ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވިއިރު އެކަމަނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ކަމަށް ބުނެ ނޫސްތަކުގައި ދޮގު ހަބަރު ފަތުރަމުން އަންނާތީ ރައީސް ޔާމީނަށް ބޮޑުބޭބެފުޅު އަދި މޫމިނާއަށް ބޮޑުދައިތާފުޅު ވިދާޅުވާ ގައްސާން މައުމޫން ހިތްޕުޅާ ހަމަޖެހިވަޑައިނުގެންފިއެވެ.

ރާއްޖެ އެމްވީ އިން ވަނީ ރައީސް ޔާމީން މޫމިނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ކަމަށް ބުނެ ހަބަރެއް ޝާއިއު ކުރައްވާފައެވެ. އަދި އެ ހަބަރާއި ގުޅިގެން ގައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެ އެމްވީގެ އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި ކަމުގެ ހަގީގަތް ބެލުމަށްފަހު ހަބަރު ފެތުރުމަށް ގޮވާލާފައެވެ.

ގައްސާންގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެ ހަބަރު ދޮގުކޮށްފައެވެ. ރާއްޖެ އެމްވީގެ ހަބަރު ދޮގުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމް އަދި ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީންގެ އާއިލާ ބޭފުޅަކު އަވަހާރަވެގެން، އާއިލާ ފުން ހިތާމައެއްގައިވާ ދަނޑިވަޅުގައިވެސް ބައެއްގެ ސިޔާސީ މުހުތާދުތައް ފުއްދުމަށް އެފަދަ ހަޑި މުޑުދާރު ކަންކަންކޮށް، އެމަނިކުފާނުގެ އަބުރުފުޅަށް އަރައިގަނެ އެމަނިކުފާނުގެ އާއިލާއަށް އިތުރު ހިތާމައާ އަނިޔާ ދިނުމަކީ އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މޫމިނާ އަބްދުލްގައްޔޫމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅުވެސްމެއެވެ. މޫމިނާއަކީ ދިވެހި ބަހާއި އަދަބިއްޔާތަށާއި ދިވެހި ދައުލަތަށް އަދި މާލޭގެ ގަލޮޅު އަވަށަށް ވަރަށް ގިނަ ހިދުމަތްތައް ކޮށްދެއްވި ހިދުމަތްތެރިއެކެވެ. އުމުރުން 80 އަހަރުގެ މޫމިނާ އަވަހާރަވީ ކުއްލި ގޮތަކަށެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުހުތާން

    ރާ ޓީ ވީ ދޮގު ޚަބަރު ފެތުރުމުން އެނުވާނެ ދޯ ދޮގު ޚަބަރަކަށް ފަހަތައްދާ ސަރުކާރެއްގައި ކުރިޔަށް ފިޔަވަޅު އެޅުމުގެ ބަދަލު ފަހަތަ ށޯ ފިޔަވަޅު އެޅޭނީ އަންނި ބުއްޏެއްނު ރޓވ އަކީ އަބަދުވެ ރޯ ބުހުތާ ޚަބަރު އުފަށްދާ މެޝިން!

    6
    2
  2. އައިޝ

    ތީ ހަމަ ދެވަނަ ޔާމީން ޝުކުރިއްޔާ ރާއީސްޔާމީން އަށް ޓަކައި ތިކުރަށްވާ ހިތްވަރަށް ދެގޮތެއް ނުވެތިގޮތުގައި ދެމިހުންނަ ވާނެކަމަށް އުންމީދުކުރަން ތިއީ ވަރަށް ހިތްވަރުގަދަ ކެރޭ ދަރިޔެއް ހިތްވަރާއި އެކު ކުރިއަށް ވަޑައިގަން ނަވާ ﷲ މަނިކުފާނު ގެޢާއިލާއަށް ކުރިއެރުން މިންވަރު ކޮށްދެއްވާށި އާމީން

    8
    1
  3. އިބޫ

    ކަންބޮޑުވާނެ ކަމެއްނެތް. ޔާމީނަކީ ސައުދު ޖަލަށްލާފައި ހުއްޓާ އޭނަގެ މަންނަ ނިޔާވުމުން ޖަނާޒާގައި ބައިވެރިވުމަށް ސައުދުވެސް ނުފޮނުވި ޖައްބާރު ނުލަފާ މީހެއް. އޭނަގެ އާއިލާގެ މީހަކު މަރުވީމާ ޖަނާޒާގައި ބައިވެރި ނުވުމަކީ ޔާމީނު ފަދަ ޖައްބާރު މީހުނަށް އައުކަމެއް ނޫން.

    ޤައްސާނަކީ ބައްޕައާއި ބޭބެ އާއި ޅިޔަނު ގެންގޮސް ޔާމީނުގެ އެންގުމަށް ޖަލަށްލާ ގަނަ ތެޅުވިއިރު ޗުއްޕު ވެސް ނުބުނެ ހުރި ޔާމީނު ފަދަ ޖައްބާރެއް.

    2
    1
  4. ރަގީބު

    ބައްޕަޔާބެހޭގޮތުން ދޮގުޚަބަރު ފެތުރިޔަސް އޯކޭ ދޯ.

    2
    2