ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް19އާއި އެކު، ގައުމުތަކުން ދަނީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެެ.

އެގޮތުން ގިނަ ޤައުމުތައް ފުރަބަންދުކޮށް، ޒަރޫރީ ބޭނުމަށް ނޫން ގޮތަށް ގެއިން ނުނިކުތުމަށް އިރުޝާދުދެމުންދާއިރު ބައެއް ޤައުމުތަކުގައި ކާފިއުވެސް ދަނީ އިޢުލާންކުރަމުންނެވެ.

ރާއްޖެއިން މާރޗް މަހުގެ ކުރީކޮޅު ކޮވިޑް19 ފެނުމާއި އެކު އަޅަމުން އައި ފިޔަވަޅުތަކުގެ ތެރެއިން، ސިއްހީ ޚިދުމަތްތައް ވީހާވެސް ފުރިހަމަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ނޭޕާލްގައި ތައުލީމް ހާސިލް ކުރަމުންއައި ބައެއް ޑޮކްޓަރުން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން ކަމާއި ބެހޭ އިދާރާތަކުގެ މެދުގައި ލިޔެ ކިޔުންތައް ބަދަލުކުރުމަށް ފަހު މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން، ނޭޕާލްގައި ތިބި ދަރިވަރުންގެ ތެރެއިން 36 ދަރިވަރުން ވަނީ މާރޗް 21 ވަނަ ދުވަހު ފުރާފައެވެ. އަދި ދެވަނަ ގްރޫޕް ފުރާފައި ވަނީ މާރިޗު 23 ވަނަ ދުވަހުއެވެ. މިހާރު ނޭޕާލްގައި ތާށިވެފައިފާ 17 ކުދިންނަކީ މާރިޗު 24 ވަނަދުވަހު ފުރަން ހަމަޖެހުނު 3 ވަނަ ގްރޫޕެވެ.

ނޭޕާލްގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ ތެރެއިން ކަޓްމަންޑޫ ނޫން ހިސާބުތަކުގައި ތިބި ދަރިވަރުންވެސް އައީ އެ ކުދިން އަނބުރާ ޤައުމަށް ގެންދާކަން އެނގުނުހާ އަވަހަަކަށް އެއާޕޯޓާއި ކައިރި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ. އޭގެ ތެރެއިން އެކި ކުދިންނަށް ޓިކެޓް ލިބުނީ އެކި ދުވަސްތަކަށެވެ.

މާރޗް 21 ވަނަ ދުވަހު ނޭޕާލް ފުރަބަންދުކުރުމާއި އެކު އެ ގައުމުގެ އުދުހުންތައް ވަނީ މެދުކެނޑުމަކަށް އައިސްފައެވެ. މިކަމާއި ގުޅިގެނ މާރޗް 24 ގައި ފުރަން ހަމަޖެހިފައި ތިބި ދިވެހި ދަރިވަރުން މިވަގުތު ތިބީ ކަޓްމަންޑޫގެ އެއާޕޯޓާއި ކައިރި ސަރަހައްދެއްގައި ތާށިވެފައެވެ.

އެތަނުން އެއް ދަރިވަރަކު ވަގުތަށް ކިޔާދިން ގޮތުގައި ފުރަބަންދު ވުމާއި ހިސާބުން ފެށިގެން ވެސް، އެތަނުގައި ތިބި ދަރިވަރުންނާއި ނޭޕާލްގައި ހުންނަ ދިވެހި އެމްބަސީ އާއި އެކު ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އެ ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލާކަމާއި، ސަރުކާރުގެ އެހީ ލިބޭކަން ވެސް އެ ދަރިވަރުން ފާހަގަކުރެއެވެ.

އެހެންނަމަވެސް ފުރަަބަންދުގެ ސަބަބުން އެނބުރި ގައުމަށް ނާދެވި ތިބެން ޖެހުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްވުންތަކެއް އެ ދަރިވަރުންގެ ވެސް އެބަހުއްޓެވެ.

" ހުރިހާ ކުދިންގެ އެކައުންޓް ނަމްބަރުތައް ފޮނުވާފަވީ. ދެން ވަގުތުކޮޅެއް ނަގާނެތާދެއްތޯ އެކަންކަން ހަމަޖައްސަން. މިވަގުތަށް 1 ހަފްތާ އަށް ވާވަރަށް ހޮޓެލްގައި ތިބެވޭވަރަށް ލާރި އެބަ ހުރި ސަރުކާރުން ދެއްވާފައި. 24 އަށް ޓިކެޓް ލިބިފައި އޮތީ. 21 ވަނަ ދުވަހުން ފެށިގެން ލޮކްޑައުން އަށްދާކަން އެނގޭނެ އެމްބަސީތަކަށްވެސް. ޓިކެޓް ނެގީ އިއްތިހާދު ފްލައިޓުން. އޭރުވެސް ގަތަރުގެ ފްލައިޓް ދުވާލަކު ދެ ފްލައިޓް އޮވޭ." ދަރިވަރަކު ބުންޏެވެ.

އިއްތިހާދު ނޫން ފްލައިޓަކުން އެ ދަރިވަރުންނަށް ޓިކެޓް ހަމަޖައްސާ ނުދިނުމުގެ ކަންބޮޑުވުން އޮތް ނަމަވެސް ސަރުކާރުން އެ ކުދިންގެ ހާލަތު ބަލާ ކަމާއި، އެ ދަރިވަރުންގެ ކަންކަން ބަލަހައްޓާނެ ކަމުގެ ޔަޤީންކަން ދޭކަން އެ ދަރިވަރު ފާހަގަކުރެއެވެ.

"ވަގުތު" އަށް މަޢުލޫމާތުދިން ދަރިވަރު ބުނިގޮތުގައި ނޭޕާލްގެ ތަންތަން ބަންދުކޮށްފައިހުރުމާއި އެކު ތަކެތި ގަތުމަށް ވެސް ދަތިތައް ދިމާވާކަން އޭނާ ފާހަގަކުރިއެވެ. އެ ދަތިތައް ހައްލުކުރުމުގައި އެމްބަސީގެ އެހީތެރިކަން ލިބުނުކަން އޭނާ ފާހަގަކުރެއެވެ.

"ކޮންމެ ކޮންމެ ވެހިކަލްއަކަށް ނުދެވޭ ބެރަކަށް. ޑޮކްޓަރުންގެ އައިޑީ ދައްކައިގެން ވެސް ދެވެނީ ޑިއުޓީގައި ތިބޭ އިރު. ދެން ސާކް ވެހިކަލްއެއްގައި ދެތިން ދުވަހަކު ގޮސްގެން ލިބުނީ ." އެތަނުގައި ފުރަތަބަންދުގެ ސަބަބުން ދިމާވާ ދަތިތައް އޭނާ ކިޔާދިނެވެ.

މީގެ އިތުރުން އެ ދަރިވަރުން ތިބި ހޮޓެލްއިން ވެސް އެ ދަރިވަރުންނާއި މެދު ކަންކަން ކުރަނީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރެއެވެ. އެގޮތުން ކެއުމުގެ އިންތިޒާމް ހަމަޖައްސާދެނީ އެ ހޮޓަލުން ކަމަށާ، އެ ހޮޓަލުގައި އެ ކުދިން ބައިތިއްބަން ނިންމީވެސް ގިނަ ހޮޓެލްތަކުން މީހުން ނުބައިތިއްބަން ނިންމާފައިވާ ދަނޑިވަޅެއްގައި ކަން އެ ދަރިވަރުން ފާހަގަކުރެއެވެ.

ނޭޕާލްއަށް ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އިތުރު ވެފައިވާއިރު، އެޤައުމުގައި ޓެސްޓު ކުރުމުގެ ކަންކަމާއި ބަލިޖެހޭ މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމުތަކުގެ ފެންވަރު ދަށްކަން، އެޤައުމުގައި ތިބި ދިވެހި ދަރިވަރުން ފާހަގަކުރެއެވެ. މިކަންކަމުގެ ސަބަބުން އެޤައުމުގައި މި ބަލި ފެތުރިފައިވާ މިންވަރު ނޭނގޭތީ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި ނިކަމެތިމީހާ

    މިސަރުކާރު ތަކުން ރަައްޔިތުންނަށް ނުކޮށްދޭނެ ކަމެއް، މިހާރު އެފޮނުވާ ފުލައިޓް ތަކަކީ ސަރުކާރު ގެ ބޮޑެތި މީހުންނާ އެމީހުންނާ ގުޅިފައިވާ މީހުން ގެންނަން އަޅާ ބުރުތަކެއް، މަބުރޫކަކަސް ދެން ޖެހުނު މީހަކަސް ޓީވީ ތަކަށް އަރާ އަނގަފުޅާ ކުރާނެ ކަމެއްނެތް، އާންމު މީހާ މަރުވިޔަސް މިމީހުންނަށް ހެޔޮ! ކޮންމެހެން އާރޓު ދައްކާނެ ކަމެއްނެތް މާ އާއްމު ވެގަނެގެން!

  2. ޙުސެން

    މިތާ ޑޮކްތަރުން މަދުވެގެނެއްނނޫޅޭ މޮޔަނުގޮވާ ތީބޭށެބުނޭ!

    1
    3
  3. ސުޓޫޑެންޓް

    ނޭޕާލްގަ ތިބި ކުދިން އެންމެ ހާލުގަ އުޅެނީ އެކުދިން ރާއްޖެ ގެނެސްދެއްވާ' އާދޭސްމިކުރަނީ''ކުދިން ރޯއި ޢާދޭސް މިކުރަނީ'''

    2
    1