ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވިއިރު އެކަމަނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ކަމަށް ބުނެ ރާއްޖެ އެމްވީ އިން ލިޔެފައިވާ ހަބަރަކީ ދޮގެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން

ރާއްޖެ އެމްވީގެ ހަބަރު ދޮގުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމް އަދި ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީންގެ އާއިލާ ބޭފުޅަކު އަވަހާރަވެގެން، އާއިލާ ފުން ހިތާމައެއްގައިވާ ދަނޑިވަޅުގައިވެސް ބައެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އެފަދަ ހަޑި މުޑުދާރު ކަންކަންކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ އެމަނިކުފާނުގެ އާއިލާއަށް އިތުރު ހިތާމައާ އަނިޔާ ދިނުމަކީ އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެ ކޯލިޝަނުން ބުނީ ރާއްޖެ އެމްވީގެ އެ އަމަލީ ނޫސްވެރިިކަމުގެ އެތިކްސްއާ މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަދި ބައެއް މީޑިއާތަކުން ރައީސް ޔާމީންގެ އަގު ވައްޓާލުމަށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖެ އެމްވީގައި އެ ހަބަރު ލިޔުނު ފަރާތުންނާއި ރާއްޖެ އެމްވީގެ ފަރާތުން އެމަނިކުފާނާއި އާއިލާގެ ކިބައިން މައާފަށް އެދުމަށްވެސް ވަނީ ގޮވާލާފައެވެ.

އަދި އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާ ފިޔަވަޅު އެޅުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މޫމިނާ އަބްދުލްގައްޔޫމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅުވެސްމެއެވެ. މޫމިނާއަކީ ދިވެހި ބަހާއި އަދަބިއްޔާތަށާއި ދިވެހި ދައުލަތަށް އަދި މާލޭގެ ގަލޮޅު އަވަށަށް ވަރަށް ގިނަ ހިދުމަތްތައް ކޮށްދެއްވި ހިދުމަތްތެރިއެކެވެ. އުމުރުން 80 އަހަރުގެ މޫމިނާ އަވަހާރަވީ ކުއްލި ގޮތަކަށެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަމްރިޝްޕޫރީ

    މިއަކުން އަދި ނޭގުނު ޔާމީނު ސަހަރާޔަށް ގެންދިޔަކަމެއް ނުވަތަ ނޫންކަމެއް!

  2. އައްޔު

    ދެން ތިޔަވަރުބޮޑުދޯ ރައީސް ޔާމީން އަކީ މިގައުމުގެ 95000 ރައްޔިތުންގެ ތާއީދުއޮތް ބޭފުޅެއް މީ މަދައްކާވާހަކައެއް ނޫން ތިޔަނޫސްވެރިން ދައްކާވާހަކަ އާއިލާއާއި ބެހުމަކީ ނޫސްވެރިކަމެއްނޫން އެއީ ޓެރެރިޒަމް ވަރަށް ސަލާމް

    3
    1
  3. ބުއްޅަ

    އަންނި ގާތުގައި އަހާލަބަ ރޓވ ގެނެސް ދެނީ ކޮން ދީނެއްގެ ޚަބަރެއްތޯ

    3
    1
  4. އަލްޖިބްރާ

    ޔާމީނުގެ އަގުވައްޓާލަން ބަޔަކު އުޅެނީ އޭ ގޮވާއިރު އޭނާއަކީ ވަގެއްކަމަށް ސާބިތުވެފައިވާ މީހެކެވެ. ވަގެއްގެ އޮތީ ކޮން އަގެއް ހެއްޔެވެ؟

    5
    1
    • Anonymous

      ކާކު ތިކަން ގަބޫލު ކުރަނީ؟ ގައިމު ކަލެޔާ ތިރީނދޫ ބައިގަނޑާ ތީ ލާދީނީ ބަޔެކޭ ބުނީމަ އެވާހަކަ ގަބޫލުކުރާނެ މީހުން މާ ގިނަވާނެ މިހާރު ރާއްޖޭގަ. ދެން ކޮން ވާހަކައެއް ތ ދައްކަނީ ހިތުން މާ މޮޅު ވެފަ؟

  5. ދޮގު ހަބަރު

    ރާއްޖެ ތީވީން ދޮގު ނަބަރު ފަތުރައި ރާއްޖެ އެމްވީން ދޮގު ޚަބަރު ފެތުރިއަސް އެއީ މާ ބޮޑު މައްސަލައަކަށް ނުވާޏެ މި ސަރުކާރު ގެނައުމަށް ހާދަ މަސައްކަތެއް ކުރިބައެކޭ އެއީ ކޮން ވާހކައެއްނުދައްކަނީ ކޮންފަދަ ބޮޑެތި ދޮގުތައް ނުހަދަނީ އެހެންވީމާ މިއަދު އަދި އެފަދަކަމެއްކުރިޔަކަސް މާ ބޮދު ކަމަކަށްނުވާނެ

    2
    4