ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، ރާއްޖެ އާންމު ހާލަތަކަށް ދެވޭނީ ސަރުކާރުން އަޅާފައި ހުރި ފިޔަވަޅުތަކަށް ސަމާލުކަން ދިނީމަ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ އިރު، މި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތައް ބަންދު ކުރުން ހިމެނެއެވެ. މާލެ، ހުޅުމާލެ، ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ އިން އެކުގައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

އެންއީއޯސީން އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަރަށް ގިނަ ތަންތަނުގައި ސޯޝަލް ޑިސްޓެންސިން (ގައިދުރު) އަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވެއިޓިން އޭރިއާތަކުގައި އެއްކޮށް ޖަހާފައި ހުންނަ ގޮނޑިތައް ވެސް ވަކިކޮށްފައި ހުންނަ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި ފެރީ ޓާމިނަލްތަކާއި އެނޫން ވެސް ތަންތަނުގައި މިފަދަ ގޮތް ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

އެކަމަކު، ބައެއް މީހުން އަދިވެސް މިފަދަ ކަންކަމަށް ސަމާލު ކަން ދެމުން ނުދާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބައިވަރު ރެސްޓްރިކްޓިވް މެޝާސްތަކެއް އަޅައިގެން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްގެން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުން މިގެންދަނީ. ވަރަށް ބައިވަރު ބައެއްގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް، އުނދަގޫ ކަންތައްތަކެއް އައިސްފައިމިވަނީ. ކޮންމެވެސް ދުވަހަކުން މިކަންކަން ރިލެކްސް ކުރަން ޖެހޭނެ،" ނަޒްލާ ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް ހުޅުވާ ވެސް ލާން ޖެހޭނެ. ބަދަލެއް ވެސް އަންނަން ޖެހޭނެ. އަނބުރާ އާންމު ހާލަތަކަށް ދާން އަޅުގަނޑުމެން މަސައްކަތް ވެސް ކުރަން ޖެހޭނެ. އެކަމަކު އެ ހިސާބަށް މަސައްކަތް ގެންދެވޭނީ މި މެޝާސްތަކުގެ އަޅަން ޖެހޭ ފިޔަވަޅުތަކަށް އެންމެން ވެސް ސަމާލުކަން ދޭ ކަމަށްވާ ނަމަ،"

ނަޒްލާ ވިދާޅުވި ގޮތުގައި ވަކި ބަޔަކު ބަސް އަހައިގެން ގޭގައި ތިބެފައި އެހެން މީހުން އެއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށްވާ ނަމަ، މުޅި މުޖުތަމައު އަށް އޭގެ ފައިދާއެއް ނުފެންނާނެ ކަމަށެވެ. އެހެންވީމަ، ހުރިހާ އެންމެން ވެސް އިރުޝާދުތައް ބޯލެނބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގޭ. އަރައިގަތުން އަވަސް ވާނީ ވީ ވަރަކުން މެޝާސްތަކަށް އަޅުގަނޑުމެން ސަމާލުކަން ދީގެން،" ނަޒްލާ ވިދާޅުވިއެވެ.

އާންމުންގެ ތެރޭގައި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށާއި އެކަން ކަށަވަރުކުރަން އިތުރު ދިރާސާއެއް ހަދަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓު ކުރުމާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ސާމްޕަލް ނަގައި އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެ ބަލި އުޅޭތޯ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ. ބާކީ ތިބި ދެ ފަތުރުވެރިން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. އެ ބަލީގެ އަލާމާތްތައް ހުރި ކަމަށް ޝައްކު ކުރެވިގެން މިހާތަނަށް 1000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަދީ

    ޙުޅުމާލެ ސަންގު 1 ގެ އާއިލާ މީހުންނަށްވެސް ބޮޑު ޗުއްޓީ އެ އް ލިބިގެން އުޅޭ ހެން ކޮންމެ ދުވަހަކު ހަވީރު ބޮޑު ފައުޖެއް އެއްވާނެ މާލޭން އަންނަ ބައެއް
    ސަރުކާެރުން މިވަރަށް ކިޔާއިރުވެސް މީހުންނަށް ކިހިނެއް ވެފަތަ މިތިބެނީ

    4
    1
  2. ހޮޓުޑޯގް

    ޑޮކްޓަރުންނާއި ނަރުންގެ އާދޭސްތަކަށް އިޖާބަދިނުމަކީ ކޮންމެހެން ބޭނުންކަމެއް!އެމީހުން އެތިބެނީ ނުރައް ކަލާމުޅި ހަށިގަނޑާއި ފުރާނަ ކުރިމަތި ކޮށްގެން، ވީއިރު އަހަރެމެން އެމީހުންގެ ވާހަ ކަތައް ބޮލާލައިޖަހާފަ އުޅުމަކީ އިންސާ ނިޔަތާ ހިލާފު ޢަމަލެއް ކަންޔަގީން! ބޭރުގަނޫޅޭ ދިވެއްސަ ކަށް ބަލިޖެހުމުން އުފާނު ކުރޭ!

  3. ?

    ? ?

    1
    1
  4. އެންދެރި

    އާއްމު ހާލަތަކަށް ދެވޭނީ ބޭރުން.މީހުން އައުން ހުއްޓުވައިގެންނެވެ. މީހުން އަދިވެސް އަންނަނީ އެވެ.

    1
    1