މިއަދު ހެންދުނުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މާލޭ ގެއެއްގެ ވައިގޮޅި ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައި އޮއްވާ ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ނުފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިރޭ 22:17 ހާއިރު އެވެ.

އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ މިރޭ 22:36 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގެ ސިޑި ގޮޅިތަކަށް ވެއްޓި މީހުން ނިޔާވުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.