އާންމުން މޯބައިލް ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ނުބަހައްޓަން ކޮމިއުނިކޭޝަން އޮތޯރިޓީން އަންގައިފިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށްޓަކައި އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން އެ އޮތޯރީޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިގޮތަށް ބާރުގަދަ ރިޕީޓަރު ފަދަތެކެތި ބޭނުންކުރުމުން އެބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވިޔަސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވެ އަސަރުކުރުއެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ." އިއުލާނުގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އާއްމުފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރެއްވުމަށް އެއޮތޯރިޓީން އެދިވަޑައިގަންނަވައެވެ.
މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ޚިދުމަތްދޭ ކުންފުނިތަކަށް އެންގެވެމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން ޙިދުމަތްދޭ ފަރާތްތަކާއި އެ އޮތޯރިޓީ އާއި ވަނީ މަޝްވަރާ ކުރެވިފައި ކަމަށް އިއުލާނުގައި ވެއެވެ.
ސިގްނަލް ލިބުމުގެ މައްސަލަ ޙައްލުނުވާނަމަ، ކޮމިއުނިކޭޝަން އޮތޯރިޓީއަށް ހުށަހެޅުއްވުމުންވެސް މައްސަލަ ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް މިފަދަ މައްސަލަތައް ހުށަހަޅުއްވާނީ، ނަމްބަރު: 3030300 ނުވަތަ [email protected] ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ވިދާޅުވިއެވެ.
މާލޭގައި ބައެއް އިމާރާތްތައް ވަށައިގެން އުސް އިމާރާތްތައް ހުރުމުން ނެޓްވޯކް ލިބުމުގައި ދަތިތައް ދިމާވެއެވެ. އެފަދަ އިމާރާތްތަކުގައި ދިރިއުޅޭ މީހުން އަމިއްލައަށް މޯބައިލް ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ބަހައްޓައިގެން ޚިދުމަތް ހޯދައެވެ.
ތިޔަ ވިދާޅުވާ ހިދުމަށް ދޭ ފަރާތުގައި ބުނެގެން އުޅޭ ތާ މިހާރު ދެއަހަރު.... ގުޅާފަ އަހާއިރަށް ބުނާނެ ސަރވޭ ކުރަމުން ދާ ވާހަކަ... އެއީތޯ ތިޔަވިދާޅުވާ ހިދުމަތަކީ....
ނަމްބަރ އެއް ދީފަ އިއުލާނެއް ނެރުނީމަ ނިމުނީއެއް ނޫން!!! ގުޅީމަ ފޯނު ވެސް ނަގަން ޖެހޭނެ!! 10 ފަހަރު 15 ފަހަރު ގުޅާއިރު ހަމަބިޒީ ކެރާނަމަ އަހަރުމެންނައް މަޖުބޫރުވާނެ ދެން ރިޕީޓަރ ބަހައްޓަން!!
ނުބަހަ އްޓާ ނެތް ވާކަށް . ތިކަމާ ދިރާގު އުރީދޫ އާ ވަރަށް ވަހަކަ ދަ އްކާފިން.
ކިތަންމެ ވަރަކަށް ރިޕޯޓު ކުރިޔަސް ހައްލެއް ނުލިބޭ
Ooredoo adi dhiraagu meehun kaaree kiyaataa mihaaru 5 months vedaane adivexx nuvayy hahleh
ވާހަކަ ވަރަށްފުރިހަމަ، ކަވަރޭޖް މައްސަލަ 100 ފަހަރު ރިޕޯޓުކުރިޔަސް އަޅާލާ ބައެއްނޫން ތިޔަ ސާވިސްޕްރޮވައިޑަރުންނަކީ. ރީތި ވާހަކަ ކަލޭމެނަށް ދެއްކިދާނެ ވާކަމެއް ހަރާން. ރ.އަތޮޅުގަ އޮންނާނެ ދުވާލަކު އެތައްބަޔަކު އަރާފައިބާ އެއާޕޯޓެއް، ރ.އިފުރު އެތަނަށް އުރީދޫ ނެޓްވޯކް ނުލިބޭތާ ވީދުވަހެއްވީ. ކޮމްޕްލެއިން ކުރެވުނު އަދަދުނޭންގެ، އެކަން ތިޔަ މިނިސްޓްރީއަށް ހަމަ ނޭންގެނީތޯ އަހާލަން. ހޭކެމުންގޮސް 10 އަހަރުފަހުން އެކަންވާގޮތަށް، ގޭގެ ކަވަރޭޖްމައްސަލަވެސް އެހެން ހައްލުކޮށްދޭގޮތަށް ބަލަން ތިބެންވީތޯ؟؟
އަމިއްލަޔައް ކުރުމުގެ ބަދަލުގައި އެހެން މީހަކު ލައްވައި ކުރުވީމަ ރަނގަޅުވާނެދޯ.
އިންޑިޔާއިން ބަހައްޓައިގެން އުޅޭ ރާޑަރު ސިސްޓަމަށް އޭގެ ސަބަބުން އަސަރުކުރާތީއޭ ނުބުނީ ކީއްވެ؟ ދޮގެއް ހެދެން އޮތިއްޔާ ތެދެއްނަހަދާ ސުންޕާ މުސީބާތް ސަރުކކާރު
ކޮމިއުނިކޭޝަން އޮތޯރިޓީން ޒިންމާދާރު ކަން ކުޑަކަން ފާހަގަވޭ. ތިބުނާ ޙިދުމަތްދޭ ފަރާތުން ޖަހަނީ ސަކަރާތް.
ބަލަ ޢާންމުން އެކަން ކުރަނީ ޚިދުމަތްދޭ ފަރާތްތަކަށް އެކަން ކޮށް ނުދެވޭތީއޭ.
ނުވެސް ގުޅޭ ދެން މިކިޔަނީ ގުޅާށޭ.
5ޖީ
ކޮމިއުނިކޭޝަން އޮތޯރިޓީ ޒިއްމާ އަދާކުރައްވާ މޯބައިލް ހިދުމަތްދޭ 2 ކުންފުނި ހިދުމަތްތައް ރައްޔިތުންނަށް ފުރިހަމަ ނުކޮއްދެވޭ ދެއްތޯ ތިބުނަނީ އެހެންވެގެން ތާ އަމިއްލަޔައް ބޫސްޓަރު ހަރުކުރަން ޖެހެނީ ؟ އެކަމަކު އިސްތިހާރު ކޮއްލާއިރު ހީވަނީ ދުނިޔޭގެ ނަންބަރު 1 ހެން ހިދުމަތެއް ފޯރުކޮއްދޭއިރު ރައްޔިތުން އާދޭސްކޮއްކޮއް ނުވެގެން އަމިއްލަޔައް ބޫސްޓަރު ޖަހަންޖެހެނީ
އަމިއްލަޔަށް ތިޔަ އިއުތިރާފް ބަޔާނުންވެސް އެނގެނީ ކަލޭމެން ރަށްޔިތުން އަތުން ފައިސާ އަތުލާފަ ހިދުމަތް ރަނގަޅު ނުކޮށްދެވޭކަން
2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ތިޔަ މޯބައިލް ސިނގުނަލް ނުލިބޭ މައްސަލައިގަ ޚިދުމަތްދޭ ފަރާތާއި ވާހަކަ ދެއްކިން ނަމަވެސް ހައްލެއްނުލިބިގެން އެންމެ ފަހުން ޖެހުނީ ދިރިއުޅުން އެހެން ތާކަށް ބަދަލްކުރަން އެކަމެއް ހައްލެއްނުވި ޚިދުމަތް ދޭފަރާތްތަކަށް ބޭނުންވަނީ ހަމަ އެކަނި ފައިސާ ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤަކަށް ނުބަލާ
ތިޔައީ އެއްވެސް ކަމެއްވާ ތަނެއްނޫން. ތިޔަ ބޫސްޓަރުތައް ބައްޓާފައި ހުންނަގެތައްވެސް ހޯދަންވީއެއްނު. އެތެރެކުރާއިރު ޕޯސްޓް އޮފީހަށް، ކަސްޓަމްސް އަށްވެސް ނޭންގެނީތަ؟؟ ތިޔަ ބުނާ އެއްޗެއް އެބަހުރި މާލޭގެ ފިހާރަތަކުގައި ވިއްކަންވެސް ކީއްވެ ފިޔަވަޅު ނޭޅޭންވީ؟؟