ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މީހުންނަށް ޝުކުރު ދަންނަވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް މި އަހަރު ބައްދަލު ކުރަނީ މި ޖީލަށް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ކުރިމަތިލައިގެން އުޅޭ ވަގުތެއްގައި ކަމަށެވެ. އަދި މި ދަނޑިވަޅަކީ ސިއްހީ މަސައްކަތްތެރިން އެމީހުންގެ މަސައްކަތަށް ބަހައްޓާ ޝައުގުވެރިކަމާއި އެމީހުން ކުރާ މަސައްކަތް ދައްކުވައިދޭ ދަނޑިވަޅެއް ކަމަށް ވެސް ރައީސް ސޯލިހް ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ އެ ޓްވީޓްގައި ކޮވިޑް-19 އިން ދުނިޔެ ސަލާމަތްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ނުވަތަ "ވޯލްޑް ހެލްތް ޑޭ"” ގެ ނަމުގައި އެންމެ ފުރަތަމަ ދުވަހެއް ފާހަގަކުރީ 1950 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަސް ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރެއެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ ނަރުހުންނާއި ފޫޅުމައިންނަށް އެއްބާރުލުން ދިނުމެވެ. މި ޝިއާރުގެ މަގްސަދަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރު އެޅުމަށް ސިއްހީ މަސައްކަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްމާލު

    ދިވެހިރާއްޖޭގައިތިއްބިއްބެވިސިއްހީ
    މަސައްކަތްތެރިންގެތެރެއިންގިނަބޭ
    ފުޅުންނަކީޒަމާނުއްސުރެ އޯގާތެރި
    ކަމާއެކުޚިދުމައްދޭބައެއް
    މިދިޔަރިޔާސީއިންތިހާބުގައި މަނިކު
    ފާނައްވޯޓުދެވުނީ މިއަދު އަޅުގަނޑު
    ހިތާމަކުރަން ވެލާނާގޭ ރނާސިރުއިން
    ފެށިގެން ވެރިކަންކުރިމީހުންގެތެރެ
    އިން މަނިކުފާނުފާނު ވަރުގެބޮޑެތި
    ދޮގުހެދިމީހަކުނެތް
    އިސްލާންދީނައްފުރައްސާރަކުރިއެން
    މެނަައްހިމާޔައްދިންރައީސަކީމަނކުފާނު

  2. އއ

    ކޮބާތޯ ފާރމަސިސްޓްގެ މަސައްކަތް އަބަދު ޑޮކްޓަރުންނާ ނަރުހުންގެ ވާހަކަށް ދައްކަނީ

  3. ޢަޅެ

    ޙާދަ މަދު ކޮމެންޓޭ.