ތ.އަތޮޅުގެ ރަށްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ގުރައިދޫ އަށް ވަޑައިގެންފިއެވެ.

މެޑަމް ފާތުން ގުރައިދޫ އަށް ވަޑައިގެންނެވުމާ އެކު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާ އަށް ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

ގުރައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މެޑަމް ފާތުން ބައްދަލުކުރެއްވިއިރު އެ ރަށުގެ އަންހެން ކަނބަލުން ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އެގޮތުން ރަނގަޅު ފެންވަރެއްގެ ބަނދަރެއް ގުރައިދޫ އަށް ބޭނުންވާކަން މެޑަމް އާއެކު ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން ފާހަގަކުރިއެވެ.

ގުރައިދޫ އަކީ ޕީޕީއެމް އަށް ތާއީދު ބޮޑު ރަށަކަށްވާއިރު އެ ރަށަށް އަދިވެސް ވަޑައިގަތުމުގެ ދައުވަތު އެ ރަށުގެ ކަނބަލުން ވަނީ މެޑަމް ފާތުން އަށް އަރުވާފައެވެ.

މެޑަމްގެ މި ދަތުރުފުޅުގައި މިހާތަނަށް ވަނީ ވިލިފުށި އާއި ތިމަރަފުށި އަދި މަޑިފުށްޓަށް ވެސް ވަޑައިގެންފައެވެ. އަދި މާދަމާ ހެނދުނު ގާދިއްފުށްޓަށް މެޑަމް ވަޑައިގަންނަވާއިރު މާދަމާ މެންދުރު ދިޔަމިގިލި އަދި ވޭމަންޑޫ އަށް ވަޑައިގަންނަވާނެއެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ހާލިދު ބުން ވަލީދު

    މީތޯ މިފަހަރު ކެނޑިޑޭޓް

  3. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސްކެވުނުތޭ. މަހަށް ދޭބަލަދެން. މަހަށް މަހަށް މަަހަށް މަހަށް ދޭބަލަ ދެން.

  4. ސާބަހޭ މެޑަމް

  5. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް މަމެންގެ ވެރިކަން ވެއްޓިއްޖެތޭ ނުވެއްޓުނު ދޯ. ދެން ތަމެން ކޮން އެއް ކެންޑިޑޭޓެއް ނެރެންތޭ އެއް ކެންޑިޑޭޓް އޮޅާލަބަލަ ތަމެން. އެއޮތް އަންނަނީ ރަންރީނދޫ ޓްވިޓަރޭ ރެޑް ޓޮޕް އެއް ލައިގެން ބްލޫ ޖީންސް ގައި މަމެންގެ ވެރިކަން ވައްޓާލާނަމޭ ކިޔާ ކެޓް ވޯކް ޖައްސަމުން ދޯ. ޝީ ގޮޓް ދަ ބޭޑް ނަމްބަރ އައި ނޯ ހާރ ގޭމް ޝީ އިޒް ކޮރަޕްޓެޑް ޝީ އިޒް ބްރޫޓަލް އެން ރުތްލެސް. އެވްރީ ބޮޑީ ކީޕް އަވޭ ފްރޮމް ހާރ ޝީ އިޒް ދަ ސަންތިމަރިޔަނބޭ އޮފް ރަންރީނދުލޭސް. ޝީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ޝީ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ޝީ ސޭސް އިޓްސް ރައިޓް އައި ނޯ ޝީ ގޮޓާ ގޯ ޑައުން އައި ނޯ ޝީ އިޒް ގޮނާ ފެއިލް. އެވްރީ ބޮޑީ ހޯލްޑް ދަ ރެއިލިންގް ސްކައި ޓްރެއިން އިޒް ގޮނާ ޓޭކް އޮފް އެން ނައު ޔޫ ނޯ ހޫ އިޒް ކޮރަޕްޓެޑް. ޝީ އިޒް. ޝީ ގޮޓް ދަ ނަމްބަރ ޝީ ސޭސް އިޓްސް ރައިޓް ޝީ ގޮޓް ދަ ނަމްބަރ ޝީ ސޭޒް އިޓްސް ރައިޓް ކޮރަޕްޓް ނަމްބަރސް އޮން ދަ ޑާންސް ފްލޯރ ކޮރަޕްޓް ނަމްބަރސް އޮން ދަ ޑާންސް ފްލޯރ ޖަސްޓް ޑާންސް ޑާންސް ޑާންސް ޑާންސް ޝީ ގޮޓް ދަ ނަމްބަރ..