ދިވެހި ޤައުމީ އެއާރލައިން، މޯލްޑިވިއަންގެ އޮންލައިން ބުކިންގ ސިސްޓަމަށް ބަޔަކު ހަމަލާދެމުން ދާކަމަށް އެ ކުންފުޅިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އޮންލައިން ބުކިން ސިސްޓަމަށް ހަމަލާތަކެއް ދެމުންދާ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރުން ބުނެފައިވާ ކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މޯލްޑިވިއަން އިން މިރޭ ވަނީ މެލޭޝިޔާއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ބާއްވާ ޚާއްސަ ފްލައިޓުން އޮންލައިންކޮށް ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މޯލްޑިވިއަން އިން ވަނީ އޮންލައިންކޮށް ޓިކެޓް ގަތުމުގައި ގިނަބަޔަކަށް އުނދަގޫތަކާއި ކުރިމަތިވާތީ 3335544 ނަމްބަރަށް ގުޅައިގެން ވަގުތުން ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށްވެސް ޓްވީޓް ކޮށްފައެވެ. އެހެންނަމަވެސް އެ ނަންބަރަށް ގުޅައިގެން ގިނައިރުތަކެއް ވާއިރުވެސް ޖަވާބުނުދޭތީ ގިނަބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަނޑައެޅގެންހައްދަވާ އިތިރިފުޅެއް ޓކެޓު އޮތީދޭންބޭނުންވާ މީހުނައް މާކުރިން ދީނިމިފަ މިހާރު މީހުންގެޝަކުވާ ގިނަވީމަ އޮޅުވަން ސިސްޓަމޭ އަދި 4000 މީހުނޭކިޔަނީ

  2. އެންދެރި

    ފުރަތަމަވެސް ސަރުކާރު ހަރަފުގަ ގެނައީ.ފުޓް ބޯޅަ ޓީމް އެވެ.