ޤާނޫނު އަސާސީން ލިބޭ ކުޑަކުޑަ ލޯވަޅަކުން ޤާނޫނު އަސާސީ އިސްލާހުކުރުމަކީ ސުވާލު އުފެދޭ ކަމެއް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، އިމްތިޔާޒް ވިދާޅުވީ، މި ދަނޑިވަޅަކީ ހަގީގަތުގައި ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި ޤާނޫނު އަސާސީ އިސްލާހުކުރެވެން ޖެހޭނީ ހޮޅުއަށިތަކާއި އެހެންތަންތަނުގަައިވެސް ސައްލާ ކުރެވޭ ގޮތަށް އޮންނަ ހާލަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޤާނޫނު އަސާސީގައި އޮތް ގޮތެއްގެ ސަބަބުން، ލިބޭ ކުޑަކުޑަ ލޯވަޅަކުން އެ ލޯވަޅެއް ބޭނުން ހިފައިގެން، ކުއްލިއަކަށް ޤާނޫނު އަސާސީ ބަދަލުކުރުމަކީ ކިހާ ލެޖިޓިމެޓްކަމެއްތޯ އަޅުގަނޑުމެން މި ސުވާލު މި އުފެދެނީ. ހަގީގަތުގަ އަޅުގަނޑު ދެކޭގޮތުގައި، މި ދަނޑިވަޅަކީ މިއީ ކުއްލި ނުރައްކަލުގެ ހާލަތެއް. އަޅުގަނޑުމެން ގިނަ މެމްބަރުން ކޮންމެ މެމްބަރަކުވެސް ވާހަކަފުޅުދައްކަވަމުން އެބަ ވިދާޅުވޭ، ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނޭ." އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާއިރު އެއީ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި ނަމަވެސް، ކޮވިޑް19 އަކީ މުޅި ދުނިޔެއަށް އައިސްފައިވާ ކުއްލި ނުރައްކަލުތުގެ ހާލަތެއް ކަމަަށް އިމްތިޔާޒް ވިދާޅުވިއެވެ.

މި ހާލަތަކީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ސަރުކާރުންވެސް ޤަބޫލުކުރައްވާ ހަމައެކަނި ނުކުރައްވާ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުކުރައްކަލުގެ ހާލަތެއް ނެތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވިޔަފާރިތައް ތަޅު އެޅުވި، އެއްރަށުން އަނެއް ރަށަށް ނުފުރޭ އިރު މިހާރު ތިބި ހާލަތަކީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ޤަބޫލުކުރެވޭ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

އިމްތިޔާޒް މިހެން ވިދާޅުވެފައި ވާއިރު، އިއްޔެ މިހާރު ރާއްޖޭގައި އިއުލާންކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރައްވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ލަފާ އަރުވާފައެވެ.

ފިލްޒާ މިފަދައިން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން އެކަމާއި ދެކޮޅަށް ވާހަކަ ދެއްކެވުމުން މަޖިލީހުގެ ރައީސް އެކަމުގެ ލަފަޔަކަށް އެދިވަޑައިގަތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ފިއްތި

  މީހެއްގެ ދަށުވެ މީހަކު ފިތިއްޖިއްޔާ އެމީހާ ނުރުހޭގޮތަކަށް ބަހެއްވެސް ނުބުނެވޭނެ. ކުޑަ ލޯވަޅޭ، ބޮޑު ލޯވަޅޭ، އެ ވަގުތޭ، މިވަގުތޭ ކިޔައިގެން ކިތަންމެ ހާސަރެއް ދެމިޔަސް ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ހާލަތެއް ނޫން މިއޮތީ. ގާނޫނުއަސާސީ އިސްލާހުކުރަނީ ހޮޅުއަށްޓަކުން ނޫން. އެ ޒިންމާ މަތިކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހާ. މަޖިލީހުގެ ޖަލްސާތައް ބޭނުންއިރު ބޭނުން ވަގުތަކު ބޭނުންވާ ދިގުމިނެއްގައި އެބަ ބޭއްވޭ. ޒަމާން ބަދަލުވެއްޖެކަން ނުދަންނަ ގޮފަޅުންނަށް މިއަދު މިއޮތް ހޮޅުއަށްޓެއްވެސް ނޭނގޭނެ. މިއަދު އޮތް އެންމެ ބޮޑު އެންމެ ފުޅާ ހޮޅުއަށްޓަކީ ސޯސޝަލް މީޑިއާ. އެއަކަށް ހުއްޓުމެއް އައިސްފައި ނެތް. އެމީހަކު ބޭނުންވަރަކަށް ވާހަކަ ދެކެވޭ، ލިޔެވޭ، ކިޔައި ހެދޭ. ބޭނުންވަރަކަށް ޚިޔާލު ފާޅުކުރެވޭ. ނުވިތާކަށް ޚިދުމަތްދޭ ނެޓުވޯކުތަކުން ހެސް ކިޔާފައި ޑޭޓާ މިއޮތްގެން ބަހަނީ.

  9
  4
 2. ޢެޖެންޑާ 19

  ޜައްޔިތުން ތިބީގޭބަންދުގަ ނިކަމެތިހާލުގަ މުޅިދުނިއެވަނީ ބަންދުކޮއްފަ ކުއްލިނުރައްކަލުގެ ހާލަތު މާނަކުރަނީ ބަޑިއާ ބޮމުން ކަމައްދެކި އޭގެ ބޭނުން ތިހިފަނީ އިންތި ބުނިހެން ރައްޔިތުންގެ މައްޗައްގާނޫނު ހަދަންޖެހޭނީ ނަފްސާނީގޮތުން ސިއްހީގޮތުން ބެލުމައްފަހު ރައްޔިތުން ވައްނާނެ ތަނެއް ބޯހިޔާނުވެ ބަނޑައްޖެހޭވަގުތު ހަދާގާނޫނުތައް ދުނިއެވީގޮތުންވެސް ބަލާގައްނާނެބަޔަކުނުތިބޭނެ ނަމުން ރައްޔިތުންގެ މަޖިލީސް ކަމުން ޕާޓީތަކުގެ އޮޅުއައްޓަކައް ތިވާނީ މިބުނީ ތިހިންގަނީ ފާހާނާގަ ފިލާތިބެ ނަމަވެސް ހާލަތުރަގަޅުނަމަ އެކަހެރިވެ ތިބެހަދާ އެއްޗެއް ސައްހައެއްނުވާނެ މުޅިދައުލައް ޗިޗަންޑާ19 އިންމޮޑެފަ އޮތީމަ ރައްޔިތަކުދާނެ ތަނެއްނޮއޮނާނެ މީހަގީގަތަކީ

  5
  2
 3. ހުސޭނުބޭ

  އޮޅެގެންވެސް ތި ބުނެވުނީ ރަގަޅު ވާކައެއް! ތި މަޖިލީހުގައި ލޯވަޅު މާ ގިނަ!

  11
 4. ޙަސަނު

  ލާދީނީ ކަލޭގެ ހުޅަނގުގެ ޑިމޮކްރަސީ ރަނގަޅުކޮށް އެމީހުން ފަލަސްޠީނާއި އެހެނިހެން އިސްލާމީ ޤައުމުތައް އަޅުވެތި ކުރުން ރަނގަޅު މީހާއަށް ޑިމޮކްރަސީން ކުޑަ ނަމަވެސް ލޯވަޅެއް ފެނިއްޖެތާ އޭގެ މާނައަކީ ޑިމޮކްރަސީ އަކީ ފޭކް އެއްޗެއްކަން !

 5. ޅޯވަޅު

  ކަމަކަށް ވާކަހަލަ ވައިރަހެއް ލައިގަތީމާ މިމީހުންނަށް ނުވަދެވޭ ލޯވަޅުވެސް ހުރޭ. ދެންކީއްކުރާ އިއްޒަތްތެރި ބައެއްތީ. މިމީހުންގެ ބޭނުން ޖެހުނު ދުވަހު ލޯވަޅު ހިމަވެއްޖެ. އަދިވެސް މުސާރަ ބޮޑުކޮއްލަމާ ބަހީ. ރައްޔިތުން ނާމެދު ނުވިސްނާ ލޯވަލު މާހިމަ

 6. ބޮޑު ލޯވަޅު

  ކީއްވެގެންތަ ބުނަން ނުކެރިގެން ތިޔައުޅެނީ މީތި ފާސްކޮށްފިއްޔާ ކައުންސިލް ނާކާމިޔާބު ވާނެއޭ. އެހެންވީމާ ރައީސްމީހާ ލައްވާ ކައުންސިލްތައް އައްޔަން ކުރާށޭ.

 7. ބޭކާރު

  އަދިވެސް އިއްޒަތްތެރި ވެފައިތިބެންވީނު.ބަލަ ކަލޭމެންޏަށް ނުވަންޏާ އިސްތިއުފާ ދީބަލަ. މާ މޮޅުބަޔަކަށް ވެގެން މިވަރުބައެއް ނެތިގެން އުޅުނު މީހުން މިހާރު އެތިބީ ކޮވިޑުވެފައި. ބޮޑު ލޯވަޅު ކުޑަ ލޯވަޅު ކިޔާލަ ކިޔާލާ.

 8. ބޮޑުމީހާ

  އަހަރުމެންނަށް އެނގޭ ތިޔައުފެދޭ ސުވާލު. މިފަހަރު ކައުންސިލް ކާމިޔާބު ވާނެތޯ ނުވާނެތޯ އެސުވާލެއްނު. އެލޯވަޅިޔަ މިލޯވަޅިޔަ ނުކިޔައި ތިޔަކން ކުރަން ނޭނގެންޏާ އިސްތިއުފާ ދީބަލަ ހުރިހާ މީހުން ކުރީ ދަޢުރުދައި ކެބިނެޓް ހެދިހެން އެކަން ކުރަންއިނގޭނެ ކަލޭމެންގެ ބޮޑުމީހާއަށް.

 9. ނަގުލު ފިއްތި

  ކުޑަ ކުޑަ ލޯވަޅު ބައްދާއިރު މިއުޅޭ މަސްތުވެގެން ބިއްޖެހިފަ މަގުމަތި ވެގެން މިއުޅޭ ބީތާއިންގެ ހައްޔަރު ކުރެވޭނެ ޤާނޫނެއް ހަދާބަލަ. ކަލޭމެން ހޮވީ ބައްކައްކާ ކުޅޭކައްނޫން

 10. ބޮޑު ފަރަންޖީ

  ރައްޔަތުންނައް ފާއިދާހުރި ގާނޫނެއް ހަދާބަލަ. މިސާލަ ކައް މަސްތުވެގެން މަގުމަތީގަ ބިއްޖެހިފަ މިތިބޭ ބީތާއިން ހައްޔަރު ކުރެވޭނެ ގޮތެއް ނުވަތަ އެމީހުންނައް ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ ގޮތެއް. އެމީހުންގެ ބަލާ ރައްޔަތުންނައް ބޮޑު މުޅި ދުނިޔެއައް ދިމާވެފައި މިވާ ކޮވިޑައް ވުރެން. ވައް ކަން ކުރުން ފޭރުން ސަލާން ޖެހުން ގޭގަ އޮންނަ ކާޑު ކޮޅުވެސް ގެންގޮސް ބަންގާޅީންނައް ވިއް ކަނީ. މި ރޯދަމަހުވެސް އުޅެންޖެހޭނީ.......

 11. މޯރީ

  އެހެންވީމާ 5 ން 8 އަށް ބެޔރުގަ އުޅުނަސް ކުއްވެރި ނުވާނެ .
  ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރައްވާތީ.