ލ. ފޮނަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސިލްސިލާާ ދީނީ ދަރުސްތަކުގެ ތެރެއިން ވަރަށް ޚާއްސަ ދަރުހެއް މާދަމާ ރޭ އޮންނާނެކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން މައުލޫމާާތުދީފިއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ދީނީ ދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޔޫސުފް ވިދާޅުވީ، މިއީ ސިލްސިލާކޮށް ރަށުގައި ދީނީ ހޭލުން ތެރިކަން އިތުރު ކުރުމުގެ ގޮތުން ބާއްވަމުން އަންނަ ދަރުސްތަކެއް ކަމަށާއި މިއީ ޖަމިއްޔަތުއް ސަލަފްއާއި ކައުންސިލުން އިސްނަގައިގެން ބާއްވަމުން އަންނަ ދަރުސްތަކެއް ކަމަށެވެ.

" މިއީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ބާއްވާ ދަރުސްތަކެއް. ކައުންސިލް އާއި ޖަމިއްޔަތުއް ސަލަފްއާ ގުޅިގެން ދަރުސްތައް މިބާއްވަނީ. " ޔޫސުފް ވިދާޅުވިއެވެ.

ޔޫސުފް އިތުރަށް ވިދާޅުވި ގޮތުގައި ކައުންސިލްއިން ސިލްސިލާކޮށް ދީނީ ދަރުސް ބާއްވަމުން އަންނަތާ މިހާރު 2 އަހަރު ވެފައިވާކަމަށާއި އެގޮތުން މިއީ މިގޮތަށް ބާއްވާ 37 ވަނަ ދަރުސް ކަމަށެވެ.

https://www.facebook.com/AIEemaan/videos/577096376001776/

ލ.ފޮނަދޫ ކައުންސިލް އާއި ޖަމިއްޔަތުއް ސަލަފްއާއި ގުޅިގެން ބާއްވާ ބޮޑު ދަރުސްއެއް ލ.ފޮނަދޫ މެދުއަވަށު މިސްކިތް ބޭރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިދަރުސްގެ އިތުރުން ފޮނަދޫގެ ހުރިހާ މިސްކިތްތަކެއްގައިވެސް ނަމާދު ވަގުތުތަކަށްފަހު ދަރުސް ދެއްވާނެކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ. މިދަރުސް ދެއްވާނީ އައްޝެއިޚް އަޙުމަދު ސަމީރު ބިން އިބްރާހިމްއެވެ.

ފޮނަދޫގެ މިސްކިތްތަކުގައި ދަރުސް ދިނުމަށ ހަަމަޖެހިފައިވާ ވަގުތުތައް

މިދަރުސް އިންތިޒާމް ކުރާފަރާތުން ބުނެފައިވަނީ ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ދަރުސްތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު