މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބްގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ އިލެކްޝަންސް ކޮމިޝަނެން އެކުލަވާލާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

މިއަދު ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަކުރައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންގެ ޙައްގުތައް ކަށަވަރުވާން ޖެހޭނެ ކަމަށެވެ.

"ގާނޫނާއި އެއްގޮތަށް އަމަލުކުރާ އިލެކްޝަންސް ކޮމިޝަނެން އެކުލަވާލެވޭނެ ކަމުގެ ފޮނި އުންމީދުތަށް އާވެއްޖެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތަށް ކާމިޔާބު ދަނީ ލިބެމުން " ނިޒާރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަނީ ސިޔާސީ ޕާޓީއަކުން އަމަލުތައް ބަހައްޓާ ގޮތަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިބި މެންބަރުން ތިބެގެން ރާއްޖޭގައި މިނިވަން އިންތިޚާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އެގޮތުން އިންތިހާބަކަށް ދިޔުމުގެ ކުރިން ފުރަތަމަ ކުރަންޖެހޭ ކަމަކީ އިލެކްޝަންސް ކޮމިޝަނަށް މިނިވަން މެންބަރުން އައްޔަނުކޮށް ކޮމިޝަން މިނިވަންކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުބުމުގައި ސިޔާސީ އެކި ކަންކަމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށް ފަހު، ޝަރީއަތް ނުފަށައި ގިނަ ވަގުތު ކޯޓްގައި ހޭދަކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޯއްޗެއްތޭ އާ އިލެކްޝަންސް ކަމިޝަނެއް އެކުލަވާލާނަމޭ. އެހެންތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ރަނގަޅަށް ރާކަނި މަސްކާން ދޭނަމޭ ތެޔޮ ލައިގެން ތައްޔާރަށް ތިބޭތި އިނގޭތޭ. ތަމެން މަހަށް ދޭބަލަ ދެން. މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ..

  2. ޙަބޭސް

    މިއީ ހާދަ ގަދަބަސް ބުނާ ބައެކެދޯ މިނިވަން އިންޚާބެއް ނުބޭއްވޭނީ މިއޮތް އޮދިކޮޅު ޕާޓީތައް އޮވެގެން އެހެންވީމަ އިންތިޚާބުގެ ކުރިން އިދިކޮޅު ޕާޓީތައް އުވާލަންވީ

  3. އަޙްމަދް

    ހެހޭ: ގުނބޯ ހައްދަން ކޮސްގޮވަނީ!
    ތީ ގުނބޯ ކޯލީޝަން.

  4. އޮޅާލާ

    އިންތިޚާބުގެ ކުރިން ޖޭޕީ އާއި އަދާލަތާއި އެމްޑީޕީ އުވާލެވޭނެ މަމެން ސިޔާސީ ޕާރޓީ ތަކުގެ ގާނޫނަށް އަންނަ ހަފްތާގައި ގެންނަ ބަދަލަކާއި ގުޅިގެން. ދެން ސިޔާސީ ޕާރޓީ އެއް ކަމަށް ގަބޫލުކުރެވޭނީ 50 ހާސް މީހުން ހަމަވާ ސިޔާސީ ޕާރޓީ ތަކަށް އަލަށް ގާނޫނަށް ގެނެވޭ ބަދަލާއި ގުޅިގެން. 50 ހާސް ހަމަ ނުވާނަމަ އެފަދަ ޕާރޓީ އެއް ނުބެލެވޭނެ އެއީ ސިޔާސީ ޕާރޓީ އެއް ކަަމަށް. އެއިރަށް ހުންނާނެ އަލާދފިލާފައި ދޯ. ކޮން އިންތިޚާބުގެ ކުރިންނެއް ތޭ. ކުރިން އޮޅާލަބަލަ. އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ތަމެން ބެކަށް ޖަހާ ޖަހާ ޖަހާ..

  5. ޢަފްލާ

    ޜޯބްރާނތި އިނތިހާބުގެ ކުރިން އާރައީސެއް އައްޔަން ކޮހބަލަ

  6. ޙަފްޞާ / މާލެ

    އެލެކްސަންކޮމިސަނސްްގެ ރައީސަކަށް ޢަލީޒާހިރު . ނައިބަކަށް މުޞްތަފާ ، ދެން މެންބަރުންނަށް އަމީތު ، ވައްޑޭ ، މުޙައްމާ ، ސިނާނު ، މަޚްލޫފް. ސެކްރެޓަރީއަކަށް ނާދިރާ ، ނައިބަކަށް އަނީސާ . ވޮޗަރުންނަށް ޔުމްނާ ، މާރިޔާ ތިބީމާ ހުންނާނީ ޢަދުލުވެރި ކޮމިޝަނެއް ހެދިފަ! ލަލަލާ

  7. ޙަފްޞާ / މާލެ

    ހަމަހަމަ ދޫނުކޮށް މީސްކޮޅު ރުއްސާފަ ގުނބޯހައްދާފަ ބައިތިއްބާތި!

  8. ައަނާރު ކަލީ

    ކީއްކުރަންތަ އިންތިޚާބު ބާއްވަނީ މިހާރު ތިއަތިބީ ވެރިކަމުގައޭ ދަށްކާއެއްވެސް ވާހަކައެއް ތާކުން ތާކު ނުޖެހޭ

  9. ސައްޕު

    ހޫން އެއްކަލަ ސިދާތާ މެންގެޔަށް ބާޒާރު ކޮށްދޭ ސޮރުދޯ. ކަލޯ ތިހާ ޓީވީތަކަށް އަރާ މަޝްހޫރުވާން ބޭނުމިއްޔާ ފިލްމުކުޅެންފަށާބަލަ. މިކަހަލަ ސިޔާސީގޮތުން އުރަތްޕެތް ނުވާ ކުރަފި އިދިކޮޅުގަ ތިބީ

  10. މުހައްމަދު

    ކަލޯ ތީ ކާކު؟ އަދާލަތު އަންހެން ގޮފީގެ ކުދިންކޮޅު ގޮވައިގެން ކޮފީއަށް ކެނޑޭނީ.