ކުރީގެ ރައީސް ޔާމީންގެ ދައްތާފުޅު މޫމިނާ އަބްދުލްޤައްޔޫމްގެ ކަށުނަމާދުގައި އެމަނިކުފާނަށް ބައިވެރި ނުވޭނެކަމަށް މިއަދު ކަރެކްޝަނަލް ސާވިސް އިން ރައީސް ޔާމީނަށް އެންގި ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ގޮތުގައި ކަރެކްޝަނަލް ސާވިސް އިން ރައީސް ޔާމީނަށް އެންގީ މޫމިނާގެ މޫނު ބެއްލެވުމަށް ފަހު ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ވަގުތުން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ ދައްތާފުޅުގެ މޫނު ބެއްލެވުމަށްފަހު އާއިލާ މެންބަރުންނާއި އެކު ސަހަރާއަށް ވަޑައިގެން އެކަމަނާ ފަސްދާނުލުމުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުކަމަށް ވިދާޅުވެފައެވެ. ކަރެކްޝަނަލް ސާވިސް އިން އެންގީ އާއްމު އުސޫލަކީ ޖަލުގައި ތިބޭ މީހުންނަށް ހަމައެކަނި މައްޔިތާގެ މޫނު ދެއްކުން ކަމަށާއި ޖަނާޒާގެ އިތުރު ކަމެއްގައި އެމަނިކުފާނަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށެވެ.

ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތައް ޖަނާޒާގެ ކަންކަމުގައި އެމަނިކުފާނަށް ބައިވެރިވެ ވަޑައިގެންނެވޭނެ ގޮތް ހެދުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތް ކަރެކްޝަނަލް ސާވިސް އިން ހޯމް މިނިސްޓްރީ އަށް އެންގި ކަމަށް ވެއެވެ. އަދި އެމަނިކުފާނު ބޭނުންވާ ގޮތައް ކަންކަން ހަމަޖެއްސުމުގެ ހުއްދަ އަކަށް ވެސް ކަރެކްޝަނަލް ސާވިސް އިން ހޯމް މިނިސްޓްރީގައި އެދުނެވެ. ނަމަވެސް ހޯމް މިނިސްޓްރީން ވަކި ޖަވާބެއް ނުދީ ލަސްކުރަމުން ގެންދަނިކޮށް މޫމިނާގެ ޖަނާޒާގެ ކަންކަން ނިންމާ އެކަމަނާ ވަނީ ފަސްދާނުލާފައެވެ.

ޕީޕީއެމްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މޫމިނާގެ ޖަނާޒާގައި ރައީސް ޔާމީން ގަސްދުގައި ބައިވެރިވެ ވަޑައިނުގެންނެވީ ކަމަށް ބުނެ ސަރުކާރަށް ތާއިދުކުރާ "ރާއްޖެ ޓީވީ" އިން ޚަބަރު ފެތުރީ ހޯމް މިނިސްޓްރީން އަމަލު ކުރި ގޮތް އޮޅުވާލުމަށް ކަމަށެވެ.

މޫމިނާގެ މޫނުފުޅު ދެކެވަޑައިގަތުމަށް ރައީސް ޔާމީން ވަޑައި ނުގެންނެވި ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް މޫމިނާއަށް ބޮޑުދައިތަ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވެސް މިރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ޑެއިލް

    ޑރ. ޢިމްރާނަށް ވަރަށް ވެދުން.

    90
    4
  2. ޭލާރިބަނޑު

    އިމްރާނު ހަސަދައެއް ފިލުވާލީ.

    98
    6
  3. ވަތަން

    އާދޭސް އެކުވެރިން ނޭ ހަވާލޭ ވަތަން ލޯބިވާ 19 ދިވެހީން ޝަހީދު ކޮށްލީ ވެސް ވެރިކަމާހެދި މިައަދު ދިވެހިރާއްޖެ މިއޮތީ އެނުރަށްކާތެރި މީހުންގެ މުށުތެރޭގައި މިއީ ބިރުހުރި ކަމެއް އިހަށްނުވިރަށްކަލެއް ފަހަކުން ނުވާނެ ވިސްނާ ދަރިންނޭ ހޭލާންވެއްޖެ ނޫންތޯ

    114
    8
  4. Anonymous

    މާތް ﷲ މޫމިނާއަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާންދޭ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާންދޭ. ރައީސް ޔާމިން އަށް ކެތްތެރިކަމާއި ސަލާމަތްތެރިކަން ދެއްވާންދޭ. އާމީން. އުންމީދަކީ ރައީސް ޔާމިން މިނިވަންވުމާއި މި އަނިޔާއިން ސަލާމަތްވުން.

    116
    7
  5. މުހަންމާ

    ޔާމީނަށް ވިޔަސް ކާސިމަށް ވިޔަސް މިސަރުކާރުން އަމަލު ކުރާނީ އޮންނަ އުސޫލުން. އެއުސޫލު ޤަބޫލުކޮށް ތިހާ ތައްތައަަށް ކުލުނެއް ހުރި މީހަކު ނަމަ ލިބުނު ކުޑަކުޑަ ފުރުސަތުގައިވެސް މޫނު ފެނިލަންވެސް ދާނެ މާގިނަ ބަނަނާ ނުދައްކާ. ޢެއީ ނުދާން ދެއްކި ބަހަނާތަކެއް ހަސަދަވެރިކަން ބޮޑު ކަމުން.

    19
    161
    • Anonymous

      އައްޗީޑި. ހުރިހާ މީހުންނަށް ހަމަހަމައޭ؟ ތިގަބޫލުކުރާނީ ބުރާންތިން. އާދައިގެ ގައިދީންނަށް ދެވޭ ވަޅުލަންދެން. އަދީބު ގޭގަ. އެ ވެސް ހަމަހަމަ. ހޯރައިއްބެ މިނިވަން. އެ ވެސް ހަމަހަމަ ދޯ

      31
  6. ސަދސަ

    ދި ރިތިބީންނަށް މިސާލެއް.
    ފާ ރިޝް އަށް ހެދިގޮތް ޔާމީނަށް މިދިމާވީ.

    23
    99
  7. ހަލާކުހުރި

    ރައީސްޔާމީން ޖަނާޒާގައި ބައިވެރިވު މަށްއެނދުނީމަ އެކަމަށް ފުރުސަތު ނުދިން ޖާއްބާރުންނަށް ދެދުނިޔޭންވެސް ހަލާކު ހުރި ކަލޯ ކަލޭމެން މަރުނުވާނެކަމަށް ހީކޮށްތިބީތަ ނުބައި ނުލަފާ ޖައްބާރުން ހަލާކުވުން ﷲއަވަސް ކުރަށްވާށި އާމީން

    95
    11
  8. ދދދދދ

    "ރާއްޖެ ޓީވީ"އޭ! ބޭރު ޗެނަލެއް ދޯ؟ ރާއްޖޭގެ"ރާޓީވީ" ންވެސް ތިހެން ކިޔައިގެން މުޅަމަސް އެބަހަފާ.

    85
    8
  9. ކާފަބޭ2020

    އަޅުގަނޑަކީ ވަރަށްގިނައިންޖަނާޒާގައި ބައިވެރިވާ މީހަކީމެވެ. ޖަލުންގެންނަގިނަމީހުން ޖަނާޒާގެހުރިހާ ކަމެއްނިމެންދެން ކަރެކްޝަންގެބޭފުޅުންނާއެކު ތިބޭތަންފެނެއެވެ. ސަންދޯއްވަޅަށްތިރިކުރުމުން ވެލިހަދިޔާކޮށް ނިމިގެންއާއިލާގެމީހުނާބައްދަލުކޮށް ސަލާމްކޮށްހަދާފަހުން ވެހިކަލަށްއަރުވައިގެންގެންދަނީ ކަރެކްޝަންގެއާންމުއުސޫލަކީކޮބާ؟؟؟؟؟؟.

    103
    6
  10. ލާދީނީ

    އެމްޑީޕީގެ ޖާހިލުބައި ގަނޑު ﷲގެ ރުއްސެ މުން މަހޚުރޫމް ކުރަށްވާށި އަދި ޖައްބާރުންނަށް ﷲގެ ނިއުމަތްތުގެ ދޮރުތައް ތާއަބަދަށް ބަންދުކުރަށްވާށި އާމީން

    90
    9
  11. ދުޝްމަނުން

    ޔާﷲ އިންސާނުންގެ ސިފާއިގައި މިދިވެހި ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން މިދަނީ ކޮފަދަ ނުބައި ސިފަތަކެއް ހުރިބައި ގަނޑެއްބާ ކޮންމެ ބަޔަކަސް އެއީ އިންސާނުންނަށް ކުޑަވެސް ރަހުމަތް ހަމްދަރުދީ އެއް ނުވާ ބައެއްކަންހަމަ ޔަޤީން:

    85
    6
  12. މަޑިސީލަ

    ކޮބާ އެގޭބާ ކޮންބައެއްކަން ފިތުނައުފައްދަން މަސައްކަތްކުރަނީ އެންމެގިނައިން ފިތުނައުފެދޭގޮތައް ޚަބަރުފަތުރާ ޓީޓީވީއަކައްވާނެ ރ ޓީވީ އެކަމަކު މިސަރުކާރުގެ ދޯހަޅިސިޔާސަތުގެވާހަކަ ޗެނަލް ތޭރައިން ރައްޔިތުންނާހަމައައްގެނަސްދިނީމާ އެވަނީ ފިތުނަޔާ ނަފުރަތު އުފައްދާބަޔަކައް ހަޖަމެއްނުވާނެ

    88
    6
  13. ކެޔޮޅު

    މިހާ ރު މިހި ރަ ވެ ރިޔަށްވު ރެ އަބޫޖަހުލުވެސް މާ ރަނގަޅު ރައީސްޔާމީން އަށް ކެތްތެ ރިކަންދެއްވާ މަ ރުހޫމާޔަށް ސުވަ ރުގޭގެ ދާއިމީނިއުމަތް މެދުވެ ރި ކު ރަށްވާންދޭވެ.

    77
    7
  14. Anonymous

    ޖައްބާ ރު ބައެއް، މާތްﷲ އިންސާނުންގެ މައްޗަށް ކޯފާއާއި މުޞީބާތް ފޮނުއްވަނީ އެކިގޮތްގޮތަށް،

    72
    5
  15. ކަަށުނަމާދު

    މައްޔިތާގެ މޫނު ބެލުންތަ މައްޔިތާގެ މައްޗައް ނަމާދު ކުރުންތަ މުހިއްމު ކަމަކީ؟ ކޮންމެވެސް ދީނީ ބޭފުޅަކު ނަމަވެސް ޖަވާބެއް ދެއްވާ!?

    78
    • ޝައިޚް

      ކީރިތި ރަސޫލާ ހަދީސްފުޅު ކުރެއްވި: ކަށުނަމާދު ގައި ބައިވެރިވާ ކޮންމެ މީހަކަށް ގީރާތެއްގެ ސަވާބު ލިބޭ ހުއްޓެވެ! އެހިނދު ދެންނެވުނެވެ: ގީރާތަކީ ކޮބައިތޯއެވެ؟ ހަދީސްފުޅު ކުރެއްވި: ގީރާތަކީ އުހުދު ފަރުބަދަ އާއި އެއްފަދަ އެއްޗެކެވެ. އަދި ކަށު ނަމާދުން ފެށިގެން މައްޔިތާ ވަޅުލުމާ ހަމައަށް ބައިވެރިވެއްޖެ މީހާއަށް ދެ ގީރާތުގެ ސަވާބު ލިބޭ ހުއްޓެވެ!

  16. ރާކަނި

    ބޮޑުވަގު ނުދިޔައީ ހަމަ ހަސަދަވެރިކަމުން

    14
    105
    • ޜަ

      މީހުނަށް ވަގްށް ގޮވާއިރު ތިމާ އަކީ އަލިފެއް ކަލޯ ގިނައިންގޮވާ އެމިހެއްގެ ފަތް ފުރާނީ އެމިހާ އްމިއްލަޔަށް ވަގުން ނަށް ހީވާނީ އްނެކަކު ވައްކަން ކުރާނެހެން

      14
    • Anonymous

      ރާކަނި ދަ ރީނދޫ ޖަެްބާރު

  17. Anonymous

    ރާއްޖެ ޓީވީ އިންނާއި ރާއްޖެ އެމްވީ އަދިވެސް އެމްޑީޕީއިން ކޮންޓްރޯލްކުރާ ސީއެންއެމް އިންނާއި އެނޫންވެސް ނޫސްތަކުން ބުނަނީ ޔާމީން ދައްތާފުޅުގެ ޖަނާޒާއަށް ނައީކަމަށް. ކަރެކްޝަންގެ ސީނިއަރ އޮފިސަ ރެއްބުނީ ޔާމީން ބޭނުންވީ މޫނުއެކަނި ދައްކާލާފަ އައުމަށް ނޫންކަމަށާއި ކަށުނަމާދުގައިވެސް ބައިވެ ރިވެ އަދި ވަޅުލާއި ރުގައިވެސް ހުރެލުމަށް ކަމަށް. ނަމަވެސް ކަ ރެކްޝަނުން އެންގީ މޫނު ދައްކައިލާފަ އަނބު ރާ އަންނަން ޖެހޭނެ ކަމަށާއި އެހެން ކަމެއްގަ ބައިވެރި ނުވެވޭނެ ކަމަށް. ދެން ޔާމީން އެދުނު ގޮތަށް ހުއްދަލިބޭތޯ މިނިސްޓްރީގައި ދެންނެވުމުން މިނިސްޓްރީއިން ގޮތް ނުނިންމައި މަޑުކުރީ މައްޔިތާ ވަޅުލަންދެން. މިނިސްޓްރީއިން ގޮތެެް ނިމެންދެން މަރުވެފަ މީހަކު ނުބޭއްވޭނެ.
    ދެން މައްޔިތާ ވަޅުލީމަ ވަގުތުން ސަރުކާރު ނޫސްތަކުން މިގޮވަނީ ޔާމީންއަށް ފުރުސަތުދިނީމަ ނައީއޭ.
    ޙަޤީޤތަކީ ފުރުސަތުދިނީ މޫނު އެކަނި ދެއްކުމަށް. ޖަނާޒާގެ ކަންކަމުގަ ބައިވެރި ވުމަށް އެދުމުން އެކަމަށް ގޮތެއްނުނިންމައި ލަސްކޮށް ފަހުން މޫނު ދެއްކުމަށް ވެސް ފުރުސަތު ނުދިނީ. ފަހުން ސަރުކާރު ނޫސްތަކުން މިވާހަކަ މި ދައްކަނީ ޔާމީނަކީ ނުބައި ނުލަފާ މީހެއްކަން ދެއްކުމަށް. މިވަރުގެ އޮޅުވާލުމެއް ރައްޔިތުންނަށް އޮޅުވައިލާކަށް ނުވާނެދޯ. މިދެން ވެރުކަން ލިބުނަސް ބޮޑުވަރު.

    12
  18. ުއުނދުޅި

    ތީ އިތު ރުފުޅު ހެއްދެވުމުގަ ލާމަސީލު ބޭފުޅެއް. ބޮޑާހޭކުމުގަ ދެވަނައެއްނެތް

    15
    79
  19. އަހަރެން

    ދޮގެެއް

    6
    48
  20. އައްޑޫ ލެއި

    މިސަރުކާރުން ދޮގެއް ހެދެން އޮށްވާ ތެދެއް ނަހަދާނެ.

    88
    10
  21. Anonymous

    ތިޔައީ ވަރަށްބޮޑު އަނިޔާއެއް! ރ. ޔާ

    66
    7
  22. ދޮންކަލޯ

    ތިޔައީ ވަރަށް ބޮޑު އަނިޔާއެއް! މިނިސްޓަރަކަށް ހުރި ޝޭޚަކީ، ޔާމީން އަށް ޒާތީވެގެން އުޅޭ ބޭފުޅެއްކަން ފާހަގަކުރެވޭ!

    101
    5
  23. ގލޅ

    ރ ޓީވީއަކީ ދޮގު ޚަބަރާއި މައުލޫމާތު ފެތުރުމުގެ ސަގާފަތެއް
    އޮތް ތަނެކެވެ އެތަނުން ގެނެސްދޭނީ މޑޕ އާއި ނަސީދުގެ
    މަސްލަހަތު ތަކެވެވެ އެއީ އެހެން މީހުން ނުދަންނަ ވަރުގަދަ
    ސިޔާސީ އުކުޅެއްކަމަށް ވެއެވެ.

    13
  24. އަޙްމަދު

    ކޮންކަހަލަ ޖައްބާރު ވެރިކަމެއް މިކުރެވެނީ! ތިމާ މިހާލައްވެއްޓޭނެ ދުވަހެއް އަތުވެދާނެކަން ނޭނގެނީބާ ނޫނި އެނގެންބޭނުން ނުވަނީބާ!

  25. ޢާދޭސްކުރަން

    ޤައުމުގެ ރީތި ފޭރާން ހަލާކު ކޮށްލުމަށް ދެން އިތުރު ފުރުސަތު ނުދީ މިހާރު ވެރިކަމުގައި ތިބި ބާޣީން ބޭރު ކުރުމަށް މުޒާހަރާ އަށް ނިކުތުމަށް ދިވެހި އެންމެހާ ރައްޔިތުންގެ އަރިހުން އެދެން އަދި ހުރިހާ ނަމާދަކަށް ފަހު މި ވެރިކަން ވެއްޓުމަށް އެދި ﷲ އަށް ދުޢާ ކުރުމަށް ގޮވާލަން.. މުސްތަޤް ބަލަށްޓަކައި. ޢަޅުގަނޑު މެންގެ މާތް ވެގެންވާ އިސްލާމް ދީނުގެ ޙައްގުގަ ..

    7
    1
  26. ނައީމް

    ރައްޔިތުންނޭ ވިސްނަބަލަ ޔާމީން ތައްޔިތުންނަށް ކިހާކަމެއްކިށްދިންތަ އިދިކޮޅުގެ ފިއްތުންތަކުގެތެރެއިން އައްނީގެ ނުބައިރޭވުމުގަ ޖެހި އެއަށް ހެއްލުމަކީ ބޮޑުގެއްލުމެއް

    9
    2
  27. ޝުހަމާ

    ޝޭހު އިމްރާނު ކިޔެވި އިސްލާމް ދީނުގައި އޮންނަ އުސޫލަކީ މިއީތޯ..؟

    10
  28. ސަރުކާރުގެ ޑޯލް

    މީ އިމްރާންމެންގެ ފެންވަރު.
    ޝޭޚު ކިޔާތީ ލަދުވެސް ގަނެ .
    މައްޔިތާ އަށް އެންމް ފަހުވަޤުތު އަދާކޮށްދެވޭނެ ހެޔޮކަމަކީ
    ކަށުނަމާދުގަ ބައިވެރިވެ ހެޔޮ ދުއާ ކުރުން .
    ތި އިމްރާން އަންހެނުން ވިހާތީއާ އެކި ގޮތްގޮތުން ކިހާދުވަހު ގޭގަ ހހުރިތަ .
    ހަނދާންް ނެތިގެން އުޅެބެ ކަމެއް ނެއް .
    ރ ޔާމީން އެއީ ރައީސް ކަން ކުރައްވާފައިވާ އިއްޒަތްތެރިެއް.
    އުސޫލޭ އުސޫލޭ ކިޔާނެކަމެއް ނެއް.
    ޖަލު އެންމެންގެ އަނބިންނަކަށް ކޮންމެ ދުވަހަކު ޖަލަކަށް ނުދެވެ.
    ޢެކަމް ރ ޔާމީން އޯގާތެރިކަން ކުރީގެ ކަންކްމުން ހުންނާނީ ފެންނަން .
    މާއްﷲ މައްޔިތާ އައްރަހިމަތް ލައްވާ ، ރައީސްޔާމީނަށް ކެއްތެރިކަން ދެއްވާށި
    ޢާމީން

    10
  29. ޑައެލޯގް

    ބަލަ މިކަމަކީ ޔާމީނުގެ އަމިއްލަ ކަމެކޭ ދިޔަސް ނުދިޔަސް މިކަން ސިޔާސީމީހުން ފައިދާނަގާކަށް ނުވާނެ އެނޫނަސް އެއޮތީ އިމްރާނުމެން މަކަރުހަދާފަ ޔާމީނަކީ ދިވެހީންދެކެ ލޯބިވާވެރިއެއް

  30. ވަގުތު

    މީކަނޑައެޅިގެން ހަދާފައިވާ ބޮޑުދޮގެއް

  31. ހަސަންބެ

    ރާއްޖެ ޓީވީއަކީ ދޮގުހަބަރު ފެތުރުމުގައި އަރާތިބި ބައެއް.

    10
  32. ޢޭތި

    ރ ޓީވީގެ ބައިވެރިޔާ ރާއްޖެ އެމްވީ އަށް ވަރައްސަލާމް، ފިތުނައިގެ ކެހިވެރިކަމުގަ ދޮގުހަބަރު ފަތުރާ ފަރާތްތަކުގެ އިލްމުވެރިކަން ނަންގަވާ އެފަދަ ހިތްތައް ގާކުރައްވާންދޭވެ.

  33. ރަހުމުކުޑަ

    މިގައުމުގެ ހާލަތަކީ ކޮންކަމަކަށްތޯ ދޮގުހަބަރެއް ނުފަތުރުާނީ ތިޔަހަރީ މީހަކަށް މިދުނިޔެމަތީގައި އަދާކުރަން ޖެހޭ އެންމެ ފަހު އިހްތިރާމާ ބެހޭ ގޮތުން ދައްކާ ދޮގުވާހަކަ އެހެންވެ އަބަދުވެސް ބުނަނީ ވަކި މީޑިއާތަކަކުން މިގައުމުގެ އިޖްތިމާއީ އަދާލަތު ނަގާލާފިއޭ ގައުމުގައި އެކުވެރިކަމާއި އެއްބާރުން ނަގާލައިފިއޭ މިބައި މީހުންގެ ކަންކަން މަތްﷲ މިންވަރު ފުޅާއެކު ރީތި ގޮތަކަށް ނިމިގެންދާނެ

  34. ސިޔާމާ

    ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެކޭ އެމްޑީޕީގެ ވެރިކަމެއްގައި އޯގާވެރިކަމާ ކުލުނު އިސްކުރާނެކަމަށް ބުނެ ސަޅިކަނޑަމުން އައި އެމްޑީޕީ ގެ ސަރުކާރަށްވުރެ އަނިޔާވެރި ސަރުކާރެއް އަދި މިދިވެހިރާއްޖޭގައި ނުއުފެދެއެވެ. ކޮބާތޯ އެމްޑީޕީ ން ޔާމީންގެ ވެރިކަމަށް ޖެލެންޖްކޮށް ޤާްއިމްކުރި ސަރުކާރުގެ އިންސާފުވެރިކަމަކީ ހެދީ ހުސް ރޯބުހުތާނު ދޮގު އެތަކެއް މަރު އެމަނިކްފާނު ބޮލުގައި އެޅުވި ވެރިކަމަށް އަރާތާ ސައުވީސް ގަޑި އިރުގެ ތެރޭގައި ހުރިހާ މަރެއްގެ ހަޤީގަތް ހަމާކުރާނެކަމަށް އައިސަރުކާރު ދެއަހަރުވީއިރުވެސް ހޯދައިނުދެވެުނު.ރިޟުވާނުގެ މީހުން ލައްވައިވެސް މިހުރިހާ ކަމެއް ނުބައިކުރިުވީ އެމްޑީޕީ މީހުން. ކޮބާތޯ މިހާރު ރިޟުވާނުގެ މީހުން. މަގަކަށް ނިކުމެ ހަޅޭކެއްނުލަވާ.އެމްއެމް ޕީއާރުސީ ގެ ފައިސާ އިން ޔާމީންގެ އެކައުންޓަށް ވަން އެއްމިލިއައން ޑޮލަރު އެމަނިކްފާނު ބޭނުން ނުކުރޭ. އެކަމަކު އެފައިސާއިން ބޭނުން ކުރި އަދީބުވެސް އެމްޑީޕީގެ ސަރުކާރުން ހެދީ ކާފޫރު ކޮޅަކަށް. އަދީބު ހުރީ ގޭގައި. ޒިޔަތު ހުރީ ގޭގައި.އަދި ސަރުކާރުގެ އތައްބަޔަކު އެފައިސާގެ ބޭނުން ކޮށްފައިވާއިރު އެއިން އެއއްވެސް ބަޔަކާމެދު ޝަރީޢަތެއް ނުހިންގާ ހަމަޔާމީންއާ ދޭތެރޭ އޮންނަ ޙސަދަވެރިކަމެއްގެ ބޮޑުކަމުން އެމަނިކްފާނު ބޭއިންސާފުން ޝަރީޢަތް ކޮށް ބަދަލުހިފުމުގެ ރޫހު އިސްކުރުމުން މިސަރުކާރު އިންސާފު ވެރިކަމެއް ޤަބޫލުނުކުރެވޭ. އެމްޑީޕީ މީހުން ދެއްކީ ހުސްވާހަކަ ވެރިކަން ދޮގުން ނަމަވެސް އަތުލުމަށް ދެއްކީ ހުސްބަހަނާ.ކިތަން މެ އެމްޑީޕީ ސަރުކާރު ރުޅިއަޔަސް ޔާމީންގެ ސަރުކާރަށް ވުރެ ރައްޔިތުން ހިތްހަމަޖެހުނު ރައްޔިތުން ނަށް ތިޔާގިކަމާ ތަނަވަސް ކަން ލިބުނ ސަރުކާރެއް ނެތް.ރާއްޖޭގެ ރައްޔިތުންނަށް އެމަނިކްފާނުގެ ސަރުކާރުން ކުރެއްވި ކަންތަކުގެ މޭވާގެ ފޮނިކަން ލިބިލިބި އަބަދުވެސް ހުންނާނެ.

  35. ހުރިހިތާމައެއްގެބޮޑުކަމާއޭ

    ކޮއްމެ މީހަކަށްވެސް އެއީ ކޮހާވަރެއްގެކަމާއި، އޭގެއިންކުރާ އެއްމެފުން އަސަރު އެނގޭނީ އެމީހަކަށް އެކަމެއް ދިމާވީމާ. ކޮބާ ޔާމީން ގެ ވެރިކަމުގައި ކަންކުރިގޮތް، ފާރިޝް މައުމޫނާއި ނަސްރީނާގެ ޢާއިލާއަށް އެދުވަހު ކުރި އަސަރު، އެވާހަކަ ނުދައްކާ މިވާހަކަ މިދައްކަނީ ކީއްވެ

  36. ލޮލް

    ހުސްދޮގު މީ! އޭނާ އަމިއްލަ އަށް ނައީ

    1
    10
  37. މަޑިސީލަ

    އިމްރާނަށް އަބަދު ވަޒީފާގަހުރެވޭނެތޯ؟
    އެހެން ދުވަހެއް ވަރައްކާރީގަވާކަން އެގޭތޯ؟އިންސާނިއްޔަތަކީ ކޮބާތޯ؟
    ވެރިންނައް މާތްﷲ އަމުރުފުލުގަވަނީކީކޭތޯ؟މާތްﷲ ބައްލަވާ ވޮޑިގެންވާކަން ނޭގެނީތޯ؟ަަ
    އަންނަމުންމިދާ ކޯފާތަކައްވިސްނާލަންތޯ.

  38. ހުސަން

    އިމްރާން އާ ހަނގު އަނބި އަށް ސަލާމް. އިމްރާންވެސް ވަނީ ރަހްމަތް ނެތް ބައެއް ގެ ތެރޭގަކަން މިސާބިތުވީ

  39. ނަމޫނާ

    ޔާމީންގެ އަނިޔާ ވެރިކަމުގައި ޖަލަށްލެވުނު ހުރިހާމީހުން ޙުކުމުގައި ގިނައިން ތިބީ ގޭގައި. އެކަމަކު މިސަރުކާރުން އެމަނިކްފާނު ދެކެ ޖެހިލުންވާވަރުން އެމަނިކްފާނުގެ އަނބިމީހާ ކައިރިއަށް ގެއަށް ފޮނުވާލަން ވެސް ޖެހިލުންވޭ. އަށާރަ އަހަރު ނުފުރޭ ބައްޕައެއްގެ ލޯބި ލިބެންޖެހޭ ކުޑަ ކުއްޖަކު އެބަހުރި. އެކަމަކު އިންސާނީ ކަރާމާތޭ. ހިއުމަންރައިޓްސް އޭ ކީ މީހުންގެ އެއްވެސް އޭގެ ކަންފުޅެއް ނެތް.ޖަލެއްކަމަކު މިހުރިހާ ޙައްޤު އޮންނަންޖެހޭނެކަމަަށް ވަކާލާތު ކޮށް އެމްޑީޕި ލަވަމުން އައި ހަޅޭކަކީ ހުވަފެނެއް. ބިލާހެއް.ވަކިބަޔެއްގެ އިންސާނީ ޙައްޤޭ ކީބަޔަކު އެއީ.

  40. ސަމް

    ޔާމީންގެ ސަރުކާރުގައި ރާއްޖެ ޓީވީ އިން ހެދިީ ހުސްދޮގު ހެދީ ހުސް ފިތުނަ . ވެރިކަން ޔާމީން އަތުން ދިޔުމުގެ އެއްމެ ބޮޑު މޭސްތިރިއަކީ ރ. ޓީވީ އިން ހެދި ފިތުނަޔާ ދެއްކި ދޮގު ވާހަކަ. ޔާމީންގެ ބޮލުގައި އެޅުވި ދޮގު އިލްޒާްމް. އޭރުގަ ސަރުކާރުން އެކަން ހަޖަމްވި. އެކަމަކު ނޫސްވެރިކަމަށް އެސަރުކާރަކީ އޮތް ބިރެއް ކަމަށް މިހާރުގެ ސަރުކާރުގެ ނޫސްވެރީން ބުނަމުން ދިޔަ. ކޮބާ މިޖެހުނީ ކޮންތާކު. ދައްކާވާހަކަ އަކީ ތާކުންކުރެ ތާކު ނުޖެހޭ ވަޔަށް ހަވަޔަށް ފަޒާޔަށް ދިޔަ ވާހަކަ. ޗެނެލް ތޭރއިން ދައްކާ އެއްވެސް ވާހަކަ ހަޖަމް ކޮށްލާނެ ޤާބިލް ކަމެއް ނެތް.ކޮންމެވެސް އެއކައްޗެކޭ ކިޔާފަ ޗެނަލް ތޭރައިން ޕްރޮގްރާމް ހުށަހަލާބޭފުޅުންނަށް ހެއްދެވި ނެހެއްދެވި އެއް ގޮވާނެ. އަޑު އަހާލާނެ ޤާބިލް ކަމެއްނެތް.ބަންދުކޮށްލާނެ. ސަސްޕެންޑް ކޮށްލަން ގޮވާފާނެ. ހިހީ ހަލާކު.

  41. ނީލޯފަރު

    އިމްރާން އޮތީ އައު ކައިވެނީގައި ތަންމަތީގައި. ތިޔަފަދަ ކަންކަމަށް ޖަވާބުދޭނީ ކިހިނެއް.

    • ޏަޒީރު

      ޝޭހު އޮތީ މިގޭގަ މަގޭ ގަޅިކަން ބަލަން.