ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އިންނަވާ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިންގެ ބަދަލުގައި އެ ކޮމިޓީއަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހަމަ ޖައްސައިފިއެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެކަން ވަނީ މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވާފައެވެ. ނިހާދު އެ މަގާމަށް ހަމަޖެއްސެވިއިރުވެސް ޖޭއެސްސީއާ ގުޅިގެން ޖުޑިޝަރީ ކޮމެޓީގައި ކުރިޔަށް ގެންދާ އެއްވެސް ބައްދަލުވުމެއްގައި މީގެކުރިންވެސް ހިސާން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ޖުޑީޝަރީ ކޮމެޓީއަކީ ގާނޫނުއަސާސީގެ ދަށުން ޝަރުއީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ކަންކަން ދިރާސާ ކުރުމާއި އަދި އެފަދަ މުއައްސަސާތަކާއި ގުޅުންހުރި މައްސަލަތައް ބެލުމަށް މަޖިލީހުން އުފެއްދި ކޮމެޓީއެކެވެ. އެ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފިލްވ

  އޭނަ ބޭރުކުރަން ލަސް ވެސް ވެއްޖެ.

  8
  1
 2. ޟާމް

  ސާބަހޭ ކަލޯ. އައްޑޫ ޢިލްމުވެރި މެމްބަރުންނަށް ސާބަސް

 3. ދެކުނުތަރި

  ތިކަލޭގެ ކިޔަވަން ފޮނުވާ!

  2
  1
 4. ޢަބުދުލްޙަކީމު

  މިދަ ރިއަށް މިކަން ވާނެބާ!

  3
  1
 5. ރަދީފް

  ބޮޑު ރޯނުއެދުރެއް.ގާނޫނު ރަނގަޅަށް ކިޔަންވެސް ނޭނގޭ މީހަކު ކޮމިޓީއަށް ލައިގެން ތިބެ އަތްޖަހާ.