ތ. މަޑިފުށިންވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް އަށް ފިނިފެންމަލުގެ މަރުހަބާއެއް ކިޔައިފިއެވެ.

މެޑަމް ފާތުން ތ. އަތޮޅު ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން މިއަދު މެންދުރު ފަހު އެރަށަށް ވަޑައިގެންނެވިއިރު، އެކަމަނާ ވިލުފުއްޓަށް ވަޑައިގަތުމުން އެ ރަށުންވެސް ކީ ފިނިފެންމަލުގެ ފިޔަތަކުގެ މަރުހަބާއެކެވެ.

މެޑަމް ފާތުން ފައްޓަވާފައިވާ "އެންމެ ގާތުން" ކެމްޕޭންގެ ތެރެއިން ތ. އަތޮޅަށް ވަޑައިގަތީ އެ އަތޮޅުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވާލެއްވުމަށެވެ.

އެގޮތުން މިއަދު ހެނދުނު ވިލުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި، ބައްދަލުކޮށް އެ ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާފައެވެ. އަދި އެރަށުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއިވެސް ބައްދަލުކުރެއްވިއިރު، އެރަށުގައި ޕީޕީއެމް ސަޕޯޓަރުންނާއިވެސް ވަނީ ބައްދަލުކޮށްފައެވެ.

އަދި މިއަދު މެންދުރުފަހު މަޑިފުއްޓަށް އެކަމަނާ ވަޑައިގެން އެރަށުގެ ރައްޔިތުންނާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ވަނީ ބައްދަލުކޮށްފައެވެ. އަދި އެރަށު ރައްޔިތުންގެ ހާލު ވަނީ ބައްލަވާލައްވާފައެވެ.

މެޑަމް ފާތުން ދެން ވަޑައިގަންނަވާނީ ގުރައިދޫ އަށެވެ. މި ދަތުރުފުޅުގައި މެޑަމް ފާތުން ތ.އަތޮޅުގެ އަށް ރަށަކަށް ވަޑައިގަންނަވާނެއެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ސަންޖޭ ލީލާ ބަންސާލީ

    ސާބަހޭ??????????✌✌??✌??