މިހާރު އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު ހަމަވުމުން، ރައީސުލްޖުމްހޫރިއްޔާ އަށް ކައުންސިލްތައް ހިންގަން ބަޔަކު އައްޔަން ކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޝަހީމް ވިދާޅުވީ މި ދަނޑިވަޅަކީ ޤާނޫނު އަސާސީ އަށް ބަދަލުގެންނަން އެންމެ ރަނގަޅު ހާލަތުކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. ކައުންސިލްތަކުގެ ދައުރާއި މެދު ގޮތެއް ނިންމަން ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން މަސައްކަތް ކުރާ އިރު، ކައުންސިލަރުން ހޮވަނީ ޤާނޫނު އަސާސީގައި ކަނޑައަޅާ ވަކި މުއްދަތަކަށް ކަމަށް ވާއިރު އެ މުއްދަތު ހަމަވުމަށް ފަހު، ދެން ތިބެނީ ރައްޔިތުން ހޮވާ ބައެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޤާނޫނުގައި ވެސް އެބައޮތް އެކަމަށް ހައްލު ހޯދޭނެ ގޮތް ވެސް އިއްޒަތްތެރި ރައީސް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް ހައްލު ހޯދޭނެ ގޮތެއް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ، ރައީސުލްޖުމްހޫރިއްޔާ އަށް ހިންގުން މީހަކާއި ހަވާލު ކުރެވިދާނެ ކަމަށް. އަޅުގަނޑުމެން މިއުޅެނީ ޚާއްސަ ހާލަތެއް އައިސްގެން އިނގޭތޯ." ޝަހީމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ނުބޭއްވިގެން އުޅެނީ ދިމާވި ޚާއްސަ ހާލަތަކާއި ހެދި ކަމަށާ، މި ހާލަތުގައި މިހާރު ތިބި ކައުންސިލަރުން ދައުރު ނިމުމަށް ފަހު، މިހާރު ތިބި ކައުންސިލަރުން އެ މަޤާމުގައި ތިބުމުގެ މާނައެއް އޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ބާރުގެ ދަށުން މިއީ ޚާއްސަ ހާލަތެއް ކަމަށް ބެލުމަށް ފަހު ކައުންސިލްތައް ހިންގަން މީހަކު އައްޔަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށް އެކަން ކޮށްފި ނަމަ އެއީ ދައުލަތުގެ ޚަރަދަށް ބެލިއަސް، ވަރަށް ބޮޑުތަނުން އަޅުގަނޑުމެންނަށް ޚަރަދު ކުޑަ ކުރެވޭނެ. އަޅުގަނޑުމެން މިހާރު މިތިބަ ބޭފުޅުން ޤާނޫނު އަސާސީއަށް މި ހާލަތުގައި ބަދަލު ގެނެސްގެން، މިކަން ކޮށްގެން ކޮންމެހެން އަނެއްކާވެސް އިންތިހާއަށް ޚަރަދުވެސް ބޮޑުވަނީ. އަދި އަޅުގަނޑުމެން ކުރަން އުޅޭ ކަމެއްވެސް ނުކުރެވޭ." ޝަހީމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކައުންސިލްތަކުގެ ދައުރު އިތުރުކުރުމުން ތިބެނީ އިންތިޚާބީ ބައެއް ނޫން ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި ވަގުތު ރާއްޖެ އަށް އެންމެ ރަނގަޅީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ބަޔަކު ކައުންސިލް ހިންގުން ހަވާލުކުރުން ކަމަށާ، އެއީ ޙުދުމުހުތާރުކަމެއް ކަމަށް ޤަބޫލު ނުކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތުގެ ދަށުން، (ޅ)ގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޜައްޔިތުމީހާ

    ތީކަލޭމެންނަށް ކައުންސިލްތައް ލިބެން އޮތްގޮތަކީ ތިނޫންގޮތަކަށް ލާހިކެއްނޫ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާކަށް. ޢެހެންވެ ތިޔައުޅެނީ ލޯ ހޮރުވައިގަނެގެން. މުޅި ގާނޫނު ބަދަލުކޮށްލާ ރައީސް މީހާއަށް ތިޔަބުނާ ބާރުތައް ލިބޭގޮތަށް.

    9
    2
  2. ބޭނުމެއް ނެތް

    ކަލޭމެންގެ ބޭނުމެއް ނެތް ކަމަށް ކަލޭމެން އަމިއްލައަށް މިހާރު ތިޔަ އިއުތިރާފު ވެވުނީ. ބޭކާރު ބަޔަކު ބޮޑު މުސާރަ ދީފައި ބޭތިއްބުމުގެ ބޭނުމެއް ނެތް. ކަމެއް ޖެހޭ ހިނދު ރައީސް މީހާގެ ބޮލަށް ކަނޑާލާފައި މަތިފަޑިއަށް އަރާ ބަޔަކު ބޭނުމެއް ނޫން. ކަލޭމެން ނެތަސް ރައީސް މީހާ މިގައުމު ހިންގާނެ. ކަލޭމެން ނެތަސް މިގައުމުގައި ސިފައިންނާއި ފުލުހުންނާއި ސިވިލް ސަރވިސް އޮތިއްޔާ ރައްޔިތުން ބޭނުންވާ ޚިދުމަތް ދެވޭނެ. ބޭކާރު ބައެއް.

    10
    1
  3. ބްރޯ

    ގާނޫނުއަސަސީގެ 80 ވަނަ މާއްދާގަ ބުނާފަދަ ގަރާރެއް މަޖިލީހުން ފާސްކޮށް ސްޕްރީމް ކޯޓަށް ހުށަހެޅުމުން 80 ވަނަ މާއްދާ ބުނާފަދަ ނިޔާއެއް ސްޕްރީމްކޯޓުން ނެރުމުން ތިޔަ މައްސަލަޔަށް ނިމުމެއް އަންނާނެ .80 ވަނަ މާއްދާގެ ދަށުން އެކަންކުރެވޭނެތޯ ނޫނީ ނޫންތޯ ކަނޑައަޅާ ފަރާތަކީ ވެސް ސްޕްރީމްކޯޓް .ސްޕްރީމް ކޯޓުންއެއްވެސްކަމެއްނުކުރުވާ ގާނޫނުއަސާސީގެ މަފްހޫމް ދޫކޮށްލީމާ އެއްވެސް ދޮރަކުން ނިކުންނާކަށެއް ނެގޭނެ.

  4. ތާރީޚް

    ތި ކޮރޯނާ ޝިޔާމް އަކީ ކޮރޯނާ ވައިރަސް އިން ޖެހޭ ކޮވިޑަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫނޭ ބުނި މީހާ . މިކަހަލަ މީހަކަށް ކިހިނެތް ރަނގަޅު ޚިޔާލެއްދެވޭނީ .

    9
    2
  5. Anonymous

    އެހެންވެއްޖިއްޔާ މިތަނުގައި މިއޮރީ ރަސްކަމަކަށްވާނީ. ޖާހިލުން މަޖްލިހަށް ލިއަސް އެމީހުންގެ ފަރާތުން އޮއްޓަރު ހުރި ވާހަކައެއް ނީވޭނެ.

  6. Anonymous

    ތިކަން ކުރަންވާނީ މިހާރު މިއޮތް ނާގާބިލް ޖާހިލު މަޖްލިސް އުވާލާފަ.

    9
    1
  7. އާލާ

    މިސޮރަކީ ކޮން ޖަންގައްޔަކުން ނުކުތް އެއްޗެއްތޯ ބަލާބަލަ. ގާނޫނުހަދާ މަޖްލިހުގެ މެންބަރެއް ދައްކާ ޒާތުގެ ވާހަކަ ދައްކާ ބުރާންޗެއްނޫން މިހިރީކީ!

    10
    2
  8. މުސްލިމް

    ޒުލަކުން ނެރެގެން ގެންދާބހަތަރު މޮއްގަނޑު ޖެހި އެއްވެއް މަޖްލިހަށް ލުމަކުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެ ފަދައިން މިފަދަ ނާގާބިލް.މީހުން މަޖްލިހަށް ލިޔަސް ރައްޔިތުންނަށް އަދި ގައުމަާްވެސް ކުރާނެ ފައިދާއެއް ނޯންނާނެ.

    7
    1
  9. މަމި

    މިކަލޭގެ އަށް ކޮރޯނާ ވައިރަސްގަ ހުރި ނުރައްކާ އިހުސާސް ކުރެވިއްޖެތަ؟ މީ އުޑެއްކީއަކުރަން ފައިބުޑުވެސް ނޭގޭ މޮއަގަނޑުލީ އެއްޗެއް....

    7
    1
  10. ޝަހީދު

    ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ކައުންސިލްތަަކަށް ރައީސުލް ޖުމްހޫރިއްޔާ ބޭނުންފުޅުވާ މީހަކު ޢައްޔަން ކުރާކަށް ނޯންނާނެއެވެ. ޤާނޫނު ހަދާ މަޖިލީހަށް ރޯނުއެދުރުން އިންތިހާބުވުމުގެ ނަތީޖާ މިހިރަ ފެންނަނީއެވެ. ?

  11. ޝަހީދު

    މިފަދަ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތްތައް ޤާނޫނުއަސާސީގައި ބަޔާންވެފައި ވެއެވެ. ޤއ ގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެކެވެ. އަދި ބަލިމަޑުކަމެއް ފެތުރުމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް، އެހެން ޤާނޫނެއްގެ ދަށުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ކަންކަން ހިންގާތީވެސް ހާމަވަނީ ރައީސް އަށްވެސް އެމަނިކުފާނުގެ ބާރުތަކާއި މަސްއޫލިއްޔަތު އެނގިވަޑައިގެންފައި ނެތް ކަމެވެ. ރޯނު އެދުރުންގެ އަތްމައްޗަށް ޤައުމު ދިޔުމުގެ ހިތިރަހަ މިހިރަ ލަނީއެވެ.

  12. ބްރޯ

    ސަހީމް ބުންޏަސް ތިޔަކަމެއް ނުކުރެވޭނެ. ގާނޫނުއަސަސީ ގަ އޮތީ ތިޔަހެނެއްނޫން . ކައުންސލް ވިޔަސް މަޖިލިސްވިޔަސް މިހާލަތުގަ އާންމު އިންތިހާބެއްނުބޭއްވިއްޖެނަމަ އަމަލުކުރަންވާނީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާ އަށް. ނުވަތަ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން. މިނޫންގޮތަކަށް އަމަލުކޮށްފިނަމަ އެވާނީ ގާނޫނުއަސާސީ ވީދާލީ ކަމަށް.މިނޫންގޮތަކަށް މިކަންކޮށްފިނަމަ އެހިސާބުން ގާނޫނުއަސާސީ އުވުނީ 2008 ގެ ކުރީގަ އަމަލުކުރަމުން އައި ކަތީބުން ގެ ހިސާބަށް ގައުމު ދާނީފަހަތަށް ގާނޫނުއަސާސީގެ 115 ގެދަށުން ކައުނަސިލްގެ މަގަމް އުފައްދާ މީހުންއައްޔަނެއްނުކުރެވޭނެ. މަގާމުގެ މުއްދަތު ހަމަވުމަކީ ހުސްކަމެއް އަންނާނެ ކަމެއްނޫން އަލުން މީހަކު އިންތިހާބުވެ މަގާމާ ހަވާލުވަންދެން މިހާރު ހުރި މީހެއްގެ މަގާމްގެ ވާޖިބު އަދާކުރުންމަތީދެމިހުންނަންވާން.އަދި ރައްޔިތުން އިންތިހާބު ކުރި މީހަކު ވަކިވާނީ އެހެން މީހަކު ރައްޔިތުން ހޮވާ މަގާމާއި ހަވާލުކުރުމުން. މިހާރު ހުރި މީހާ ރައްޔިތުންއެހެން މީހަކު ހޮވަންދެން މަގާމުގަދެމިހުންނަންވާނެ.

  13. ހާސިމު

    ތިކައުންސިލަރުންބައިތިއްބާނެކަމެއްނެއް އެއްކަމެއްވެސްކޮދޭބައެއްނޫން

    1
    1
  14. ޙބ

    މިއީމޮޔަ މީހެއް

  15. ޑިކްޓޭޓަރ

    ތިހެން ތިކަމެއް ނުކުރެވޭނެ. ތިތަނަށް ވެދެވުނީމަ ވާނުވާނޭންގިތިބެ ބޭނުންހާ ހޮތަކަށް ރައުޔުނެރެން ނޫޅޭ. އެހެން ވިއްޔާ އެދާއިރާގެ ރައްޔިތުން ކީއްކުރަންދޭ ވޯޓެއް؟، ރައީސުލްޖުމުހޫރިއްޔާ ބޭނުންބަޔަކުލާންވީނު؟

  16. ޚޔާލި

    މިދިޔަ ކައުންސި ލްގެ ދައުރު ދިގުދަންމާ ލީ ކޮންޤާނޫނަކުން ލިބުނު ބާރަކުންތޯ. މިހާރުތޯ އެބާރު ނެތީ. ޥަރަށް މަޖާ އިނގޭ.

    1
    1
  17. ކައުންސިލަރު

    ކައުންސިލް ހިންގަން މީހުން އައްޔަން ކުރެވޭނީ ރައީސަކަށްނޫން ކެނެރީ ޕްރައިވެޓް ލިމިޓެޑުގެ ރައީސް ނަޝީދާ އެ ކުންފުނީގެ މެމްބަރުންނަށް ކައުންސިލްތަކަށް މީހުން އައްޔަން ކުރެވޭނީ އަދި ދައުރު ދަންމާލެވޭނީވެސް މުޅި އޮޑިގަ ކެނެރީ ޕްރައިވެތް ލިމިޓެޑުގެ ރައީސްގެ ދެފައި ކައުންސިލްތަކަށް ހަމަޖައްސަންޖެހޭނީ ގޭންގް ސްޓާރުންނާ ޑުރަގު ޑީލަރުން އޭރުން އެޖެންޑާ 19 މަގުސަދު ހާސިލްވާނީ