އައްޑޫސިޓީގެ ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އައްޑޫސިޓީގެ ފުލުހުން ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

އެކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއްގައި ކެމެރާ ހަރުކުރެވިފައިވާ ކަމަށާއި، އެހެން ސަހަރައްދުތަކުގައި އިތުރު ކެމެރާތަކެއްވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ހަރުކުރި ކެމެރާތަކާއެކު މިހާރު އައްޑޫގެ ހަތަރު ސަރަހައްދެއްގައި އަށް ސީސީޓީވީ ކެމެރާ ހުންނާނެ އެވެ.

އައްޑޫސިޓީގެ މަގުތަކުގައި ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް ތައާރަފުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ، ސިނަމާލެ ބުރިޖު އަދި ހުޅުމާލޭގެ އެކި ސަހަރައްދުގައި ވަނީ ކެމެރާ ހަރުކުރެވިފައެވެ. ކެމެރާ ހަރުކުރުމުގެ ބޭނުމަކީ އާންމުންއަށް ރައްކާތެރިކަން ކަށަވަރަރުކޮށްދީ މަގުމަތީގެ އެކްސިޑެންޓްތަކާއި މާރާމާރީ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅެއް ގޮތުންއެވެ.

ކެމެރާ ހަރުކުރެވިފައި ހުރުމުގެ ސަބަބުން ގިނަ ފަހަރު ފުލުހުން ރަހުގީގު ކުރާ ބައެއް މައްސަލަތަކަށް ބަލާ ފާސްކުރުމާއި ތަހުގީގަށް ބޮޑެތި ލުއިތަކެއް ލިބިގެން ދެއެވެ.