

 20. ގިނަށަ

  ތިޗެނަލްއަކީ ޓެރަރިޒަމްއަށް ހިތްވަރުދޭ ޗެނަލްއެއް