ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އިބްރާހިމް ނާޞިރުގެ ކުރީގެ އަނބިކަނބަލުން މާފަންނު ބަގީޗާގޭ މަރިޔަމް ސަޢީދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަލްމަރްޙޫމާ މަރިޔަމް ސަޢީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ސްރީލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

އަލްމަރްޙޫމާ މަރިޔަމް ސަޢީދަކީ ޅެންވެރި ޢާއިލާއަކަށް ލިބިވަޑައިގެންނެވި ޅެންވެރި ބޭފުޅެކެވެ. މިގޮތުން، އަލްމަރްޙޫމާ މަރިޔަމް ސަޢީދަށް ޅެންވެރިކަމުގެ ގޮތުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމް 1983 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލީ ނާސިރާއި މުހައްމަދު ނާސިރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    އުމުރު 79 އަސްލު

  2. Anonymous

    މަރުވުން އެއީ އަދި ދެމިއޮތުމުގެ އާލަމެއްނޫން

  3. އާދަމް

    މަރުވުން އެއީ އަދި ދެމިއޮތުމުގެ އާލަމެއްނޫން

  4. އ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ