ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިތިބި ދިވެހިންނަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރުމަށް ވަކި ހާއްސަ އުސޫލެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެގޮތުން އެ ފައިސާ ހަރަދު ކުރަނީ ޒަކާތު ފަންޑާ ގުޅޭ ކޮމިޓީ އާއި އިލްމުވެރިން ތިއްބަވާ ޒަކާތު ފަންޑު އެޑްވައިޒަރީ ބޯޑުން ހުއްދަދޭ ކަންތައްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުގައި ތާށިވެފައި، ހާލުގައި ޖެހިފައިވާ މީހުންނަށް ކޮންމެވެސް ކަހަލަ އެހީއެއް ވުމަށް ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ސަރުކާރަށް ދިމާވެފައިވަނީ ވަރަށް ބޮޑު ހާދިސާއެއް. ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރަށް ގޮސްތިބި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީ ވުމަށްޓަކައި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތައް އެބަ ކުރައްވާ. ވަރަށް ބައިވަރު ފައިސާތަކެއް އެބަ ހަރަދު ކުރައްވާ. މި ހަރަދު ކުރައްވަމުން ގެންދަވާއިރު، އަޅުގަނޑުމެން ޒަކާތު ފައިސާއިން 3 މިލިއަން ރުފިޔާ އެބޭފުޅުންނަށް، އެއީ ކޮންމެވެސް ސަޕޯޓެއް ދިނުމުގެ ގޮތުން ޒަކާތު ފައިސާއިން އަޅުގަނޑުމެން ވާނީ ހަރަދު ކޮށްފައި" މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގައި ތިބި ދިވެހިންނަށް އެހީވުމުގައި ބޭސްފަރުވާ އަށް ގޮސް، އަނބުރާ ނާދެވި ތާށިވެފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގައި ތިބި ބައެއް މީހުން މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޚަމަނަ

  ޥަރަށް ދެރަކކކަ ކަމެއް ތީ ރާއްޖޭގައި ތިބި ނިކަމެތި ރައްޔިތުންނަށް އެހީތެރި ކަމެއް ނުދީ ރާއްޖެ ކަމުނުދާތީވެ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހުނަށް އެހީވަނީ އެކ ކަމަ ކު މިތާ ދިރި އުޅޭ ނި ކަމެތިންނަށް އެހީތެރި ކަމެއް ނުލިބޭ ހުރިހާ ފައިސާއެއް ބޭރުގަ މަޖާ ކުރަން އުޅުނު މީހުންނަށް ވލށެވެ.

  37
  1
 2. އައްޑޫ މީހާ

  މިއީ ފައިސާކޮޅު ދަވާލަން ލިބޭ ރަނުގެ ފުރުސަތެއް އެންމެ އެތިކޮޅެއްވެސް ހުއްޓާ ދޫކޮށްނުލާތި އެކި ނަންނަމުގަ ފައިސާކޮޅު ބަނޑުއަޅާލާފަ ރައްޔިތުން ބޮލުގަ ބަދުނާމު އަޅުވާލާ ތިބެފަ ބޮޑު ކަމަކާ ލައިގަތީމަ ދެން ނޯންނާނެ ހަރަދު ކޮށްލާނެ ލޯލާރިއެއްވެސް

  34
  3
 3. ސުމެއް

  މަގޭ ދަރިވެސް ހުރީ ބޭރުގަ ކިޔަވަން.
  ތިތަނަކުން 1 ރުފިޔާވެސް ނުލިބެ .
  ނުވިތާކަށް މިއަދު މެލޭ އށް ފޮނުވަން ޕެކޭޖް ހަދާ ހުރިހާކަމެއް ކުރީމަ ބުނެފި 500 ގަ ނުހިމެނެޔޯ

  ެކަމް މިއަދު 9.30 ގަ ފޯމް ހުށައެޅުމުން ޖަވާބު ލިބުނީމަ ހުރިހާކަމެއް މި ކުރީ .

  12
  1
 4. ޣާސިމް

  ހަމަ ތިޔަގޮތަށް ޕެންޝަން ފައިސާވެސް ދީބަލަ އޭގެ ހައްޤުވެރިންނަށް.

  30
  2
 5. ކޮބީ

  ކާކަށް ކޮންފައިސާއެއް ކޮންކަމަކަށް ދީނީ. ހަމަ ބޭރުގަ ތިބި މީހުންނަށް އެހީވުމަށޭ ބުނީމަ ކޮން އެހީއެއްތޯ ދެއްވީ. އަަހަރެމެން މިތިބީ ބޭރުގަ. އެއްވެސް އެހީތެރިކަމެއް ނުލިބޭ. ވާވަރު ކަންކަމުގެ ވާހަކަ ދައްކަވާ. ތެދެއް ގާތް މީހުންނަށް އެމްބަސީން ކަންތައް ކޮށްދޭ. ކިއުގައި ނުޖެހި އެތައް ފޮށިގަނޑެއް އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިން ބޯޓައް އެރުވި އެތައް ބަޔަކު. އަނެއް ބަޔަކު ރައްދައްކާ އަވީގައި ތިން ގަޑިއިރު ތިބި.

  33
 6. ޝާހް ރ.ވާދޫ

  ތީ ވަރަށްބޮޑު ބޭއިންސާފެއް. އެމީހުން ރާއްޖެއިން ބޭރުގަތިބީ ކޮން ބޭނުމެއްގަތޯ ބެލުނުބާ؟ އެމީހުނަށްވެސް ރާއްޖެއައިސް އެމީހުންގެ ގެދޮރުގަ އުޅުމުގެ އޮޕްޝަން އޮތްއިރު، މާލޭގަ ކުއްޔަށް އުޅޭތަންތަނުގެ ކުލި ކުޑަކޮށްނުދީގެން ވަޒީފާގެއްލިގެން ކުލިނުދެއްކިގެން ރަށަށްދާންޖެހުނު މީހުންގެ ހައްގުތައް ކޮބާ؟

  32
 7. މިއުސާން

  ޒަ ކާތު ފައިސާ އަ ކީ ފަންޑެއް ނޫން.. އެއީ ޒަ ކާތް ހައްގުވާ ބަޔެއްގެ ހައްގެއް. އެއީ ކަލޭމެން އެ ކި އެ ކި ކަން ކަމައް އެހީވާން ހަދާ ފަންޑެއްނޫން. ޒަ ކާތުގެ އަޅު ކަން އަދާ ކުރުމައް މީހުން ދީފަ ހުންނަ ޒަ ކާތުފައިސާ ބެހޭނީ ދީނުގައި ކަނޑަ އަޅާފައި ހުންނަ އޭގެ ހައްގުވެރީންނައް. ކަލޭ ޕޯޕު ހެދިފަ ޒަ ކާތު ފައިސާ ހިތައް އެރިގޮތަ ކައް ނުބެހޭނެ. ޚަބަރުދާރު.

  27
 8. ޝުހުދާ

  ޒަ ކާތުގެ 3 މިލިޔަން އެއީ ގާތްގަނޑައް 1000 ނި ކަމެތި އަދި މިސް ކީނު އާއިލާތަ ކުގެ ހައްގެއް. މި ކަންތައް ހުއްޓުވުމައް އިބޫސޯލިހަށާއި ސަރު ކާރައް ގޮވާލަން. ޒަ ކާތު ލާރިޔަ ކީ ދީނުގައި ކަނޑަ އަޅާފައިވާ ވަ ކި ބަޔެއްގެ ހައްގެއް.

  28
 9. ޝީޒާ

  ތިފެންވަރުގެ މީހުން އަދިވެސް ތަނެއް އޮތީޔާ ބޯގަޅާތި. ސަރުކާރުން ކުރަންޖެހޭކަމަކީ އެމީހުންނައް ގައުމައް އެނބުރި އާދެވޭނެ އިންތިޒާމ ހަމަޖައްސައި ދޭންވީ. އެމީހުން އަމިއްްލަޔައް ޚަރަދު ކުރަންޖެހޭނީ. ބޭސްފަރުވާޔަކައް ނޫން ތިތާ ގިނައީ ނާޗަރަންގީ ކުޅެން ގޮސް ތިބި ދެއްކުންތެރީން .ނުފޯރާފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ ...............

  10
  1
 10. ބޮޑު ފަރަންޖީ

  ތިފެންވަރުގެ މީހުން އަދިވެސް ތަނެއް އޮތީޔާ ބޯގަޅާތި. ސަރުކާރުން ކުރަންޖެހޭކަމަކީ އެމީހުންނައް ގައުމައް އެނބުރި އާދެވޭނެ އިންތިޒާމް ހަމަޖައްސައި ދޭންވީ. އެމީހުން އަމިއްްލަޔައް ޚަރަދު ކުރަންޖެހޭނީ. ބޭސްފަރުވާޔަކައް ނޫން ތިތާ ގިނައީ ނާޗަރަންގީ ކުޅެން ގޮސް ތިބި ދެއްކުންތެރީން .ނުފޯރާފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ ...............

  3
  1
 11. ޑަބިޔާ

  އެންސްފާއިން ހަރަދުކުރި ވާހަކަ މަބުރޫކު ބުނީ. ތިޔަ ލާރިތައް ކާލީ ޔަގީން

 12. ހުދުހުދު

  އަޖައިބެއް ރާއްޖެއިން ބޭރުގައި ތަ ތިބެނީ ހާލުގައި ޖެހިފަ ތިބޭ ދިވެހިން. މަ ހީކުރީ ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ފޯރާ މީހުން ކަމަށް. ރާއްޖޭގައި އަނގަ އާއި އަތާ ދިމާ ނުވާ މީހުން މީ މަހުޖަނުންނަށް ދޯ އެވީ

  11
 13. ށޯބެ

  ކޮންގޮތަކުންތޯ ތި އެހީވީ. މި ސުވާލަށް ޖަވާބް ދެއްބަ . މަ ވެސް މިހުރީ ބޭރުގަ ތާށިވެފަ

  10
 14. Anonymous

  ބަލަ ބޮޑު އަގުގައި ޓިކެޓް ވިއްކާފަ ނުޖެހޭ ފަންޑުން ޚަރަދު ކުރާކަށް ބޯޓް ފުލް ވަންދެން މީހުން ގެނައި. ކޮބާ ޓިކެޓް ލާރި. ކިޔާއެއްޗެއް ކުރާކަމެއް ދިމައެއް ނުވޭ ސޯލިޙްއިސްތިއްފާ ނާޤާބިލް ސަރުކާރު. ރ. ޔާމީން ނަންވާނީ. ސޯލިޙްގެ ނަމަ ދިމާނުވޭ. ކާލާދަވާލާ . ... .....

 15. ޢަލިއާ

  އާދާގެ ދެރަ ނިކަމެތި މީހަކު ބައްޔެވެގެން ތިފަންޑުން އެހީ ތެރިކަމަކަށް އެދި ފޯމް ހުޝައެޅީމަ ލިބުނު ޖަވާބަކީ އެ ފައިސާއިން ބޭސް ފަރުވާއަށް އެހީ ދެވެން ނެތްކަމަށް އެކަމު ތަނަވަސަކަން ހުރި ބަޔަކަށް އެހީ ވާންވީމަ ހަމަ އޯކޭ.

 16. ބިސް

  އެމްޑީޕީއިން ގައުމު ދަވާލާ ހުސްކޮއްލައިފި