ކޮވިޑް-19 އާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމް ބޭނުންވާ ދިވެހިންގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުން ރާއްޖެ އަންނަ މީހުންނަށް ބެގޭޖު އެލަވެންސެއްގެ ގޮތުގައި ދެނީ 20 ކިލޯ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މެލޭޝިއާ އިން ރާއްޖެ އަންނަ މޯލްޑިވިއަންގެ ފްލައިޓުގެ ބެގޭޖް އެލަވަންސް އަކީ 20 ކިލޯ ކަމަށާއި، އެއްވެސް ފަސިންޖަރެއްގެ ބެގޭޖް ކަނޑައެޅިފައިވާ ވަރަށް ވުރެ ބަރުވެއްޖެ ނަަމަ ބަރުވާ ކޮންމެ ކިލޯއަކަށް ވަކިން ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނުދައްކައިފި ނަމަ ބަރުވާ އެއްޗެއް ނުގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓުގައި ވަނީ ބުނެފައެވެ.

މެލޭޝިޔާއަށް ރާއްޖެ އަންނަން އެއްކޮޅު ޓިކެޓުގެ އަގަކީ 400 ޑޮލަރު (6،168 ދިވެހި ރުފިޔާ) ކަމަށް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

އަގުތަކާއި ގުޅޭ ގޮތުން މޯލްޑިވިއަން އިން މީގެކުރިން ބުނެފައިވަނީ އެއީ މިހާލަތުގައި މީހެއްގެ އަތުން ނެގޭނެ އެންމެ އެކަށީގެންވާ އަގު ކަމަށެވެ. ސަބަބެއް ކަމަށް ވަނީ އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީއެވެ. އަދި އެއީ އެއްކޮޅު ދަތުރުކަމުން، އެ ދަތުރުތަކުންވެސް އެ އެއާލައިނަށް ފައިދާ ނުވުން ވަރަށް ގާތް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒަހޫ

    ތީ އީވާ ފެމެލީ ގެންނަން ކުރާ ދަތުރެއް. އެހެން މީހަކު ގުޅިޔަސް ފޯނުނުނެގޭ

    2
    1
  2. ގުންބޯ ސަރުކާރު

    ފައިދާ ނުވާނެތީޔޯލަ އަގުބޮޑުކުރީ... ބަލަގަ މިކަހަލަގެ ވަގުތުތަކުގައިވެސް ފައިދާއަށް ދޯ ބަލަންވީ.... މި ވީހާ ދުވަހު ފައިދާނުވެތޯ ތި އުޅުނީ.. ސަރުކާރުގަ ބުނަންވީނު ފައިސާދޭށޭ.... ސްކޫލުކުދިންގެ ނާސްތާއަށް ޙަރަދުކުރަމުންދިޔަ ފައިސާ މިހާރު ހުންނާނެ ސޭވް ވެފަ... ހަމައެކަނި އެ ފައިސާއިންވެސް ތިކަން ހަމަޖައްސާލެވޭނެ...

    1
    3
  3. އައްޑޫ މީހާ

    ބަލަ މިހާލަތުގައި ސަރުކާރުގެ ދައުރު އަދާކުރަނީ ކިހާވަރަކަށް؟ މިއީ ރައްޔިތުންގެ ދިޔަ ފެލާލުން މިއީ އޯގާތެރި ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ، މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން އެގައުމެއްގެ ރައްޔިތުންނަށް ޖައްސާނެ ހާލެއްނޫން އެމް.ޑީ.ޕީ ސަރުކާރުން ރައްޔިތުންނަށް މިޖައްސަނީ ، މިނާގާބިލު ސަރުކާރު އަވަހަށް ނެތިގެންދާނެ އާމީން

    1
    3
  4. Anonymous

    ޒަ ކާރު ފަންޑުން ހަރަދު ކުރީ
    އެ ކަމާ ކު މެލޭސިޔާއިން ރާއްޖެ އައުމަށް އެއްޅު ޓި ކެޓައް ދިވެހި މީހާ އަތުން 400 ޑޮލަރު ނެގި.
    މީ މެލޭސިޔާ އަން 2 ކޮޅު ޓި ކެޓައް ވެސް އާމު ކޮއް ނާރާ ވަރު. ވީއިރު ޒަކާތު ފަންޑު ގެ ލާރިއައް ވީގޮތް ދިނީ ކޮން ބަޔަކައް. ބަދަލު ގެ ނަމުގާ ރައްޓެހިން ނައް ބަހަކީ ދޯ . ޒަ ކާތު ފަންޑުން ވެސް ވައް ކަން .