މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެވިގެން ދިޔަ ބަހުސް އަކީ ބޭނުންތެރި ބަހުސް އެއް ކަމަށާއި އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ހައްލެއް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ އިންތިހާބު ފަސް ކުރުމާއި ގުޅިގެން ހުށަހަޅާފައިވާ ހާއްސަ ބިލާއި އަދި އެއާއި ވިދިގެން މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ދަންމާލަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭ ގޮތުން ބަހުސް ކުރައްވާފައެވެ.

މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ގާނޫނުއަސާސީއަށް މިހާލަތުގައި އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ގިނަ މެންބަރުން ދެކޮޅެވެ. ބައެއް މެންބަރުން ވަނީ މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވުމާއި އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަރާތްތަކެއް ކައުންސިލްތައް ހިންގުމަށް އައްޔަން ކުރުމަށް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް މިއަދު ނިންމާލައްވާ ވާހަކަދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ރައްޔިތުން އެމްޑީޕީއަށް ދީފައިވީ ނަމަވެސް މެންބަރުން އެކަމާއި ދެކޮޅުކަން ފާހަގަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ބަހުސް ކުރެވުނީ އެކަމުގައި މެންބަރުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް މަޖިލީހުން ހައްލެއް ހޯދައި ދެވޭނެ ކަމަށެވެ. ސަރުކާރާއި ރައްޔިތުންވެސް މިކަމުގައި އެއވްެސް ވަރަކަށް ކަންބޮޑުނުވުމަށް ނަޝީދު އެދިލެއްވިއެވެ.

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބާއި ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ވެސް ވަނީ މި ދަނޑިވަޅުގައި އިއުލާން ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫންކަން ފާހަގަކުރައްވާ ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި ދަނޑިވަޅުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭޗާރާ

    ޚިޔާލު އެއް ނުވެގެން އުޅެނީ ކަލޭމެންގެ ނޫންތަ؟ މަޖިލީހުގެ މެޖޯރިޓީ ތިއޮތީ ދީފައި. އެހެން ބައެއްގެ ޚިޔާލަކާ ނުލައިވެސް ގާނޫނުތައް ހެދޭނެ. ފާސްކުރެވޭނެ. ތިޔަ އުޅެނީ އިންތިޚާބު ކާމިޔާބު ނުވާނެހެން ހީވާތީ. ބޭޒާރުވެދާނެތީ.

    15
  2. ބްރޯ

    ބަލަގަ ތިސޮރަކީ އެއްޗެއްދަންނަ ސޮރެއްނޫން އެހުމުން ވައްކަން ކޮށްގެން މަމޮޅުމީހަކަށް ހެދިގެން ތިޔައުލެނީ މިބުނަނީ މިގައުމު ދޫކޮށްރައކާވާށޭ ، 2023 ގެ އިންތިހާބުންބަލިކޮށް ޖަލަށްލާނަމޭ ހިޔާނާތާ މަރުގެ މައަސަލަތަކެއްގާ.

    11
  3. އުސައިދު

    ބޯހަލާކު. މީނާ ދައްކާ ވާހަކަތައް ނޫސްތަކުގަ ނުލިޔެބަލަ

    11
  4. ައަލި

    މީނަ އަކީ ވޮލްފެއް

  5. ޙެހެހެ

    ކޮބަިތޯ ވޮޗަރުންނަށް މާޗްމަހު ދޭންޖެހޭފައިސާ. ޙަމައެކަނި މުއައްޒަފުންގެ މުސާރަ ދިނަސް އެހެންތަންތަނައް މަހުންމަހައް ދައްކަންޖެހޭ ފައިސާ އެއް ނުދެވެޔޭ ކޮބާނަޝީދު ދެރިސޯޓުން ގައުމުހިންގިފަ ތިއޮތީ